ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ތަށި ވަން އެންޑް އޮންލީ ރީތި ރަށުން ދިފާއުކޮށްފި
2 އޯގަސްޓު 2026 | އާދީއްތަ 12:49ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވިއިރު، މި މުބާރާތުގެ ތަށި ވަން އެންޑް އޮންލީ ރީތި ރަށުން ވަނީ ދިފާޢުކޮށްފައި. ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރި ރީތި ރަށް ޓީމަށް މުބާރާތުގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ނައިބު ރައީސް

ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ނައިބުރައީސް ޝަރަފްވެރިކޮށްދެއްވަނީ | ރައީސް އޮފީސް
ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ތަށި ވަން އެންޑް އޮންލީ ރީތި ރަށުން ދިފާޢުކޮށްފި އެވެ.
ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗާއި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެވެ.
ވަން އެންޑް އޮންލީ ރީތި ރަށް މޯލްޑިވްސް ގައި ކުރިއަށްގެންދިޔަ މި މެޗު ފެއްޓުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ލެކްނޯ ރިޒޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ޓްރޮފީ ތަޢާރަފުކޮށްދެއްވާފަ އެވެ.
ފޯރިގަދަ ކުޅުމަކަށް ފަހު، ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ތަށި ދިފާޢުކޮށްފައިވަނީ، ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގެ ޓީމުންނެވެ. ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލުކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.
މަސްދަރު: ރައީސް އޮފީސް









