Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ގަވަރންމަންޓް އޮތޯރިޓީ

އެލްޖީއޭއިން ނިންމާ ބޮޑެތި ނިންމުންތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، ބައްދަލުވުންތައް ލައިވް ކުރުމަށް އެދިއްޖެ

23 ޖުލައި 2026 | ބުރާސްފަތި 08:50

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން އެމްޑީޕީން އެލްޖީއޭއާ ވަނީ ބައްދަލުކޮށްފައި. މި ބައްދަލުވުމާ ގުޅޭގޮތުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމަކީ އެ އޮތޯރިޓީގެ ފަންނީ ލަފައެއް ނޫންކަން ހާމަވެފައިވާ ކަމަށް. މީގެ އިތުރުން ފާފު އަތޮޅު ކައުންސިލްގެ މުދާ ނިލަންދޫ ކައުންސިލަށް ބަދަލުކުރުމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް ތުހުމަތުކޮށް، އެލްޖީއޭގެ ނިންމުންތައް ހާމަކަން ބޮޑު ގޮތެއްގައި ލައިވްކުރުމަށް އެދިފައިވާ ކަމަށް އަލީ ނިޔާޒު ވިދާޅުވި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ޖުލައި 2026 | ބުރާސްފަތި 08:50
ބުރާސްފަތި ދުވަހު އެލްޖީއޭގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު މީޑިއާތަކަށް އިންޓަވިއު ދެއްވަނީ

ބުރާސްފަތި ދުވަހު އެލްޖީއޭގެ މެންބަރުންނާ ބައްދަލުކުރެއްވުމަށްފަހު ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު މީޑިއާތަކަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާ ބޮޑެތި ނިންމުންތަކަކީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، އެލްޖީއޭގެ ބައްދަލުވުންތައް ލައިވް ކުރުމަށް އެމްޑީޕީން އެދިއްޖެ އެވެ. 

ބުރާސްފަތި ދުވަހު އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރުން ވަނީ އެލްޖީއޭގެ މެންބަރުންނާ ބައްދަލުކުރައްވާ ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާއި އަދި މިހާރު ކައުންސިލްތަކާމެދު އަމަލު ކުރަމުންދާ ގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކުރައްވައި މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން މީޑިއާތަކަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމަކީ އެލްޖީއޭގެ ފަންނީ ބޭފުޅުންގެ ލަފައެއް ނޫންކަން މި ބައްދަލުވުމުން އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ އޮތޯރިޓީގައި ތިއްބެވި ފަންނީ އަދި ތަޖުރިބާކާރު ބޭފުޅުން، ގާނޫނީ ގޮތުން އުފެދިފައިވާ ކައުންސިލްތަކެއް އުވާލުމަށް އެއްވެސް ލަފައެއް ދެއްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެލްޖީއޭގެ ސީއީއޯގެ އިނގޭތޯ؟ އެތާ ތިއްބެވި ޓެކްނިކަލް ބޭފުޅެއް ނޫން އެ ބޭފުޅާގެ އަމިއްލަ ވިސްނުމާއި، އަމިއްލަ ތަޖުރިބާއަށް ބަލާއިރުގައި އަތޮޅު ކައުންސިލު އޮތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އެ ބޭފުޅާ ދެކެވަޑައިގަތް އިނގޭތޯ. ދެން އަދި އެހެންނަމަވެސް، އެތަނުގައި ތިއްބެވި ފަންނީ ބޭފުޅުން، ތަޖުރިބާކާރު ބޭފުޅުން، އެކިއެކި ގޮތުގައި އެއްވެސް ނިޒާމުގެ ތެރޭގައި އުފެދިފައި އޮތް ކައުންސިލަށް އުވާލުމަކަށް އެ ބޭފުޅުންނެއް ލަފައެއް ދީފައެއް ނެތް. ދުނިޔޭގައި ލާމަރުކަޒީ ނިޒާމު ހިނގަމުންދާއިރުގައި އެކި ޓިއަރ އެކި ލެވެލްގައި އެބަހުރި ފަށަލަތައް. އެހެންވީމަ އެއްވެސް ފަށަލައެއް އުވާލުމަކީ މިއީ ނިޒާމަށް ރަނގަޅު ކަމެއް ކަމަކަށް އެ ބޭފުޅުންނަށް ގަބޫލެއް ނުކުރެވޭނެ. އެހެންނަމަވެސް، އެނގެން މި ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ގެނެސްފައި އޮތް ބަދަލެއް ކަމަށް މީ
އަލީ ނިޔާޒު

މީގެ އިތުރުން ނިޔާޒު ވަނީ ފ. އަތޮޅުގެ މުދަލުގެ މައްސަލަ އަށް ވެސް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

ނިިޔާޒު ވިދާޅުވީ މި ބައްދަލުވުމުގައި ފ. އަތޮޅު ކައުންސިލްގެ މުދަލާއި ބިންތައް ނިލަންދޫ ކައުންސިލްގެ މިލްކަކަށް ބަދަލުކުރި މައްސަލައިގައި ވަރަށް ބޮޑަށް މަޝްވަރާ ކުރެވުނު ކަމަށެވެ. މުޅި އަތޮޅުގެ ރައްޔިތުންގެ ފައިސާ ހިމެނޭ މުދަލެއް ވަކި ރަށެއްގެ ކައުންސިލަށް ބަދަލުކުރުމުގައި ސިޔާސީ ނުފޫޒު އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

 

ފުރަތަމަ މިކަހަލަ ކަމެއް މި ދިމާވީ ނިލަންދޫ ކައުންސިލަށް. ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކޮން ބޭފުޅުންނަކަށް ތިބެވަޑައިގަންނަވާނެ. އެހެންވީމާ، އިއްތިފާގަކުން ވެސް މިކަން ބަދަލުދިނުމުގެ ކަންތައްތައް ނުވަތަ މުޅި އަތޮޅު ކައުންސިލުގެ މުދަލާ ދޭތެރޭގައި އެލް.ޖީ. އޭއަށް ޢަމަލުކުރާ ގޮތް ފެނިގެން މި ދިޔައީ ނިލަންދޫ ކަންތައް ކުރި ގޮތަށް. އެހެންވީމާ، އަޅުގަނޑުމެން އަހަން ބޭނުންވި ލިޔެފައި އޮތް އުސޫލެއް އެބައޮތްތޯ؟ މި ބަދަލުދިނުމުގެ އެއްވެސް ކަހަލަ އިޖުރާއަތެއް އެ ބޭފުޅުންގެ ރައްޔިތުންނަށް ހާމަވާ ގޮތަށް އެ ބޭފުޅުން ކަންކަން ކުރައްވާށޭ މުސްތަޤުބަލުގައި. އެ ބޭފުޅުން ދެކޭގޮތުގައި ރަނގަޅު ނިންމުމެއް، އެކަމަކު އަޅުގަނޑުމެން ދެކޭގޮތުގައި ރަނގަޅު ނިންމުމެއް ނޫން
އަލީ ނިޔާޒު

ނިޔާޒު ވިދާޅުވީ، އެލްޖީއޭއިން ނިންމާ މިފަދަ ބޮޑެތި ނިންމުންތަކަކީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، އެލްޖީއޭގެ ބައްދަލުވުންތައް ލައިވްކުރުމަށް އެދިފައިވާ ކަމަށެވެ. އަދި މުދާ ބަދަލުކުރުމުގައި އަމަލުކުރާނެ ސާފު އުސޫލެއް އޮންނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯކަލް ގަވަރންމަންޓް އޮތޯރިޓީއެމްޑީޕީލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

22 ޖުލައި 2026

ފ. އަތޮޅު ގޯތި ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ

22 ޖުލައި 2026
ފ. އަތޮޅު ގޯތި ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ
22 ޖުލައި 2026

މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް

22 ޖުލައި 2026
މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް
22 ޖުލައި 2026

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި

22 ޖުލައި 2026
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި
22 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް

22 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް
21 ޖުލައި 2026

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!

21 ޖުލައި 2026
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!
20 ޖުލައި 2026

ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް

20 ޖުލައި 2026
ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް
17 ޖުލައި 2026

އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް

17 ޖުލައި 2026
އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް
17 ޖުލައި 2026

ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް

17 ޖުލައި 2026
ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް
17 ޖުލައި 2026

2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ

17 ޖުލައި 2026
2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ
16 ޖުލައި 2026

އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި

16 ޖުލައި 2026
އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް