Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ20 ވަނަ ރައްޔިތުންގެ މަޖިލީސް

ޕީއެންސީ މަޖިލިސް މެންބަރުން ތިއްބެވީ ''އެސްކޭޕް ރޫޓެއް'' އިންތިޒާރުގައި: މެންބަރު އަހުމަދު ދީދީ

10 ޖުލައި 2026 | ހުކުރު 08:29

ސަރުކާރުން ވީ އުންމީދުތަކުގައި ކުލަ ނުޖެހުމުގެ ސަބަބުން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބެވީ ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވި. އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ދާއިރާތަކުގެ ރައްޔިތުންގެ ޝަކުވާތަކަށް ދޭނެ ޖަވާބެއް މެންބަރުންގެ އަތުގައި ނެތް ކަމަށާއި، ފުރުސަތެއް ލިބޭއިރަށް ސަރުކާރު މެންބަރުން ވަކިވާން ތައްޔާރަށް ތިބި ކަމަށް. އަދި ވިދާޅުވީ ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު، މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވާނީ އަބަދުވެސް 6 ވަރަކަށް މެންބަރުން ކަމަށާއި، މިކަމުން އެކަނި ވެސް މެންބަރުން މިއަދު ތިއްބެވި ހާލަތު ރައްޔިތުންނަށް ވަޒަން ކުރެވޭނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 10 ޖުލައި 2026 | ހުކުރު 08:29
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު ތިއްބެވީ އެސްކޭޕް ރޫޓެއްގެ އިންތިޒާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ސަރުކާރުގެ ޕާޓީ، ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަކީ އަމިއްލަ ގޮތުން އިންތިޚާބުވުމަށްފަހު ޕީއެންސީއާ ގުޅުނު މެންބަރުން ކަމަށާއި، އެ މެންބަރުން ސަރުކާރާއެކު މަސައްކަތް ފެށީ ވަރަށް އުންމީދާއެކު ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް ސަރުކާރަށް ދެ އަހަރާއި ބައި ވެގެންދިޔައިރު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ދިން އެއްވެސް އުންމީދެއްގައި ކުލައެއް ނުޖެހުމުން މިހާރު އެ ހުރިހާ މެންބަރުން ވެސް ތިއްބެވީ ވަރަށް ބޮޑު މާޔޫސް ކަމެއްގައި ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދާއިރާތަކުގެ ރައްޔިތުން ކުރަމުންދާ ޝަކުވާއަށް ދޭނެ ޖަވާބެއް ވެސް ނެތް ކަމަށެވެ. 

އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެންޕޭން ދުވަސްވަރަށް އިޝާރާތް ކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ އެދުވަސްވަރު ރަށްރަށަށް ކުރި ދަތުރުތަކުގައި ޕީއެންސީގެ މެންބަރުން ތަމްސީލު ކުރާ ދާއިރާތަކުގެ ރައްޔިތުން ތިބި ގޮތް ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ. 

މެންބަރުން ތިބީ ވަރަށް މާޔޫސްކަމެއްގެ ތެރޭގައި. އެ ބޭފުޅުންވެސް އެ ތިބެނީ އެކުގައި އެސްކޭޕް ރޫޓެއް ނުފެނިގެން ހަމަ ފެންނަ އިރަށް އަޅުގަނޑަށް ފެންނަނީ ހަމަ ދާނެހެން. ހަގީގަތަކީ އެ ބޭފުޅުންވެސް ވަރަށް އުއްމީދުގައި އައީ. އައިސްގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތަކަށް، ކޮންމެ ގޮތަކަށް ކަންތައް ކުރަމުންގެންދިޔައީ. އެ ދެމުންގެންދިޔަ އުއްމީދަކީ މި އަހަރު ނޫން އަނެއް އަހަރު. 2024 ގައި ދިން އުންމީދަކީ 2023 ގައި އެމްޑީޕީގެ ބަޖެޓެކޭ އެހެންވީމާ އެކަން ނުވިއޭ. އެ ތިމަންނަމެން އައިސް އެ ރާއްޖޭން ބޭރުން ފައިސާ ވެސް ގެންނާނަމޭ. ގްރީން ސިގްނަލްތައް އެބަ ހުއްޓޭ. އެހެންވީމާ، މެންބަރުން ހާސް ނުވާށޭ. މެންބަރުންގެ ދާއިރާތަކަށް ހުރިހާ ކަމެއް ވާނެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ވަރަށް އުންމީދުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ޕީއެންސީ މެންބަރުން މަޖިލީހަށް އިންތިޚާބު ކުރި ނަމަވެސް މިއަދު އެ ރައްޔިތުން ތިބީ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އާއި ކުރީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ހުއްޓި، ހަލާކުވަމުންދާތީ އެކަމުގެ ކަންބޮޑުވުމުގައި ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންގެ ފައިސާ ވަރަށް ބޮޑަށް އިސްރާފު ކުރަމުންދާ ސަރުކާރެއް ކަމަށް ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު، މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވާނީ އަބަދުވެސް 6 ވަރަކަށް މެންބަރުން ކަމަށާއި، އެހެން މެންބަރުން ގެ ބަހެއް އަޑު ނީވޭނެ ކަމަށެވެ. އެބޭފުޅުންނަށް 3 ގަޑިއިރު ނުވަތަ 1 ގަޑިއިރު ލިބުނު ނަމަވެސް އެ މެންބަރުންގެ ބައިވެރިވުމެއް ނެތް ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވި އެވެ. އަދި މިކަމުން އެކަނި ވެސް މެންބަރުން މިއަދު ތިއްބެވި ހާލަތު ރައްޔިތުންނަށް ވަޒަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޕީއެންސީ20 ވަނަ ރައްޔިތުންގެ މަޖިލީސްއައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޖުލައި 2026

ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު

08 ޖުލައި 2026
ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު
08 ޖުލައި 2026

މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ

08 ޖުލައި 2026
މިއަދު ވަޒީފާ ދެނީ ވަކި މީހަކަށް ކޯޓެއް ފަހާ އުސޫލުން، ސަރުކާރުގެ ކުންފުނިތައްވެސް ސިޔާސީ އައްޑާތަކަކަށް ބަދަލުވެއްޖެ: އަހުމަދު ދީދީ
08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
06 ޖުލައި 2026

ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް

06 ޖުލައި 2026
ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް
06 ޖުލައި 2026

2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ

06 ޖުލައި 2026
2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ
06 ޖުލައި 2026

ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގެ ބާރުވެރިކަން ވަޒީރަކަށް ނުވަތަ ސަރުކާރުގެ ނުފޫޒު އޮންނަ އެއްވެސް ބޭފުޅަކަށް ދީގެންނުވާނެ: މެންބަރު ދީދީ

06 ޖުލައި 2026
ރައްޔިތުންގެ ޒާތީ މައުލޫމާތު ބެލެހެއްޓުމުގެ ބާރުވެރިކަން ވަޒީރަކަށް ނުވަތަ ސަރުކާރުގެ ނުފޫޒު އޮންނަ އެއްވެސް ބޭފުޅަކަށް ދީގެންނުވާނެ: މެންބަރު ދީދީ
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
04 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން

04 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް