Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ސަރުކާރު

މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް: އާސިފް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމި ނިންމުމަކީ ވަކި ސިޔާސީ ފިކުރަކަށް އަމާޒުކޮށްގެން ދޭ ހަމަލާއެއް ކަމަށް ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވި. އޭނާ ވިދާޅުވީ ވަޒީފާތަކުގައި ދެން ބައިތިއްބާނީ ހަމައެކަނި ސަރުކާރު ހިންގާ ޕާޓީގެ އިސް ފަރާތްތަކުން ބޭނުންވާ މީހުން ކަމަށާއި، މިއީ ރާއްޖެ ޑިކްޓޭޓަރޝިޕަކާ ދިމާލަށް ދިއުން ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖުލައި 2026 | ބުދަ 13:36
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އާދަމް އާސިފް ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ގާނޫނީ ވަކީލު އާދަމް އާސިފް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް ކަމަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެނެޓަރ އަދި ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ ކުންފުނިތަކުގައި މަސައްކަތް ކުރާ 33 އިންސައްތަ މީހުންނަކީ 19 ހާހެއްހާ މީހުން ކަމަށާއި މީހުން ވަކިކުރާއިރު ކުރާނީ އެމްޑީޕީ މީހުންނަށް ބަލާފަ ކަމަށެވެ.

އާސިފް ވިދާޅުވީ ކުންފުނިތަކަށް މީހުން ނެގުމުގައި މިހާރު ގެންގުޅެނީ ސިޔާސީ މަގާމްތަކަށް ރައީސުލްޖުމްހުރިއްޔާ މީހުން އައްޔަން ކުރަން ގެންގުޅޭ އުސޫލު ކަމަށެވެ. އަދި ވަޒީފާތަކުގައި ބަހައްޓާނީ ޕީއެންސީގެ ދާއިރާތަކުގެ ރައީސުން ނުވަތަ ރައްޔިތުންގެ މަޖިލިސް މެންބަރުން ބުނާ މީހުން އެކަނި ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

ދާއިރާތަކުގެ އިންތިހާބު ބޭއްވި އިރުގައި ދާއިރާގެ ރައީސްއާއި އިންގޭތޯ މީ ސްޓިއަރިންގ ކޮމިޓީގެ ރައީސްއާއި މިހެން ގޮސް ސްޓިއަރިންގ ކޮމިޓީގެ މެންބަރުންނާއި ދާއިރާގެ ނައިބުން މިދިނީތާ މަގާމްތައް މީހުންނަށް މިސާލަކަށް 12 ވަރަކަށް ދާއިރާ މިއޮތީތާ ޕީއެންސީގެ މެންބަރުން ނެތް ރާއްޖޭގައި މިތަންތާގައި ވެސް މިހާރު ހުންނާނެ ޕީއެންސީގެ ދާއިރާގެ ރައީސުން އިނގޭތޯ މި ދާއިރާގެ ރައިސްއާ ނޫނީއާ ސްޓިއަރިން ކޮމިޓީގެ ރައީސްއާ މި މީހުން ބޭނުންވާ ބަޔަކު ވަޒީފާގައި ތިބޭ، ބައިތިއްބާނީ މިސާލަކަށް ބަލަމާ ހިނގާ ސަރުކާރަށް ގެރެންޓީ ވޯކާސް ކަމަށް އެމީހުން ގަބޫލުކުރާ އާއިލާތަކުގެ ނޫން އެހެން އެންމެން ކަނޑާނެ
އާދަމް އާސިފް

މީގެ އިތުރުން އާސިފް ވިދާޅުވީ ރައީސް މުއިއްޒު ޕްރޮމޯޓް ނުކުރާ އެންމެން ވަކި ކުރާނެ ކަމަށާއި ވަކިން ޚާއްސަކޮށް މިއީ އެމްޑީޕީ މީހުންނަށް އަންނަ ހަމަލާއެއް ކަމަށެވެ. އަދި ރައީސް މުއިއްޒު އެ ވަޑައިގަންނަވަނީ ޑިކްޓޭޓަރޝިޕްއަކާއި ދިމާލަށް ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

ޕީސީބީން ވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރުމަށް 3 މަހުގެ މުއްދަތެއް ދީފަ އެވެ.

އާދަމް އާސިފްއެމްޑީޕީޕީސީބީ

އިތުރަށް ކިޔާލަން

22 ޖުލައި 2026

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި

22 ޖުލައި 2026
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި
22 ޖުލައި 2026

އަބްދުއްރަހީމަށް ގައުމުގެ ވެރިކަން ހަވާލުކުރުމަކީ "ޑްރެކިއުލާ" އަށް ބްލަޑް ބޭންކު ހަވާލުކުރުން ކަހަލަ ކަމެއް: އާސިފް

22 ޖުލައި 2026
އަބްދުއްރަހީމަށް ގައުމުގެ ވެރިކަން ހަވާލުކުރުމަކީ "ޑްރެކިއުލާ" އަށް ބްލަޑް ބޭންކު ހަވާލުކުރުން ކަހަލަ ކަމެއް: އާސިފް
21 ޖުލައި 2026

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!

21 ޖުލައި 2026
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 2 ދުވަސް، ސަބަބު ސާފެއް ނޫން!
19 ޖުލައި 2026

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

19 ޖުލައި 2026
އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު
18 ޖުލައި 2026

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަހުގެ މުއްދަތެއް ދީފި

18 ޖުލައި 2026
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން 3 މަހުގެ މުއްދަތެއް ދީފި
17 ޖުލައި 2026

އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް

17 ޖުލައި 2026
އެމްޑީޕީން ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ނަމަވެސް އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އަންނަނީ ހަމައެކަނި ވައްކަން ކުރަން: މެންބަރު މައުރޫފް
17 ޖުލައި 2026

ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް

17 ޖުލައި 2026
ސަރުކާރު ޖަވާބުދާރީ ކުރެވޭ ގޮތަށް ދައުލަތް ބައްޓަންކުރަން ބޮޑު ބަދަލެއް ގެންނަން ޖެހޭ: ޝިފާޒް
17 ޖުލައި 2026

2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ

17 ޖުލައި 2026
2028ގެ އިންތިޚާބުގައި ރައީސް މުއިއްޒު %5 އަށް ވުރެ ދަށުން ބަލި ވާނެ: މާރިޔާ
16 ޖުލައި 2026

އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި

16 ޖުލައި 2026
އެލްޖީއޭގެ ބޯޑަށް އެމްޑީޕީން ވާދަކުރާ ކައުންސިލަރުން ހޮވައިފި
15 ޖުލައި 2026

ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ

15 ޖުލައި 2026
ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިފައިވާތީ އެމްޑީޕީގެ ޕީޖީ އާ ގަވަރުނަރު ބައްދަލު ކުރެއްވުމަށް އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު