Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ-ރާއްޖެ

އިންޑިއާ-ރާއްޖެ އިންވެސްޓްމަންޓް އެއްބަސްވުން ފައިނަލް ކުރަމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރ ސައީދު

8 ޖުލައި 2026 | ބުދަ 18:21

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ދެ ގައުމުގެ ވަޒީރުންގެ ފެންވަރުގައި ބާއްވައި، އެ މަސައްކަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް އަވަސްކޮށްފައި. މީގެ އިތުރުން ދެ ގައުމުގެ އިންވެސްޓްމަންޓްތަކަށް ހިމާޔަތްދޭ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީގެ މަޝްވަރާތައް ނިމި، މިހާރު ކުރިއަށްދަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ މަރުހަލާތައް. މި އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެ، ފަތުރުވެރިކަމާއި ޑިޖިޓަލް ޕޭމަންޓް ފަދަ ދާއިރާތަކުން އާ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 18:21
އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ކެމްޕޭނުގެ ހަރަކާތްތަކުގެ ތެރެއިން، އެ ކޯލިޝަނުން ބޭއްވި އިހުތިޖާޖެއްގައި މުހައްމަދު ސައީދު (މ) ބައިވެރިވެވަޑައިގަންނަވަނީ - 5 މާޗް 2022.

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ 'އިންޑިއާ އައުޓް' ކެމްޕޭނުގެ ހަރަކާތްތަކުގެ ތެރެއިން، އެ ކޯލިޝަނުން ބޭއްވި އިހުތިޖާޖެއްގައި މުހައްމަދު ސައީދު (މ) ބައިވެރިވެވަޑައިގަންނަވަނީ - 5 މާޗް 2022. | ސަން

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ގާއިމުކުރުމަށް ނިންމާފައިވާ އިންވެސްޓްމަންޓް އެއްބަސްވުމުގެ މަޝްވަރާތައް ނިމި ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވާ މިނިސްޓަރ ސައީދު މިކަން ހާމަ ކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކުރަންޖެހޭ ގާނޫނީ ދިރާސާތަކާއި ލިޔެކިޔުންތައް ފުރިހަމަކުރުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) ގާއިމުކުރުމަށް ކުރަމުންދާ މަޝްވަރާތައް ވެސް މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަށް ގޮސްފަ އެވެ.

މި ކަންކަމާ ގުޅޭގޮތުން އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް، އިންޑިއާއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުންދާ ދިވެހިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔުޝް ގޯޔަލް ވަނީ ބައްދަލު ކުރައްވާފަ އެވެ.

މި ބައްދަލުވުމަށްފަހު ސައީދު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ވަރަށް ބާރުމިނުގައި ކުރިއަށްދާ ކަމަށާއި، އަދި އިންވެސްޓްމަންޓް އެއްބަސްވުމުގެ (ބީއައިޓީ) މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެއްބަސްވުމުގެ ގާނޫނީ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާ ކަމަށެވެ.

އިންޑިއާގެ ވަޒީރު ޕިޔުޝް ގޯޔަލް ވިދާޅުވީ، އިންވެސްޓްމަންޓް އެއްބަސްވުމާއި، އޭގެ ފަހުން ސޮއިކުރެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައިވާ އިންވެސްޓްމަންޓް އެއްބަސްވުމާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން އަވަސްކުރުމަށް ދެ ގައުމުން ވެސް ދަނީ މަސައްކަތް ކުރަމުން ކަމަށް އިންޑިއާގެ މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި، އަލަށް ފަށާ ވިޔަފާރިތަކާއި (ސްޓާޓްއަޕްސް)، ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކުގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފައި ކަމަށް ބުނެފައިވެ އެވެ.

ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ) އަކީ ދެ ގައުމުގެ މެދުގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް ހިމާޔަތްދީ، އެކަންކަން ކުރިއެރުވުމަށް އެހީތެރިވެދޭ އެއްބަސްވުމެކެވެ. އިންޑިއާއިން ދާދިފަހުން ވަނީ އިސްރާއީލާއި ޔޫއޭއީ ފަދަ ގައުމުތަކާއެކު ވެސް މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފަ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2000 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، ދިވެހިރާއްޖެއިން އިންޑިއާއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި 12.65 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފަ އެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރިއަށްދިޔަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގެ ބުރެއް ޖުލައި މަހުގެ 7 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން، ދެ ގައުމުގެ މެދުގައި މުދާ އެތެރެކުރުމުގައި ނަގާ ޑިއުޓީ ނުވަތަ ޓެކްސް ވަރަށް ބޮޑަށް ކުޑަކުރެވި ނުވަތަ އެއްކޮށް އުނިކުރެވިގެންދާނެ އެވެ.

2024-25 ވަނަ އަހަރު ދެ ގައުމުގެ މެދުގައި ކުރެވުނު ވިޔަފާރީގެ އަދަދު 690 މިލިއަން ޑޮލަރުގައި ހުރިއިރު، 2025-26 ވަނަ އަހަރު މި އަދަދު ވަނީ 13.5 އިންސައްތަ އިތުރުވެ، 771.76 މިލިއަން ޑޮލަރަށް އަރާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރި 458.71 މިލިއަން ޑޮލަރުގެ މުދަލާއި، ރާއްޖެއިން އިންޑިއާއަށް އިމްޕޯޓްކުރި 313 މިލިއަން ޑޮލަރުގެ މުދަލެވެ.

އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ވިޔަފާރީގެ ބައިވެރިޔާއެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ ބާ ދަގަނޑުގެ ބާވަތްތަކެވެ. އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓްކުރާ ތަކެތީގެ ތެރޭގައި އިންޖިނިއަރިން އަދި ސިނާއީ އުފެއްދުންތަކާއި، ބޭހާއި، ރާޑަރު ފަދަ އާލާތްތަކާއި، ހިލަ އާއި ހިލަވެއްޔާއި، ސިމެންތީގެ އިތުރުން ހަނޑޫ، ހަވާދު، މޭވާ، ތަރުކާރީ އަދި ކުކުޅުބިސް ފަދަ ދަނޑުވެރިކަމުގެ ބާވަތްތައް ހިމެނެ އެވެ.

އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެންމެ ފުރަތަމަ ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 1981 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް އިންޑިއާއިން ފޯރުކޮށްދެ އެވެ.

މަސްދަރު: ޕްރެސް ޓްރަސްޓް އޮފް އިންޑިއާ

އިންޑިއާ-ދިވެހިރާއްޖެޕިޔޫޝް ގޯޔަލްމިނިވަން ވިޔަފާރި އެއްބަސްވުންބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީމުހައްމަދު ސައީދު

އިތުރަށް ކިޔާލަން

08 ޖުލައި 2026

ރާއްޖޭގެ ފޭކް ވޯކް ޕާމިޓް ވިއްކައިގެން އުޅޭ ގްރޫޕެއްގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި

08 ޖުލައި 2026
ރާއްޖޭގެ ފޭކް ވޯކް ޕާމިޓް ވިއްކައިގެން އުޅޭ ގްރޫޕެއްގެ މީހަކު އިންޑިއާއިން ހައްޔަރުކޮށްފި
06 ޖުލައި 2026

ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!

06 ޖުލައި 2026
ޑޮަލަރުގެ އަގު ތިރިކުރަން އަމިއްލަ އަށް ވީ ވައުދުގައި ސައީދު ތާށިވެފައި!
06 ޖުލައި 2026

ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!

06 ޖުލައި 2026
ސައީދުގެ ޓްރާންސްޕޯޓު މިނިސްޓްރީގެ މޫނުމަތި ރީތިކުރުމަށްވެސް ޕީއާރް ކޮންސަލްޓެންޓެއް ހޯދަނީ!
03 ޖުލައި 2026

ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުމާ ބެހޭ ހާއްސަ ފޮތެއް ނެރެފި

03 ޖުލައި 2026
ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުމާ ބެހޭ ހާއްސަ ފޮތެއް ނެރެފި
03 ޖުލައި 2026

އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި

03 ޖުލައި 2026
އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި
01 ޖުލައި 2026

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

01 ޖުލައި 2026
އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި
29 ޖޫން 2026

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި

29 ޖޫން 2026
އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި
13 ޖޫން 2026

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި

13 ޖޫން 2026
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި
20 މެއި 2026

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި
12 މެއި 2026

އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!

12 މެއި 2026
އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް