Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއިންޑިއާ-ދިވެހިރާއްޖެ

ކަރްނާޓަކާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް އަނބު އެކްސްޕޯޓްކޮށްފި

1 އޯގަސްޓު 2026 | ހޮނިހިރު 06:56

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން ރާއްޖެއަށް އެއް މެޓްރިކް ޓަނުގެ އަނބު އެކްސްޕޯޓްކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ދަނޑުވެރިންނަށް އާންމު ބާޒާރަށްވުރެ 50 އިންސައްތަ އިތުރު އާމްދަނީއެއް ވަނީ ލިބިފައި. މި ޝިޕްމަންޓުގެ ސަބަބުން، މޫސުން ނިމޭކޮޅު ލިބޭ އަނބުގެ ބާވަތްތައް ބައިނަލްއަގުވާމީ ބާޒާރުގައި އިޝްތިހާރުކޮށް ދަނޑުވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ

ރާއްޖެ އެމްވީ | 1 އޯގަސްޓު 2026 | ހޮނިހިރު 06:56
ނީލަމް އަނބު

ނީލަމް އަނބު | ޓްރޭޑްއިންޑިއާ.ކޮމް

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ވައިގެ މަގުން "ނީލަމް" އަދި "ތޯތާޕޫރީ" އަނބު ފޮނުވުމާއެކު، އެ ސްޓޭޓްގެ އަނބު އުފައްދާ ދަނޑުވެރިންނަށް އާ ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށް އިންޑިއާގެ ޔޫނިއަން ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިކަން ފާހަގަކުރެއްވީ ބައިނަލްއަގުވާމީ ބާޒާރުގައި އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގޯޔަލް ވަނީ، މި ޝިޕްމަންޓް ފޮނުވުމުގައި އެހީތެރިކަން ފޯރުކޮށްދިން އެގްރިކަލްޗަރަލް އެންޑް ޕްރޮސެސްޑް ފުޑް ޕްރޮޑަކްޓްސް އެކްސްޕޯޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (އަޕީޑާ) އަށް މަރުހަބާ ވިދާޅުވެފަ އެވެ.

"މި ކާމިޔާބީއާއެކު ކަރްނާޓަކާގެ އަނބު ދަނޑުވެރިންނަށް އާ ފުރުސަތުތަކެއް ހުޅުވި، ފާމަރ ޕްރޮޑިއުސަރ އޯގަނައިޒޭޝަންތަކާއި (އެފް.ޕީ.އޯ)، އެކްސްޕޯޓަރުން އަދި ދަނޑުވެރިކަމުގެ ވިޔަފާރިވެރިން ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ،" ގޯޔަލް ވިދާޅުވި އެވެ.

އިންޑިއާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަޕީޑާގެ އެހީތެރިކަމާއެކު ރާއްޖެއަށް ފޮނުވި އެއް މެޓްރިކް ޓަނުގެ ނީލަމް އަދި ތޯތާޕޫރީ އަނބުގެ ޝިޕްމަންޓް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. މި އެކްސްޕޯޓުގެ މަގްސަދަކީ ކަރްނާޓަކާގައި މޫސުން ނިމޭކޮޅު ލިބޭ އަނބުގެ ބާވަތްތައް ބޭރުގެ ބާޒާރުތަކުގައި އިޝްތިހާރުކުރުމާއި، އިންޑިއާއިން ބޭރަށް ފޮނުވާ އަނބުގެ ބާވަތްތައް އިތުރުކުރުމެވެ.

މި ޝިޕްމަންޓަކީ ކަރްނާޓަކާގެ ކޯލާރު ޑިސްޓްރިކްޓްގެ "ޕްރަކްރޫތިމަޔާ ފާމާސް ޕްރޮޑިއުސަރ ކޮމްޕެނީ ލިމިޓެޑް" އާ ގުޅިފައިވާ ދަނޑުވެރިންގެ އަތުން ސީދާ ހޯދާފައިވާ ތަކެއްޗެވެ. އަދި މި ތަކެތި އެކްސްޕޯޓްކޮށްފައިވަނީ އަލަށް ރަޖިސްޓްރީކުރި އަންހެން ވިޔަފާރިވެރިއެއް ކަމަށްވާ "އަހަލްޔާ ދޭވީ ވެންޗާސް" އިންނެވެ. މިނިސްޓްރީން ބުނި ގޮތުގައި މިއީ އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ބޭރަށް ފޮނުވުމުގެ ނިޒާމުގައި އަންހެން ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރުވަމުންދާކަމުގެ ހެއްކެކެވެ.

ނީލަމް އަދި ތޯތާޕޫރީ އަކީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މޫސުން ނިމޭކޮޅު ލިބޭ ބާވަތްތަކެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. މީގެ ސަބަބުން އިންޑިއާގެ އަނބު އެކްސްޕޯޓްކުރާ މުއްދަތު އިތުރުކޮށް، އާންމުކޮށް އަނބު ލިބޭ މޫސުން ނިމުމަށްފަހުވެސް ބައިނަލްއަގުވާމީ ބާޒާރުގެ ޑިމާންޑަށް ތަކެތި ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، މި ޝިޕްމަންޓުން ދޭހަވަނީ ދަނޑުވެރިންގެ އުފެއްދުންތައް އެއްކޮށް، ބައިނަލްއަގުވާމީ ބާޒާރުތަކާ ގުޅުވައިދިނުމުގައި "ފާމަރ ޕްރޮޑިއުސަރ ކޮމްޕެނީ" ތަކުން އަދާކުރާ ދައުރު ބޮޑުވަމުންދާ ކަމެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެކްސްޕޯޓްގެ ސަބަބުން ދަނޑުވެރިންނަށް އާންމު ބާޒާރުން ލިބޭ އާމްދަނީއަށްވުރެ 50 އިންސައްތަ އިތުރު އާމްދަނީއެއް ވަނީ ލިބިފަ އެވެ.

އިންޑިއާ ސަރުކާރުން ބުނި ގޮތުގައި މި އެކްސްޕޯޓާއެކު ފާމަރ ޕްރޮޑިއުސަރ އޯގަނައިޒޭޝަންތަކާއި، އެކްސްޕޯޓަރުން އަދި ދަނޑުވެރިކަމުގެ ވިޔަފާރިވެރިން ބައިނަލްއަގުވާމީ ބާޒާރުގައި ބައިވެރިވުން އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަގުވާމީ ބާޒާރުތައް ހޯދައިދިނުމަށާއި އެކްސްޕޯޓް އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް އަޕީޑާއިން ސްޓޭޓް ސަރުކާރުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

އިންޑިއާ-ދިވެހިރާއްޖެއަނބު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 ޖުލައި 2026

ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ

30 ޖުލައި 2026
ދިވެހިރާއްޖެ ހިމެނޭ ގޮތައް އިންޑިއާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ 24 ގައުމަކަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައި: އިންޑިއާ
24 ޖުލައި 2026

ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާ އާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރުން މަޝްވަރާކުރައްވައިފި

24 ޖުލައި 2026
ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އިންޑިއާ އާއި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރުން މަޝްވަރާކުރައްވައިފި
08 ޖުލައި 2026

އިންޑިއާ-ރާއްޖެ އިންވެސްޓްމަންޓް އެއްބަސްވުން ފައިނަލް ކުރަމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރ ސައީދު

08 ޖުލައި 2026
އިންޑިއާ-ރާއްޖެ އިންވެސްޓްމަންޓް އެއްބަސްވުން ފައިނަލް ކުރަމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރ ސައީދު
08 ޖުލައި 2026

ރާއްޖޭގެ ފޭކް ވޯކް ޕާމިޓް ވިއްކައިގެން އުޅޭ ގްރޫޕެއްގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

08 ޖުލައި 2026
ރާއްޖޭގެ ފޭކް ވޯކް ޕާމިޓް ވިއްކައިގެން އުޅޭ ގްރޫޕެއްގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި
03 ޖުލައި 2026

ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުމާ ބެހޭ ހާއްސަ ފޮތެއް ނެރެފި

03 ޖުލައި 2026
ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުމާ ބެހޭ ހާއްސަ ފޮތެއް ނެރެފި
03 ޖުލައި 2026

އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި

03 ޖުލައި 2026
އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި
01 ޖުލައި 2026

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

01 ޖުލައި 2026
އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި
29 ޖޫން 2026

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި

29 ޖޫން 2026
އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި
13 ޖޫން 2026

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި

13 ޖޫން 2026
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި
12 މެއި 2026

އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!

12 މެއި 2026
އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް