Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަޒީޒާ މިސްކިތް

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް މި ހަފްތާގައި ދެވަނަ ފަހަރަށް ގެއްލުން ދީފި

ހުޅުމާލޭ އަޒީޒާ މިސްކިތަށް ތަކުރާރުކޮށް ގެއްލުންދިން މީހާ ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މިހާރު ވަނީ މުޖުތަމައުން އެކަހެރިކޮށްފައި. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އެ މީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދައުލަތުގެ އިދާރާތަކުން ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖުލައި 2026 | ބުދަ 18:17
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް މި ހަފްތާގައި ދެވަނަ ފަހަރަށް ގެއްލުންދީގެން އާއްމުންނާއި ފުލުހުން ހަރަކާތްތެރިވަނީ

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް މި ހަފްތާގައި ދެވަނަ ފަހަރަށް ގެއްލުންދީގެން އާއްމުންނާއި ފުލުހުން ހަރަކާތްތެރިވަނީ | ވޮއިސް.އެމްވީ

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި، އަނެއްކާ ވެސް ގެއްލުންތަކެއް ދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ބުދަ ދުވަހުގެ ރޭ ފުލުހުންގެ ފަރާތުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ހޯމަ ދުވަހު ފަތިހު އަޒީޒާ މިސްކިތަށް ގެއްލުން ދިންކަމަށް ތުހުމަތު ކުރެވޭ މީހާ، ބުދަ ދުވަހު ރޭ ވެސް ހަމަ އެ މިސްކިތަށް ގެއްލުން ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިނުވާ ކަމަށާއި މި މައްސަލަ ވަކި މައްސަލަ އެއް ގޮތުގައި ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެއިތުރުން ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރި މަސައްކަތުން، ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ މުޖުތަމައުން އެކަހެރިކޮށްފައި ކަމަށް ފުލުހުން ވެސް ބުނެ އެވެ. އަދި އެ މީހާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް އެ މެސެޖުގައިވެ އެވެ.

ހޯމަ ދުވަހު ފަތިސް ގަޑީގައި މިސްކިތައް ގެއްލުން ދިން މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މާލޭ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ހަރުކޮށްފައި ހުންނަ ފަންކާ ފަދަ ތަކެތި ވަގަށް ނަގާ މައްސަލަ ވެސް މީގެ ކުރިން ފެންމަތިވެފައިވެ އެވެ.

ހުޅުމާލެ އަޒީޒާ މިސްކިތްދިވެހި ފުލުހުންގެ ޚިދުމަތް

އިތުރަށް ކިޔާލަން

22 ޖުލައި 2026

ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލަނީ

22 ޖުލައި 2026
ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލަނީ
20 ޖުލައި 2026

ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންތަކެއް ދީފި

20 ޖުލައި 2026
ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންތަކެއް ދީފި
20 ޖުލައި 2026

ފައިސާ އަނބުރާ ހޯދުމުގައި އެންމެ ބޮޑުތި ގޮންޖެހުންތަކެއް ހުންނަނީ ތާޑް ޕާޓީ ސްކޭމްތަކުގައި: މުޙައްމަދު ސަލީމް

20 ޖުލައި 2026
ފައިސާ އަނބުރާ ހޯދުމުގައި އެންމެ ބޮޑުތި ގޮންޖެހުންތަކެއް ހުންނަނީ ތާޑް ޕާޓީ ސްކޭމްތަކުގައި: މުޙައްމަދު ސަލީމް
20 ޖުލައި 2026

އެންމެ ގިނަ ސްކޭމްގެ މައްސަލަތައް މިހާރު އަންނަނީ ފޭސްބުކް މާކެޓް ޕްލޭސް އިން: އަލީ މުޙައްމަދު

20 ޖުލައި 2026
އެންމެ ގިނަ ސްކޭމްގެ މައްސަލަތައް މިހާރު އަންނަނީ ފޭސްބުކް މާކެޓް ޕްލޭސް އިން: އަލީ މުޙައްމަދު
20 ޖުލައި 2026

މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް: ބޮންޑާ

20 ޖުލައި 2026
މާލޭ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް: ބޮންޑާ
20 ޖުލައި 2026

ހުޅުމާލެ ހިޔާ ޕާކު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރިއާ ގުޅިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

20 ޖުލައި 2026
ހުޅުމާލެ ހިޔާ ޕާކު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރިއާ ގުޅިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި
19 ޖުލައި 2026

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 826،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

19 ޖުލައި 2026
ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 826،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި
17 ޖުލައި 2026

ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟

17 ޖުލައި 2026
ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟
17 ޖުލައި 2026

ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

17 ޖުލައި 2026
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
17 ޖުލައި 2026

ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!

17 ޖުލައި 2026
ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް