Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިނަމާލެ ބްރިޖު

ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 3 މީހުން ޖޫރިމަނާކޮށްފި

26 ޖުލައި 2026 | އާދީއްތަ 03:33

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ އުޅަނދު 30 ދުވަހަށް ހިފަހައްޓައި، އެ މީހުން ވަނީ ޖޫރިމަނާ ކޮށްފައި. ފުލުހުން މި ފިޔަވަޅު އެޅީ ބްރިޖު މަތީގައި ސައިކަލު މަތީ އޮށޯވެގެންނާއި ބާރު ސްޕީޑުގައި ދުއްވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން. މީގެ ތެރެއިން ތަކުރާރުކޮށް ކުށް ކުރި މީހަކު 4,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، އަނެއް ދެ މީހުން ޖޫރިމަނާކުރީ 2,000 ރުފިޔާއިން

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖުލައި 2026 | އާދީއްތަ 03:33
ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް

ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއިން ނަގާފައިވާ ސްކްރީންޝޮޓެއް | ރާއްޖެއެމްވީ

ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި 3 މީހުން ޖޫރިމަނާކޮށްފި އެވެ. 

ހޮނިހިރު ދުވަހުގެ ރޭ ފުލުުހުން ބުނީ، ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން 30 ދުވަހުގެ މުއްދަތަށް ހިފަހައްޓާފައިވާ ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އުޅަނދު ދުއްވި ތިން މީހުންގެ ތެރެއިން ދެ މީހަކު 2,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން އެކަކު 4,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. 

ސިނަމާލެ ބްރިޖަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވާއިރު، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ފުރާނައަށް ނުރައްކާވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ފާހަގަކުރެ އެވެ. މީގެ ކުރިން ވެސް ބޮޑެތި އެކްސިޑެންޓްތައް ހިނގައި، މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ. 

އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުންނަށް ފިޔަވަޅު އަޅާފައިވަނީ، ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން ދަނިކޮށެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް މީހުން ސައިކަލު މަތީގައި އޮށޯވެގެން ތިބެ ބާރު ސްޕީޑުގައި ދުއްވަމުންދެ އެވެ.

މީގެ އިތުރުން، ބްރިޖުގައި ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަށްވުރެ މާ ބާރަށް، އާންމުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ ގޮތަކަށް ސައިކަލުތައް ދުއްވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެ އެވެ.

ސިނަމާލެ ބުރިޖުދިވެހި ފުލުހުންގެ ޚިދުމަތް

އިތުރަށް ކިޔާލަން

25 ޖުލައި 2026

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު 30 ދުވަހަށް ޓޯކޮށްފި، ދުއްވި މީހުންނަށް ފިޔަވަޅު އެޅިކަން ސާފެއް ނޫން!

25 ޖުލައި 2026
ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު 30 ދުވަހަށް ޓޯކޮށްފި، ދުއްވި މީހުންނަށް ފިޔަވަޅު އެޅިކަން ސާފެއް ނޫން!
25 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެންނަނީ

25 ޖުލައި 2026
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން ސޯޝަލް ސެންޓަރު ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެންނަނީ
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
22 ޖުލައި 2026

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް މި ހަފްތާގައި ދެވަނަ ފަހަރަށް ގެއްލުން ދީފި

22 ޖުލައި 2026
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތައް މި ހަފްތާގައި ދެވަނަ ފަހަރަށް ގެއްލުން ދީފި
22 ޖުލައި 2026

ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލަނީ

22 ޖުލައި 2026
ހިންމަފުށީގައި މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މިސްރަށް ނިސްބަތްވާ ދެ މީހުން ރާއްޖެއަށް ނާދެވޭ ގޮތަށް ގައުމަށް ފޮނުވާލަނީ
20 ޖުލައި 2026

ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންތަކެއް ދީފި

20 ޖުލައި 2026
ހުޅުމާލޭ މިސްކިތެއްގެ ބިއްލޫރިގަނޑު ތަޅާލައި، ގެއްލުންތަކެއް ދީފި
20 ޖުލައި 2026

ފައިސާ އަނބުރާ ހޯދުމުގައި އެންމެ ބޮޑުތި ގޮންޖެހުންތަކެއް ހުންނަނީ ތާޑް ޕާޓީ ސްކޭމްތަކުގައި: މުޙައްމަދު ސަލީމް

20 ޖުލައި 2026
ފައިސާ އަނބުރާ ހޯދުމުގައި އެންމެ ބޮޑުތި ގޮންޖެހުންތަކެއް ހުންނަނީ ތާޑް ޕާޓީ ސްކޭމްތަކުގައި: މުޙައްމަދު ސަލީމް
20 ޖުލައި 2026

އެންމެ ގިނަ ސްކޭމްގެ މައްސަލަތައް މިހާރު އަންނަނީ ފޭސްބުކް މާކެޓް ޕްލޭސް އިން: އަލީ މުޙައްމަދު

20 ޖުލައި 2026
އެންމެ ގިނަ ސްކޭމްގެ މައްސަލަތައް މިހާރު އަންނަނީ ފޭސްބުކް މާކެޓް ޕްލޭސް އިން: އަލީ މުޙައްމަދު
20 ޖުލައި 2026

ހުޅުމާލެ ހިޔާ ޕާކު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރިއާ ގުޅިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި

20 ޖުލައި 2026
ހުޅުމާލެ ހިޔާ ޕާކު ސަރަހައްދުގައި އާދިއްތަ ދުވަހުގެ ރޭ ހިންގި މާރާމާރިއާ ގުޅިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފި
19 ޖުލައި 2026

ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 826،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

19 ޖުލައި 2026
ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 826،000 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް