Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތުގެ ފަރުވާ

ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ރައްޔިތުންނަށް ލިއްބައިދޭން ސަރުކާރުން ސަމާލުވަނީ

9 ޖުލައި 2026 | ބުރާސްފަތި 11:21

ސަރުކާރުގެ ދަތުގެ ފަރުވާގެ ޚިދުމަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ނައިބު ރައީސް ވިދާޅުވި.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 11:21
ދިވެހި ސަރުކާރުން ދެމުންގެންދާ ދަތުގެ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙަފުލާގެ ތެރެއިން

ދިވެހި ސަރުކާރުން ދެމުންގެންދާ ދަތުގެ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙަފުލާގެ ތެރެއިން | ގެޓީ އިމޭޖަސް

ދަތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޔަޤީންކަންދެއްވާފައިވަނީ، ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ޚިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ހޮޓެލް ޖެންގައި ރޭ އޮތް ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނާއި، މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވާ، އެބޭފުޅުންނަށް ޝުކުރުއަދާކުރެއްވި އެވެ. ވަކީން ޚާއްޞަ ގޮތެއްގައި މުޙައްމަދު ސަލީމްގެ ނަންފުޅު ފާހަގަކުރައްވައި، ވޭތުވެދިޔަ 50 އަހަރުގެ ދިގު މުއްދަތުގައި، މެދުކެނޑުމެއްނެތި ޞިއްޙީ ދާއިރާއަށް އެބޭފުޅާ ކުރައްވަމުން ގެންދަވާ ޚިދުމަތަކީ، ހުރިހާ އެންމެންނަށްވެސް ރިވެތި ނަމޫނާއެއްކަމަށާއި، އެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ތާރީޚުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއްކަމުގައި ސިފަކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން، ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ. އަދި މިފަދަ ޚާއްޞަ ޚިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ޚިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ވިދާޅުވި އެވެ. މިމޭރުމުން ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި ކުރިއަށްދާކަމުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖޭގެ ދަތުގެ ފަރުވާގެ ޚިދުމަތަކީ މުޅި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ޚިދުމަތަކަށް ވެގެންދިއުމުގެ އުންމީދު އައުކުރައްވަމުންނެވެ.

މި ރަސްމިއްޔާތުގައި، ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީޚަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ފޮތް "އިހުން މިއަދާއި ހަމައަށް" ނެރުން އޮތެވެ. އަދި، ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ޚިދުމަތް ދެއްވަން ފެއްޓެވި ދިވެހި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑާއި، ރާއްޖޭގައި ޑެންޓަލް ޚިދުމަތް ތަޢާރަފުކުރެއްވި ބޭބޭފުޅުންނަށް ދެއްވި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

ހުސައިން މުހައްމަދު ލަޠީފްދަތުގެ ފަރުވާ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޖޫން 2026

ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި

21 ޖޫން 2026
ޖަރުމަނުވިލާތުގެ ބަރލިންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މާލެ ވަޑައިގެންފި
27 މެއި 2026

އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

27 މެއި 2026
އީދު ފާހަގަކުރާއިރު، ކުރީގެ އެކުވެރިކަމާއި ބަދަހިކަން އަލުން އިޔާދަ ކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި
09 މެއި 2026

ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން

09 މެއި 2026
ރައީސް މުއިއްޒުގެ އަތްޕުޅުގައި ނައިބު ރައީސް ބަދަލު ކުރުމުގެ ބާރު އޮތް ނަމަ މިހާރު 10 ނުވަތަ 12 ނައިބު ރައީސުން އައްޔަން ކުރާނެ: ނިޝާން
02 ފެބުރުއަރީ 2026

ނައިބު ރައީސް ވަޑައިގެން ތިމާވެށީގެ ގާނޫނާ ޚިލާފަށް ފިޔޯރީގައި މަސް ބަންދު ކާރު ޚާނާ އަޅަން ބިން ހިއްކަން ފަށައިފި

02 ފެބުރުއަރީ 2026
ނައިބު ރައީސް ވަޑައިގެން ތިމާވެށީގެ ގާނޫނާ ޚިލާފަށް ފިޔޯރީގައި މަސް ބަންދު ކާރު ޚާނާ އަޅަން ބިން ހިއްކަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް