Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސިފައިންގެ ކޯޗަކަށް ޖުނެއިދު

ޖުނެއިދު ސިފައިންގެ ކްލަބްގެ ކެޕްޓަންކަމުން ކޯޗުކަމަށް!

2 ޖޫން 2022 | ބުރާސްފަތި 02:07

ޖުނެއިދު ކުރިން ހުރީ އެސިސްޓެންޓް ކޯޗަކަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 2 ޖޫން 2022 | ބުރާސްފަތި 02:07
ސިފައިންގެ ކްލަބްގެ ކެޕްޓަން ޖުނެއިދު ތަށްޓެއް އުފުލާލަނީ

ސިފައިންގެ ކްލަބްގެ ކެޕްޓަން ޖުނެއިދު ތަށްޓެއް އުފުލާލަނީ

ދިވެހި ސިފައިންގެ ކްލަބްގެ ވޮލީ ޓީމްގެ ހެޑް ކޯޗަކަށް އެކްލަބްގެ އެންމެ ކާމިޔާބު ކެޕްޓަން އަބުދުالله ޖުނެއިދު ހަމަޖައްސައިފިއެވެ. މިސީޒަންގައި ސިފައިންގެ ފިރިހެން ވޮލީ ޓީމް ނިކުންނާނީ ޖުނެއިދުގެ އިރުޝާދުގެ ދަށުންނެވެ.

ޖުނެއިދުއަކީ ފަނަރަ ވަރަކަށް އަހަރު ސިފައިންގެ ކްލަބަށް ކުޅެ, އެންމެ ގިނަ ދުވަހު އެޓީމްގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާއެވެ. ކުޅުން ހުއްޓާލުމަށްފަހު ފަހުން ފެނުނީ ޤައުމީ ވޮލީ ޓީމްގެ އެސިސްޓެންޓް ކޯޗެއްގެ އިތުރުން މެނޭޖަރުގެ ޒިންމާވެސް އުފުލަމުން ދިޔަތަނެވެ. އަދި ސިފައިންގެ ޓީމްގައިވެސް އެސިސްޓެންޓް ކޯޗެއްގެ ޒިންމާ އައީ އަދާކުރަމުންނެވެ.

މިއީ ޖުނެއިދު ބޮޑު ޓީމެއްގެ ހެޑް ކޯޗުކަން ކުރާ ފުރަތަމަ ފަހަރެވެ. މީގެކުރިން އޭނާ އިރުޝާދުދީފައިވަނީ ސްކޫލް އަދި ކޮލެޖް ތަކުގެ ޓީމްތަކަށެވެ.

ހަމައެކަނި އޮފީސް މުބާރާތްތަކުގައި ސިފައިންގެ ކްލަބަށް ވާދަކުރެވޭގޮތަށް އޮތް އިރުންފެށިގެން ސިފައިންގެ ކްލަބަށް ކުޅެމުން އައި ޖުނެއިދު ބުނީ ހެޑް ކޯޗުކަމަކީ އޭނާ އުއްމީދުކުރިކަމެއް ނޫންކަމަށެވެ. ބޮޑަށް ބޭނުންވީ ކުޅުންތެރިން އުފެއްދުމުގެ މަސައްކަތްކުރަން ކަމަށް އޭނާ ބުންޏެވެ.

ސިފައިންގެ ކްލަބްގައި އޭނާއާއެކު ކުޅުނު ކުޅުންތެރިން އަދިވެސް އެބަތިއްބެވެ. އޭގެތެރެއިންވެސް އެންމެ މުހިއްމު ކުޅުންތެރިއަކީ އަހުމަދު އަބުދުލްކަރީމް (ލޯންގޭ) އެވެ. ލޯންގޭއާއެކު ސިފައިންގެ ކްލަބާއި, ޤައުމީ ޓީމަށްވެސް ޖުނެއިދު ވަނީ ކުޅެފައެވެ. ޖުނެއިދު ބުނީ މިއަހަރު ސިފައިންގެ ޓީމާއެކު ރަނގަޅު ކާމިޔާބީއެއް ހޯދޭނެކަމަށް ޤަބޫލުކުރާކަމަށެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ވޮލީ ބޯޅަ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް