Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހުޅުމާލޭގެ ރައްޔިތުން ތިބީ ކުނި ނެރެވޭނެ ގޮތެއް ނެތި ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން: ޝަމްހީދު

29 ޖުލައި 2026 | ބުދަ 07:55

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ދައުލަތުގެ ނިޒާމުތައް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، ކަރަންޓު ބިލުތައް އިންތިހާއަށް ބޮޑުވާ މައްސަލައާއި ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުނި މެނޭޖްނުކުރެވޭ މައްސަލައިގައި މެންބަރު ޝަމްހީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި. މި ހާދިސާއާ ގުޅިގެން ވެމްކޯގެ އޮޕަރޭޝަންތަކަށް ބުރޫއަރައި، މާލެ ސަރަހައްދުގެ މަގުތަކުގައި ކުނި ގިނަވެފައިވާތީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 ޖުލައި 2026 | ބުދަ 07:55
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު | ރާއްޖެއެމްވީ

މިއަދު މި ގައުމު ގޮސްފައިވާ ހާލަތީ ދަށް ހާލަތެއް ކަމަށާއި ކުނި މެނޭޖު ކުރުމަށް ވެސް ސަރުކާރު ފެއިލްވެފައިވާއިރު ހުޅުމާލެ ރައްޔިތުން މިއަދު ތިބީ ކުނި ބޭރުކުރެވޭނެ އެއްވެސް ގޮތެއް ނެތި، ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހަޅުއްވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވަނީ ބަހުސް ކޮށްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ ވަނީ ބޮޑުތަނުން ފެއިލްވެފައި ކަމަށެވެ. 

އެގޮތުން ސްޓެލްކޯ އަކީ މިއަދު ބޮޑު އަދަދުތަކުން ފައިދާ ނަގަމުންދާ ކުންފުންޏެއް ކަމަށާއި، ފާއިތުވި ދެ އަހަރު ރައްޔިތުން ކެނޑިނޭޅި ކުރަމުން ދިޔަ ޝަކުވާ އަކީ އެއްވެސް ހަމައެއް ނެތި ކަރަންޓް ބިލުތައް އިންތިހާ އަށް ބޮޑުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރަމުންދިޔަ ޝަކުވާ ކަމަށެވެ. 

ޝަމްހީދު ވަނީ ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދޭ ސްޓެލްކޯ އިން ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނަގައި، ސަރުކާރަށް އެންމެ ބޮޑު ފައިދާ ހޯދައިދޭ ކުންފުންޏަކަށް ވެފައިވާއިރު މިކަން މި ގޮތަށް ހިނގަނީ ކޮން ގައުމެއްގައި ތޯ ވިދާޅުވެ އެކަމާމެދު ސުވާލު އުފައްދަވާފަ އެވެ. އަދި އެތައް ފަހަރެއްގެ މަތިން ކަރަންޓު ބިލުތައް ސަބަބެއް ނޭނގި ބޮޑުވަމުންދާ މައްސަލައާއި މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތަށް ބޮޑު އަގެއް ހޭދަ ކުރަން ޖެހިފައިވާތީ އެކަމުގެ މައްސަލަ ހުށަހެޅުމުން ވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަން މެންބަރު ފާހަގަ ކުރެއްވި އެވެ. 

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ފެއިލްވެފައިވާއިރު، މުޅި ދައުލަތް ވެސް ފެއިލް ވެފައިވާ ކަމަށާއި އެކަމުގެ އެންމެ ބޮޑު އެއް ހެތްކަކީ ކުނި ގޮނޑެއްގައި އަލިފާންގަނޑެއް ރޯވުމުން ކުނި މެނޭޖު ކުރެވޭނެ ގޮތެއް ނޭންގޭ ހާލަތަށް ގައުމުގެ ކަންކަން ދިއުން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. 

މިއަދު އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ހުޅުމާލޭގައި އެތިބީ ގޭއްގޭގެ ކޮޓަރިތަކުގައި ކުނި ޖަމާކޮށްގެން. ކުނި ބޭރުކުރެވޭނެ އެއްވެސް ގޮތެއް ނެތް. މިއެއް ނޫންތޯ ނިޒާމެއް ފެއިލް ވުމަކީ. ކޮޓަރީގެ ހުރި ކުނިތައް ނެރޭނެ އެއްވެސް ގޮތެއް ނެތް. މިއީ ގައުމުގެ ހާލަތު. ދިވެހިރާއްޖޭގެ ވެރިކަމެއްގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު އާލަމީ އެއް ވަބާ، ކޮވިޑް ވެސް އައިސްފި. މެނޭޖް ކުރި. މިއުޅެނީ ކުނި ގޮނޑެއްގަ ރޯވީމާ، މިކަން މެނޭޖު ނުކުރެވިގެން. 
އަހްމަދު ޝަމްހީދު

ޖުލައި މަހުގެ 19 ވަނަ ދުވަހުގެ އިރާކޮޅު ތިލަފުށީ ކުނި މެނޭޖުކުރާ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ މަގުތަކާއި މައިޒާންތަކުގައި ކުނި ގިނަވަމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. 

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ 11 ކައުންސިލަރަކު ވަނީ ވެމްކޯ އާ ވެސް ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ މާލޭގެ މަގުތަކުން ނަގާ ކުނިތަކާއި، ޕާކުތަކާއި މައިޒާންތަކުގައި އުފެދޭ ކުނި އުކާލެވޭނެ ދާއިމީ ނިޒާމެއް މި ވަގުތު ނެތުމުން ހުރި ގޮންޖެހުންތައް ހިއްސާކުރައްވާފަ އެވެ. މިހާރު ކުނި އަޅަން ބޭނުންކުރާ ސަރަހައްދު ފުރިފައިވާ ކަމަށާއި، ތިލަފުއްޓަށް ކުނި ނުގެންދެވޭތާ މިހާރު 10 ވަރަކަށް ދުވަސް ވެފައިވާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވެ އެވެ. 

ވެމްކޯ އިން ބުނެފައި ވަނީ ތިލަފުށީ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޓްރާންސްފަރ ފެސިލިޓީތަކުގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފައިވާ ކަމަށެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ދެމުން އަންނަ ކުނިއުކުމުގެ ޚަދުމަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ވެމްކޯ އިން ބުނެ އެވެ. 

ޑރ. އަހްމަދު ޝަމްހީދުކުނި މެނޭޖްކުރުންޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓި

އިތުރަށް ކިޔާލަން

28 ޖުލައި 2026

އަޑިނޭނގޭ އެއްބަސްވުމެއްގެ ދަށުން ޖިނާއީ ކުށްތައް ކޮށްފައިވާ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބިދޭސީންނަށް ދާއިމީ ރެސިޑެންސީ ވިއްކަން ސަރުކާރުން އުޅޭ މައްސަލަ މަޖިލިހަށް ވައްދައިފި، އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައިވޭ

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

28 ޖުލައި 2026
ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
20 ޖުލައި 2026

ސަރުކާރުން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އިސްކަންދެނީ ވާދައަށް އިވެންޓުތައް ބޭއްވުމަށް: ޝަމްހީދު

20 ޖުލައި 2026
ސަރުކާރުން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އިސްކަންދެނީ ވާދައަށް އިވެންޓުތައް ބޭއްވުމަށް: ޝަމްހީދު
19 ޖުލައި 2026

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

19 ޖުލައި 2026
އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު
16 ޖުލައި 2026

ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު

16 ޖުލައި 2026
ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު
14 ޖުލައި 2026

ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް

14 ޖުލައި 2026
ކުނި މެނޭޖް ކުރުމަށް ބޭނުންވާ ފެސިލިޓީތައް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ވެސް ސަރުކާރުގައި ނެތް: މައުރޫފް
14 ޖުލައި 2026

ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު

14 ޖުލައި 2026
ސްޓެލްކޯ އިން ދަނީ ކޮންމެ މަހަކު ރައްޔިތުންނަށް ނޭނގި، ރައްޔިތުންގެ އަތުން އިތުރަށް 1200 ރުފިޔާ ނަގަމުން: ޝަމްހީދު
08 ޖުލައި 2026

ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު

08 ޖުލައި 2026
ވަޒީރުން ޖަވާބު ނުދެއްވުމުން އެކަމާއި އުފާފާޅުކޮށް މެންބަރުން އަތް ޖައްސަވާ، މިއީ މަޖިލީހެއްގެ ހަޔާތުގައި ލަދުގަންނަން ޖެހޭ ކަންކަން: މެންބަރު ޒިޔާދު
07 ޖުލައި 2026

ރާއްޖޭގައި ކުނި މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި: މިނިސްޓްރީ

07 ޖުލައި 2026
ރާއްޖޭގައި ކުނި މެނޭޖު ކުރަން ގިނަ ގޮންޖެހުންތަކެއް އެބަހުރި: މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް