Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ-އިންޑިޔާ

ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުމާ ބެހޭ ހާއްސަ ފޮތެއް ނެރެފި

3 ޖުލައި 2026 | ހުކުރު 09:21

މި ފޮތުގައި ކަނޑުގެ ސަލާމަތާއި، ތަމްރީނުތަކާއި، ކާރިސާގެ ވަގުތުތަކުގައި ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ރާއްޖޭގެ މުހިންމުކަން ވަނީ ފާހަގަކޮށްފައި. ސިޔާސީ ބަދަލުތަކާއެކުވެސް ދެ ގައުމުގެ ސަލާމަތީ އަދި އިގްތިސާދީ މަސްލަހަތުތައް ލާމެހިފައިވާ މިންވަރު މި ދިރާސާގައި ބަޔާންކޮށްފައިވޭ.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 09:21
އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން: "ސެއިލިން ދަ މަހާސާގަރު ޓުގެދަރ"

އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން: "ސެއިލިން ދަ މަހާސާގަރު ޓުގެދަރ" | ސީޕީޕީއާރު އިންޑިއާ

އިންޑިއާގެ "ވިޜަން ސާގަރް" ސިޔާސަތުގެ ދަށުން ރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުން ބަދަހިވަމުންދާ ގޮތުގެ މައްޗަށް ބިނާކޮށް "ސެއިލިންގ ދަ މަހާސާގަރް ޓުގެދަރ" ނަމުގައި ފޮތެއް ނެރެފި އެވެ.

މި ގޮތުން މަނޯހަރް ޕައްރިކަރް އައި.ޑީ.އެސް.އޭ ގެ އެސޯސިއޭޓް ފެލޯ، ޑރ. ގުލްބިން ސުލްތާނާ ލިޔުއްވާފައިވާ "އިންޑިއާ-މޯލްޑިވްސް ޑިފެންސް ޕާޓްނަރޝިޕް ވިތިން ދަ ފްރޭމްވޯކް އޮފް ވިޜަން ސާގަރް" ނަމަކަށް ކިޔާ ބާބު، "ސެއިލިންގ ދަ މަހާސާގަރް ޓުގެދަރ: އިންޑިއާ-މޯލްޑިވްސް ރިލޭޝަންސް" ފޮތުގައި ޝާއިއުކޮށްފައިވެ އެވެ.

ސެންޓަރ ފޯ ޕަބްލިކް ޕޮލިސީ ރިސާޗާއި އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒް ގުޅިގެން ނެރުނު މި ފޮތުގައި، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމުގެ އެކި ދާއިރާތަކުގެ މައްޗަށް ދެ ގައުމުގެ މާހިރުން ލިޔުއްވާފައިވާ 10 ބާބެއް ހިމެނެ އެވެ.

މި ފޮތުގައި، އިންޑިއާގެ "ވިޜަން ސާގަރް" (ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން) ސިޔާސަތުގެ ދަށުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ދިފާއީ ގުޅުމުގެ އިސްތިރާތީޖީ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފަ އެވެ. ޑރ. ގުލްބިން ލިޔުއްވާފައިވާ ބާބުގައި، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތަކާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން ކާރިސާގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަމުގެ ތެރެއިން ދެ ގައުމުގެ ސަލާމަތީ އެއްބާރުލުން ކުރިއަރަމުން އައިސްފައިވާ ގޮތް ވަނީ ދިރާސާކޮށްފަ އެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމުގައި ދިވެހިރާއްޖެއަކީ މުހިންމު ބައިވެރިއެއްކަން މި ބާބުގައި ފާހަގަކޮށްފައިވެ އެވެ.

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި މި ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ދެ ގައުމުގެ ޑިޕްލޮމޭޓުންނާއި، އިސްތިރާތީޖީ ދިރާސާވެރިންނާއި، އިލްމީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ބޭފުޅުން ވަނީ ބަދަލުވަމުންދާ ދުނިޔޭގެ ސިޔާސީ މަސްރަހުގެ ތެރެއިން ދެ ގައުމުގެ ގުޅުން ކުރިއަށްދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފަ އެވެ. މި ފޮތަށް ލިޔުއްވި މާހިރުން ފާހަގަކުރެއްވި ގޮތުގައި، ދޭތެރެއަކުން ސިޔާސީ ގޮތުން ބަދަލުތަކެއް އައި ނަމަވެސް، އިންޑިއާއާއި ރާއްޖޭގެ ސަލާމަތީ އަދި އިގްތިސާދީ މަސްލަހަތުތައް ވަނީ ވަރަށް ބޮޑަށް ލާމެހިފަ އެވެ.

މި ފޮތަކީ ދެ ގައުމުގެ ދެމެދުގައި އޮތް 60 އަހަރުވީ ހާރިޖީ ގުޅުމުގެ ތާރީހު ދިރާސާކޮށް ލިޔެކިޔުމުން ރައްކާކުރުމަށް ކުރެވޭ ފުޅާ މަސައްކަތުގެ ބައެކެވެ. މިއީ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެ ފުރިހަމަ މަސްދަރެއް ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.

އިންޑިއާ-ދިވެހިރާއްޖެވިޜަން ސާގަރް

އިތުރަށް ކިޔާލަން

03 ޖުލައި 2026

އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި

03 ޖުލައި 2026
އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި
01 ޖުލައި 2026

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

01 ޖުލައި 2026
އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި
29 ޖޫން 2026

އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި

29 ޖޫން 2026
އިންޑިއާ-ރާއްޖެ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް ފަށައިފި
13 ޖޫން 2026

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި

13 ޖޫން 2026
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި
12 މެއި 2026

އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!

12 މެއި 2026
އައު ޚާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވެސް އިންޑިއާއަށް!
13 އެޕްރީލު 2026

ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން 2027 އާ ހަމައަށް އިތުރުކޮށްފި

13 އެޕްރީލު 2026
ކާބޯތަކެއްޗާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ އިންޑިއާއިން 2027 އާ ހަމައަށް އިތުރުކޮށްފި
13 މާރިޗު 2026

އިންޑިއާ އިން ތެލުގެ އެހީ ހޯދުމަށް މުއިއްޒު ސަރުކާރުން އިން އެދިއްޖެ

13 މާރިޗު 2026
އިންޑިއާ އިން ތެލުގެ އެހީ ހޯދުމަށް މުއިއްޒު ސަރުކާރުން އިން އެދިއްޖެ
08 މާރިޗު 2026

ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި

08 މާރިޗު 2026
ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެކްސްޕޯޓް ކުރުމުގެ ކޯޓާ އިންޑިއާއިން ރެކޯޑް މިންވަރަކަށް އިތުރުކޮށްފި
02 ފެބުރުއަރީ 2026

އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ މަދުކޮށްފި

02 ފެބުރުއަރީ 2026
އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ މަދުކޮށްފި
27 ޖެނުއަރީ 2026

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ފަޅާ އަރައިފި

27 ޖެނުއަރީ 2026
ރާއްޖޭގެ މިނިވަންކަމާ ސިޔާދަތައް ގެއްލުންވާ ގޮތަށް ހުރި އެއްބަސްވުންތައް އިސްލާހު ކޮށް ނިމިފައިވާ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހެއްދެވީ ބޮޑު އިތުރުފުޅެއްކަން ފަޅާ އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް