Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަރެކްޝަންސް ސަރވިސް

ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިމަހު މަރުވި ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި

ޖަލުގައި މަރުވާ މީހުންގެ އޮޓޮޕްސީއެއް ހަދަން މަޖުބޫރުކޮށް އުސޫލެއް މިސަރުކާރުން ހަދާފައިވާތީ، ފުލުހުން ވަނީ ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފައި. ނަމަވެސް ދެ އާއިލާގެ ފަރާތުން ވަނީ އެކަމާ ދެކޮޅު ހަދާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 12 ފެބުރުއަރީ 2026 | ބުރާސްފަތި 09:39
ހުޅުމާލޭ ޖަލު، ދެ ގައިދީން ވެސް ހުކުމް ތަންފީޒު ކުރަމުން ދިޔައީ ހުޅުމާލޭ ޖަލުގައި

ހުޅުމާލޭ ޖަލު، ދެ ގައިދީން ވެސް ހުކުމް ތަންފީޒު ކުރަމުން ދިޔައީ ހުޅުމާލޭ ޖަލުގައި | ސަން އޮންލައިން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް މިމަހު މަރުވި ދެ މީހުންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފި އެވެ. 

ފެބްރުއަރީ މަހުގެ 02 ވަނަ ދުވަހު އެމްސީއެސްގެ ހުޅުމާލޭ ޖަލުގައި ދިގު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / 45 އަހަރުގެ ހަސަން ނިޔާޒް، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފަ އެވެ. އަދި ހަމަ އެ ދުވަހު އެމްސީއެސްގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދަފްތަރު ނރ. 439 / 53 އަހަރުގެ އިބްރާހިމް ސުޙެއިލް، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ. 

Advertisement - newsAdvertisement

ޖަލުގައި މަރުވާ މީހުންގެ އޮޓޮޕްސީއެއް ހަދަން މަޖުބޫރުކޮށް އުސޫލެއް މިސަރުކާރުން ހަދާފައިވާތީ، ފުލުހުން ވަނީ ދެ މީހުންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ނިންމާފަ އެވެ. ނަމަވެސް ދެ އާއިލާގެ ފަރާތުން ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. 

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ފުލުހުންގެ މީޑިއާ އޮފިޝަލްއާ ސުވާލު ކުރުމުން ވިދާޅުވީ، ނިޔާޒާއި ސުހެއިލްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް 11 ފެބްރުއަރީ 2026 ވަނަ ދުވަހު އިންޑިއާ އަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޮޓޮޕްސީ ހެދުމަށްފަހު ހަށިގަނޑު ރާއްޖެ ގެންނާނެ ކަމަށާއި، އޭގެފަހުން އާއިލާއަށް ހަށިގަނޑު ހަވާލު ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ނިޔާޒު ހުޅުމާލެ ޖަލުގައި މަރުވީ ހުކުމް ތަންފީޒުކުރަން ފެށިތާ ހަފްތާއެއް ނުވަނީހެވެ. އޭނާ ގޮޅީގެ ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވާ ފެނުނުއިރު، ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހަށިގަނޑުގައި ހުރި ކަމަށް އާއިލާއާ ހަވާލާދީ ބައެއް މީީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ. 

މީގެ އިތުރުން ސުހައިލް މަރުވީ، އައިޖީއެމްއެޗްގައި ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ދަނިކޮށް، ހާލު ދެރަވެގެން ކަމަށް ބުނެފައިވެ އެވެ. އަދި އޭނާ އަކީ 2025 ވަނަ އަހަރު ސްޓްރޯކެއް ޖެހިގެން ވެސް، އެކަމަށް ފަރުވާ ހޯދަމުން އައިމީހެއް ކަމަށް އެމްސީއެސްއިން ބުނެ އެވެ. 

މޯލްޑިވްސް ކަރެކްޝަންސް ސަރވިސްޙަސަން ނިޔާޒްއިބްރާހިމް ސުހައިލްހުޅުމާލޭ ޖަލު

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2026

ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ

02 ފެބުރުއަރީ 2026
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ، މިއީ ހޯމަ ދުވަހު ނިޔާވި ދެވަނަ މީހާ
29 ޑިސެމްބަރު 2025

މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި، އެމީހާގެ ފައި ފާރުވެ ގިރެނީ

29 ޑިސެމްބަރު 2025
މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ބޭސް ފަރުވާގެ ޚިދުމަތް ނުލިބި، އެމީހާގެ ފައި ފާރުވެ ގިރެނީ
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
25 ނޮވެމްބަރު 2025

ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި

25 ނޮވެމްބަރު 2025
ފްލެޓްތައް ނުލިބިގެން ޕްރިޒަންސް އޮފިސަރުން ކަންބޮޑުވުން ފާޅުކުރުމުން، އިހުސާނުގެ ރުޅިގަނޑު ފަޅައިގެން ގޮސް އިންޒާރު ދީފި
15 ސެޕްޓެމްބަރު 2025

ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި

15 ސެޕްޓެމްބަރު 2025
ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު