Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވޯލީ ޑިވެލޮޕްމަންޓް

ސޮފްވާންއާއި ޝުޢައިބު އަބަދުވެސް ކުޅުންތެރިން އުފެއްދުމުގައި!

ގޮންޖެހުމަކީ ވަޞީލަތްތައް ނެތުމާއި އެހީތެރިކަން ނުދިނުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2023 | ބުދަ 02:09
ވޮލީކޯޗު ޝުއައިބު އާއި ސޮފްވާން

ވޮލީކޯޗު ޝުއައިބު އާއި ސޮފްވާން

މާލޭގައި ޔޫތު މުބާރާތެއް ކުރިއަށްދާނަމަ އެއިން ޓީމެއްގެ ކޯޗަކަށް ޝުއައިބު އާއި ސޮފްވާން ވެސް ހުންނާނެއެވެ. ކޮލެޖް ޔުނިވަރސިޓީއެއްގެ އެތެރޭގެ މުބާރާތެއް ނަމަ އެއީ ކޮންމެވެސް އެއް ފެކަލްޓީއެއްގެ ޓީމް ބައްޓަން ކުރާ ކޯޗުންނެވެ. ރަށެއްގައި މުބާރާތެއް ކުރިއަށް ދާނަމަ އެއިން ޓީމެއްގެ ކޯޗަކަށްވެސް މިއިން މީހަކު ނުހުރެ ނުދާނެއެވެ. އަތޮޅު މުބާރާތެއް ނަމަ އެމުބާރާތުގައި ވާދަކުރާ ކޮންމެވެސް ރަށެއްގެ ޓީމް ތަމްރީނުކުރަން އެރަށެއްގައި ހުންނާނެއެވެ. މިއީ ވޮލީބޯޅަ ކޯޗު ޝުއައިބު އަހުމަދާއި ސޮފްވާންގެ ޝައުޤާއި ގުޅިފައިވާ މަސައްކަތެކެވެ.

މި ދެކޯޗުންނަކީ ވެސް ޒުވާން ކުޅުންތެރިންނަށް އެހީވާ, އެކުޅުންތެރިންގެ ހުނަރު ތަރައްޤީކޮށް އެހެން ކޯޗުންނަށް ދައްކާ ކޯޗުންނެވެ. ސީނިއަރ ލެވެލް އަށް ކުޅުންތެރިން ތައްޔާރުކޮށް ފުރުޞަތު ހޯދައިދޭ ކޯޗުންނެވެ. އިންޓަރ ސްކޫލް މުބާރާތްތަކާއި ޔޫތް މުބާރާތްތަކުގައި އެންމެ ފަރިތަ ކޯޗުންނެވެ. ހަގީގަތުގައި މިއީ އެ ދެ ކޯޗުންނަށް ޝުކުރު ހައްގު މަސައްކަތެކެވެ.

މިއީ ކުރާނެ އެހެން މަސައްކަތެއް ނެތިގެން, އެހެން ފުރުޞަތެއް ނުލިބިގެން އެ ކޯޗުން ކުރާ މަސައްކަތެއް ނޫނެވެ. އެކަމަކު ފާއިތުވި ވިއްސަކަށް އަހަރުވެސް ސޮފްވާންއާއި ޝުއައިބު ދިވެހި ވޮލީގައި ޝައުޤުވެރިކަމާއެކު ކުރަމުންދާ މަސައްކަތަކީ ޒުވާން ކުޅުންތެރިންގެ ހުނަރު ދެނެގަނެ, ހުނަރު ތަރައްޤީ ކޮށްދިނުމެވެ. ވޮލީގެ އައު ޖީލެއް ދެމިގެންދާނެ ގޮތަށް މަސައްކަތް ކޮށްދިނުމެވެ.

ސޮފްވާންގެ ވާހަކައާއި ޝުއައިބުގެ ވާހަކައިގައި ވެސް ތަފާތެއް ނެތެވެ. ހުރީ ވާހަކަ ދެއްކުމާއި, ފާޅުކުރުމުގައި ހުރި ތަފާތެކެވެ. ދެ ކޯޗުންގެވެސް ވިސްނުމާއި, ޝައުޤާއި, މިކަމުގައި ދެމިތިބި ސަބަބު ހަމަ އެއްގޮތެވެ. ވޮލީބޯޅަ އަށް ޚިދުމަތް ކުރުމުގެ ޝައުޤާއި, އައު ޖީލެއް ބިނާކުރުމުގައި އެހީވެދީގެން ލިބޭ އުފަލަކާއި ހިތްހަމަޖެހުމެއް ނޫނީ ނުވެސް ލިބެއެވެ.

މި މުހިއްމު މަސައްކަތުގައި ދެ ކޯޗުންނަށްވެސް އޮތީ އެއް ގޮންޖެހުމެކެވެ. ވަޞީލަތްތައް ނެތުމެވެ. ރަސްމީ ފަރާތްތަކުގެ އެކަށީގެންވާ އެހީތެރިކަން ނެތުމާއި, ފުރުޞަތު ފަހިކޮށް ނުދިނުމެވެ. ޑިވެލޮޕްމަންޓަށް މަސައްކަތްކުރާނެ މާހައުލެއް ހަގީގަތުގައި ނެތެވެ. ޕްރެކްޓިސް ކުރާނެ ތަނެއް ނެތެވެ. އެހެން ފަރާތެއްގެ އެހީތެރިކަން ނުލިބުނަސް, ލިބެން އޮތް ވަޞީލަތެއް ލިބެން އޮތް މިންވަރަކަށް ބޭނުންކޮށްގެންވެސް ވޮލީބޯޅައިގެ އައު ޖީލެއް ބިނާކުރުން މަތީ ދެމިތިބުމަކީ ދެކޯޗުންގެ ވެސް އަޒުމެވެ. އެކަމުގައި ދެ ކޯޗުންނަށްވެސް ލިބޭ ބޮޑު ހިތްހަމަޖެހުމަކީ އަދި އުޖޫރަ އަކީވެސް އެމީހުންގެ އެހީތެރިކަން ލިބިގެން ސީނިއަރ ލެވެލް އަށް ދިޔަ ކުޅުންތެރިން އެ ކޯޗުންގެ އަގު ވަޒަން ކުރުމެވެ. ގައުމީ ޖަރޒީގައި އެކުޅުންތެރިން ކުޅުމެވެ.

ދާއިމީކޮށް ޕްރެކްޓިސް ކުރާނެ ވަޞީލަތްތައް މަދަސް, ޖޫނިއަރ ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ހޯދުމަށް ދާއިމީ ގޮތެއްގައި މުބާރާތްތައް ބޭއްވުން މުހިއްމެވެ. ޔޫތު ޗެމްޕިއަންޝިޕާއި, އިންޓަރ ސްކޫލް މުބާރާތްތައް ދާއިމީ ކޮށް ނުބޭއްވުމަކީ އެ މަސައްކަތުގައި އޮތް ގޮންޖެހުމެކެވެ. ކުޅުންތެރިން ސީނިއަރ ލެވެލް އަށް ދިއުމުގެ މަރުހަލާގައި ވާދަކޮށްލާނެ ވާދެވެރި މުބާރާތްތަކުގެ ޔަޤީންކަމެއް ނެތެވެ.

ކުޅުންތެރިން ބިނާކުރުން މިއީ ދުނިޔޭގެ ހުރިހާތަނެއްގައިވެސް އެންމެ ބޮޑަށް އިސްކަންދޭ އެއް ދާއިރާ އެވެ. ނަމަވެސް ރައްޖޭގައި އެކަމަށް ސަމާލުކަން ނުދެވޭކަން ދެ ކޯޗުންވެސް ފާހަގަކުރެއެވެ. އެންމެ ފަހުން އިންޓަރ ސްކޫލް މުބާރާތް ބޭއްވުނީވެސް މެދުކެނޑުމަކަށް ފަހުއެވެ. ދެ ކޯޗުން ދެކެނީ ސްކޫލްތަކުގެ އަތޮޅު މުބާރާތެއްވެސް މުހިއްމު ކަމަށެވެ. އަތޮޅު ތެރޭގައި އިތުރު މުބާރާތްތައްވެސް ބާއްވަން ޖެހޭ ކަމަށެވެ. ރަށް ރަށުގެ ކައުންސިލްތަކާއި, އަތޮޅު ކައުންސިލްތަކާއި, ކްލަބް ޖަމްއިއްޔާތަކުން ރަށްރަށުގައި އެކި ފަންތީގެ މުބާރާތްތައް ބާއްވައެވެ. އެފަދަ މުބާރާތްތަކުގައި ވެސް ދެ ކޯޗުން އެހީވެއެވެ. އެކަމަކު ލިބޭ ފުރުޞަތާއި, އަތޮޅުތަކުން ޑިމާންޑް އޮންނަ މިންވަރަށް ބަލާއިރު އަތޮޅުތަކުގައި ގާއިމްވެ ތިބެ އެންމެ އެދެވޭ މިންވަރަށް މަސައްކަތްކުރަން ވަގުތު ނުދެވޭކަން ދެ ކޯޗުންވެސް ފާހަގަކުރިއެވެ.

ހުރި ގޮންޖެހުންތަކާއި, ހުރަސްތަކާއެކުވެސް ކުޅުންތެރިން ބިނާކޮށް, ވޮލީގެ ޖީލެއް އަބަދުވެސް ދެމިގެން ދިއުމަށް ކޯޗު ސޮފްވާންއާއި, ޝުއައިބު ކުރަމުންދަނީ ތައުރީފް ހައްގު މަސައްކަތެކެވެ. އެ މަސައްކަތަށް ޝުކުރު އަދާކުރުމާއެކު އިތުރު ފުރުޞަތުތައް ފަހިކޮށްދީ, މަގު ތަނަވަސްކޮށްދޭން ޖެހެއެވެ. މިއީ ވޮލީބޯޅަ އެސޯސިއޭބަންގެ ދެން އަންނަން އޮތް އެކްސްކޯއިން އިތުރަށް ސަމާލުކަން ދޭންޖެހޭނެ ކަމެއް ކަމެކެވެ.

ވޮލީ ބޯޅަޞަފްވާން އަޙުމަދުކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު