Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

29 ޖުލައި 2026 | ބުދަ 09:43

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުންގެ އަދަދު ހަތަކަށް އިތުރުކޮށް، ސީއީއޯ ފިޔަވައި އެހެން މެންބަރުންނަށް އެއް ދައުރަށްވުރެ ގިނަ ދުވަހު މަގާމުގައި ތިބެވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި. މި ބަދަލާއެކު ބޯޑުގެ ނިންމުންތަކުގައި ސީއީއޯއަށް ވޯޓު ނުލެވޭގޮތަށް ހަމަޖެހިގެންދާއިރު، މީގެ މައިގަނޑު ބޭނުމަކީ އެ އިދާރާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް މަސައްކަތްތައް ފުޅާކުރުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 ޖުލައި 2026 | ބުދަ 09:43
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން | މަޖިލިސް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލު ހުށަހަޅައި، ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ އެ އޮތޯރިޓީގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، މަސައްކަތްތައް ފުޅާކުރުމެވެ. 

މިހާރު އަމަލު ކުރަމުން ދާ ގާނޫނުގައި ވާގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ ކަނޑައެޅިފައިވާ ވަކި ފަންނީ ދާއިރާތަކަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.

ސަރުކާރުން އެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ވަނީ، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރާއެކު ބޯޑު މެންބަރުންގެ އަދަދު 7 އަށް އިތުރު ކުރުމަށެވެ. މި ބަދަލާއެކު، ޗީފް އެގްޒެކެޓިވް ފިޔަވައި ދެން ތިއްބަވާ ހުރިހާ މެންބަރުންނަކީ ވެސް ފަންނީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ވެ އެވެ. 

ބިލުގައި ވަނީ މެންބަރުން އައްޔަނު ކުރުމުގެ މުއްދަތަށް ވެސް ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގާނޫނުގައި މިހާރު ބަޔާން ކޮށްފައި ވަނީ ބޯޑަށް މެންބަރުން އައްޔަންކުރެވެނީ 5 އަހަރުގެ 1 ދައުރަށް ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ޗީފް އެގްޒެކެޓިވް ފިޔަވައި ބޯޑުގެ އެހެން މެންބަރުން، 1 ދައުރަށް ވުރެ ގިނަ ދައުރަށް އައްޔަނު ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެ ފުރުސަތު ލިބޭނީ މަގާމުން ވަކިކުރާ މެންބަރުން ފިޔަވައި އެހެން މެންބަރުންނަށް ކަމަށް ވެސް ބިލުގައި ވެ އެވެ.

ބޯޑުގެ ހިންގުމުގެ އުސޫލަށް ހުށަހަޅާފައިވާ އިސްލާހަށް ބަލާއިރު ބޯޑުގެ ޖަލްސާތަކުގެ ކޯރަމް ހަމަވާނެ ގޮތާއި، ބޯޑުން ނިންމާ ނިންމުންތަކުގައި ޗީފް އެގްޒެކެޓިވް އަށް ވޯޓު ނުލެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ. 

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓިހަސަން ވަހީދުރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

29 ޖުލައި 2026

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

29 ޖުލައި 2026
މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!
29 ޖުލައި 2026

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

29 ޖުލައި 2026
ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
29 ޖުލައި 2026

ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު

29 ޖުލައި 2026
ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު
29 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް

29 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް
29 ޖުލައި 2026

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026
ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
28 ޖުލައި 2026

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

28 ޖުލައި 2026
ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު
28 ޖުލައި 2026

މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި

28 ޖުލައި 2026
މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި
28 ޖުލައި 2026

މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު

28 ޖުލައި 2026
މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު
21 ޖުލައި 2026

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ

21 ޖުލައި 2026
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ
20 ޖުލައި 2026

ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!

20 ޖުލައި 2026
ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް