100ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
31 ޖުލައި 2026 | ހުކުރު 10:07މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާ އަދި ބަންގްލަދޭޝްގެ ދެ މީހުންނާ ގުޅުންހުރި ތިން ތަނެއް ބަލައިފާސްކޮށް 133 ފުޅި ބަނގުރާ ފުލުހުން ވަނީ ހޯދާފައި. މި މައްސަލައިގައި ހިމެނޭ ދެ ބިދޭސީންނާ މެދު އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް މިހާރު ވަނީ ކަމާބެހޭ އިދާރާއާ ހަވާލުކޮށްފައި


100ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހައްޔަރުކުރި ދެ ބިދޭސީން | މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 100ށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މަމްނޫރް ރަހްމާން، ބަންގްލަދޭޝް (27އ) އާއި އޮމެތަރަން ކަންދަސަމީ، އިންޑިއާ (26އ) އެވެ.
2026 ޖުލައި 28 ވަނަ ދުވަހުގެރޭ ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި މާލޭގެ ތިން ތަނެއް ބަލައިފާސްކުރިއިރު 133 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ވެސް މިހާރު ވަނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅުއެޅުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.











