Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީސް

ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ: މުލަކު ކައުންސިލް ރައީސް

މުލަކު ކައުންސިލްގެ ރައީސް ޖަމާލު ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުންނަކީ އިހުލާސްތެރިކަމެއް ނެތި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ބައެއް ކަމަށް. ކައުންސިލްތަކަކީ ހުރިހާ ވުޒާރާތަކެއްގެ މަސައްކަތް އެއްފުރާޅެއްގެ ދަށުން ކުރާ ބުރަ އިދާރާތަކެއްކަން ފާހަގަކުރައްވައި، މެންބަރުން ވެސް ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް އޭނާ ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 13 ޖުލައި 2026 | ހޯމަ 09:14
ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވާހަކަ ދައްކަވަނީ.

ހޮނިހިރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ކައުންސިލަރުންނަކީ މަސައްކަތެއް ނުކުރާ ބައެއްގެ ގޮތުގައި ޕީއެންސީގެ ރައްޔިތުން މަޖިލިސް މެންބަރުން ސިފަ ކުރައްވަނީ ހަގީގަތް ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ ކަމަށް މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު ވިދާޅުވެއްޖެ އެވެ.

ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް ޖަމާލު ވަނީ ޕީއެންސީގެ ރައްޔިތުން މަޖިލިސް މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މިދައުރުގެ ތެރޭގައި ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުންނަށް ފައިދާވާ ގޮތަށް އެ މެންބަރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. 

އަބަދުވެސް މަޖިލީހަށް ބިލެއް ހުށަހަޅައި އެއްދުވަހު އެއްޗެއްގެ އަގު ބޮޑު ކުރާނެ ކަމަށާއި، އަނެއް ދުވަހު އެ އެއްޗެއްގެ އަގު ހެޔޮ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރާ އެއްވެސް މަސައްކަތެއް އިހުލާސްތެރިކަމެއް ނެތް ކަމަށާއި، ރައްޔިތުން އިތުބާރު އެބޭފުޅުންގެ މައްޗަށް ގެއްލިފައިވާ ކަމަށެވެ.

ނަތީޖާއެއް ގޮތުން ކައުންސިލަރުންނަކީ ވެސް މަސައްކަތް ނުކުރާ ބައެއްގެ ގޮތުގައި ދެއްކުމަށް ޕީއެންސީގެ މަޖިލިސް މެންބަރުން މަސައްކަތް ކުރައްވާ ކަމަށް ޖަމާލު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމާ ގުޅޭގޮތުން ބަހުސް ކުރެއްވި ޖަލްސާގައި ވެސް ކައުންސިލްތަކަކީ ބޭކާރުތަނެއް ކަމާއި، ކައުންސިލަރުންނަކީ މަސައްކަަތް ނުކުރާ ބައެއް ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ކައުންސިލްތަކަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ އިދާރާތަކެއް ކަމަށާއި، ހުރިހާ ވުޒާރާތަކެއްގެ މަސައްކަތް އެއްފުރާޅެއްގެ ދަށުން ކުރާ ހަމައެކަނި އިދާރާއަކީ ކައުންސިލްތައް ކަމަށް ޖަމާލު ވިދާޅުވި އެވެ. 

އަޅުގަނޑު ހަމަ އެބޭފުޅުންނަށް ރައްދު ދޭން ބޭނުންވޭ ހަމަ އެބޭފުޅުން ހަމަ ހަފްތާއެއް ވަންދެން މިކައުންސިލްތަކުގައި މަޑު ކޮށްލަދެއްވާށޭ ކައުންސިލްތަކުން މިކުރާ މަސައްކަތްތައް ބަލާލަން. މާލޭގެ މިނިސްޓްރީއަކުން މިކުރަނީ ހޯމް މިނިސްޓްރީން މިކުރަނީ ހަމައެކަނި ހޯމް މިނިސްޓްރީގެ މަސައްކަތް. އެންވަޔަރަންމަންޓް މިނިސްޓްރީން މިކުރަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތް. އެހެންނަމަވެސް ރާއްޖޭގެ ރަށު ކައުންސިލްތަކަކީ ސަރުކާރުގެ ހުރިހާ ވުޒާރާތަކެއްގެ މަސައްކަތް އެއްފުރާޅެއްގެ ދަށުން ކުރާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް މި ފާހަގަވީ.
މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު

ޖަމާލު ވިދާޅުވީ ރައްޔިތުން މަޖިލިސް މެންބަރުން މަޖިލީހުގައި ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެއީ ވެސް ރައްޔިތުންގެ މަންދޫބުންނަށްވާއިރު، ރައްޔިތުންނާ ގުޅުންހުރި ރައްޔިތުންނަށް ފައިދާވާ މަސައްކަތްތައް ކުރުމަށް އޭނާ ގޮވާލެއްވި އެވެ. 

އަހުމަދު ޖަމާލުމުލަކު ކައުންސިލްޕީއެންސީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވަނީ ހިލަ ލިބުމުގެ ދަތިކަމާ ހުރެ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ވިދާޅުވިއިރު، މިއީ މަސައްކަތްތައް ނުހިންގަން ދައްކާ ބަހަނާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރޭ. އިންޑިއާއިން ހިލަ ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، މެދުއިރުމަތީގެ މަސްރަހު ބަހަނާއަކަށް ދައްކައި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް މަޖިލީހުގައި މެންބަރުން ފާހަގަކުރެއްވި.

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
13 ޖުލައި 2026

ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު

އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ވ. ރަކީދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެއްޖެ. މިނިސްޓަރު ވިދާޅުވީ މިކަން ކުރެވޭނީ ރަށުގެ ހުރިހާ ރައްޔިތުންގެ އެއްބަސްވުމާއެކު ކަމަށާއި، ބައެއް ފަރާތްތަކުން ބަދަލުވާން ބޭނުންނުވާތީ އެކަމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށް.

13 ޖުލައި 2026
ސަރުކާރުގެ ވިސްނުމަކީ ރަކީދޫ މީހުން އެހެން ރަށަކަށް ބަދަލުކުރުން: މިނިސްޓަރު މުއްތަލިބު
13 ޖުލައި 2026

ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު

އައްޑޫ ލިންކް ރޯޑް ތަރައްގީކުރުމުގެ މަޝްރޫއު ނިމޭނެ ސީދާ ތާރީޚެއް ވިދާޅުވާން އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. މުއްތަލިބަށް މަޖިލީހުގައި މިއަދު ދަތިފުޅުވި. މަސައްކަތް ލަސްވާތީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަގު ހެދުމުގައި ދިމާވާ ދަތިތަކާއެކުވެސް މަޝްރޫއު އަވަސްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް. މި މަޝްރޫއުގެ ދަށުން 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ފުޅާކޮށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ.

13 ޖުލައި 2026
ހަވާލުކުރިތާ 7 މަސް ފަހުން ފެށި އައްޑޫ ލިންކް ރޯޑް މަޝްރޫއު އާ ގުޅޭ ސުވާލަށް މިނިސްޓަރަށް ޖަވާބެއް ނުދެއްވުނު
13 ޖުލައި 2026

ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި

މުހިންމު މަސައްކަތްތަކެއް އެޖެންޑާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ، ވަކި ސަބަބެއް އެންގުމެއްނެތި ފަސްކުރުމަށްފަހު ބާއްވައިފި. މި ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމާއި، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލައިގެ ގަރާރަށް ބަހުސްކުރުން ހިމެނޭއިރު، 20 ވަނަ މަޖިލީހުގައި ސަބަބު ހާމަނުކޮށް ޖަލްސާތައް ފަސްކުރުން ވަނީ އިތުރުވެފަ.

13 ޖުލައި 2026
ހޯމަ ދުވަހުގެ ހެނދުނު 9 ގައި ފަށަން އޮތް ޖަލްސާ ފަސްކުރީ ސަބަބެއް ހާމަ ކުރުމެއް ނެތި
12 ޖުލައި 2026

ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟

ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން ހުޅުމާލޭ ކާމިލުދީދީ ސްކޫލުގައި ހިންގި މާރާމާރީގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެ، ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައި.

12 ޖުލައި 2026
ނަމޫނާ ނަގަންވީ ޕީއެންސީގެ ބޮޑު މާރާމާރީންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު