Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ސަރުކާރު

ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް: މުންދު

24 ޖުލައި 2026 | ހުކުރު 08:48

ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާން ވިދާޅުވި. އަދި ވިދާޅުވީ މިއީ ރައްޔިތުންގެ ޖަޒުބާތާ ކުޅެ ސަރުކާރާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކުރާ ސިޔާސީ މަސައްކަތެއް ކަމަށާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަނީ ޚިދުމަތްތައް ރަނގަޅު ކުރުމަށް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 24 ޖުލައި 2026 | ހުކުރު 08:48
ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކަނޑާލަން ނިންމާފައިވާ މުވައްޒަފުންގެ އަދަދުތަކާމެދު އިދިކޮޅު އެމްޑީޕީން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ޚިޔާލީ ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މިހެން ވިދާޅުވީ، 21 ޖުލައި 2026 ގައި އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ނިންމާފައިވާއިރު، 33 އިންސައްތައިގެ ދަށުން ވަޒީފާ އިން ވަކިކޮށް އެއްލާލަނީ 14،733 މީހުން ކަމަށެވެ.

މިކަމަށް ރައްދު ދެއްވައި، ދައުލަތުގެ މީޑިއާއަށް މުންދު ވިދާޅުވީ، އެމްޑީޕީން ސައްހަ މައުލޫމާތަށް ބިނާކޮށް ވާހަކަދެއްކުމުގެ ބަދަލުގައި އަބަދުވެސް މަސައްކަތް ކުރަނީ އާއްމުން ޖަޒުބާތުގައި ޖެއްސުމަށް ކަމަށެވެ.

އެމްޑީޕީއިން ސަރުކާރާއި ދެކޮޅަށް ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެންމެ ފުރަތަމަ ދެއްކީ ގެދޮރުވެރިކަމާއި ގުޅުންހުރި ވާހަކަތަކެއް ކަމަށް މުންދު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ޑޮލަރުގެ ސިޔާސަތަށް ފާޑުކިޔުންތައް އަމާޒުކުރި ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މަގުސަދު ހާސިލްނުވުމުން އަނެއްކާ ވެސް ވަޒީފާގެ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލު ކުރުމަށް އެމްޑީޕީން ކުރާ މަސައްކަތެއް ކަމަށެވެ. 

މީގެ އިތުރުން މުންދު ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އޮޕަރޭޝަނަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ފަށާފައިވާ މަސައްކަތަކީ އާއްމުންނަށް އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ.

މުންދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، ޑޮލަރުގެ އަގު ތިރި ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މިސަރުކާރުގައި ޑޮލަރު ލިބުން ދަތިވެ، އަގު ވަނީ 21.30 ރުފިޔާ އަށް އުފުލިފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމާރާތް ނިންމާފައިވާ ގެދޮރުވެރިޔާގެ ފްލެޓުތައް ވެސް ދޫކުރީ ދެ އަހަރަށްވުރެ ގިނަ ދުވަހު ހިފެހެއްޓުމަށްފަހު އެވެ. މިފަދަ މައްސަލަތަކުގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައިވަނީ އާއްމު ރައްޔިތުންނެވެ. 

އެމްޑީޕީމުހައްމަދު ހުސައިން ޝަރީފު (މުންދު)މުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

23 ޖުލައި 2026

19 ވަނަ މަޖިލީހުން ގެނައި ލާމަރުކަޒީ ގާނޫނުގެ ރޫހު 20 ވަނަ މަޖިލީހުން ދަނީ ފުނޑާލަމުން: މެންބަރު ސަމީރު

23 ޖުލައި 2026
19 ވަނަ މަޖިލީހުން ގެނައި ލާމަރުކަޒީ ގާނޫނުގެ ރޫހު 20 ވަނަ މަޖިލީހުން ދަނީ ފުނޑާލަމުން: މެންބަރު ސަމީރު
23 ޖުލައި 2026

އެލްޖީއޭއިން ނިންމާ ބޮޑެތި ނިންމުންތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، ބައްދަލުވުންތައް ލައިވް ކުރުމަށް އެދިއްޖެ

23 ޖުލައި 2026
އެލްޖީއޭއިން ނިންމާ ބޮޑެތި ނިންމުންތަކަކީ ހާމަކަން ބޮޑު ގޮތެއްގައި ފެންނަންޖެހޭ ކަންކަން ކަމަށްވާތީ، ބައްދަލުވުންތައް ލައިވް ކުރުމަށް އެދިއްޖެ
22 ޖުލައި 2026

މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް

22 ޖުލައި 2026
މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް
22 ޖުލައި 2026

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި

22 ޖުލައި 2026
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި
21 ޖުލައި 2026

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!

21 ޖުލައި 2026
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!
21 ޖުލައި 2026

މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް

21 ޖުލައި 2026
މަތި ނުވާނެ ކަމަށް ބުނި ޑޮލަރުގެ އަގު 21.25 ރުފިޔާއަށްވުރެ މަތީގައި، ވިޔަފާރިވެރިންނާއި އާންމުންގެ ކަންބޮޑުވުން އިންތިހާއަށް
21 ޖުލައި 2026

މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ

21 ޖުލައި 2026
މައުލޫމާތު ހާމަކުރަން އައި ސަރުކާރުގެ އަސްލު ސިފަ
20 ޖުލައި 2026

ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ

20 ޖުލައި 2026
ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވާތާ 3 ހަފުތާ
19 ޖުލައި 2026

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

19 ޖުލައި 2026
އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު
19 ޖުލައި 2026

ގަހުގެ ބޭނުން ކެނޑުނުހެން އިންތިޚާބާ ދިމާކޮށް ނެގި މުވައްޒަފުން ކަނޑަނީ

19 ޖުލައި 2026
ގަހުގެ ބޭނުން ކެނޑުނުހެން އިންތިޚާބާ ދިމާކޮށް ނެގި މުވައްޒަފުން ކަނޑަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް