Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލެއް: ކުއްޔަށް ދޭ ރަށެއް ނުވަތަ ފަޅެއްގެ މައްސަލައިގައި ގާނޫނާ ޚިލާފުވުމުން 1 މިލިއަނާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

29 ޖުލައި 2026 | ބުދަ 08:20

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި މި ބިލުގައި ފަޅުރަށްރަށާއި ފަޅުތައް އިގުތިސާދީ، އިޖުތިމާއީ އަދި ސިނާއީ ބޭނުންތަކަށް ކުއްޔަށް ދޫކުރާނެ އަގުތަކާއި އުސޫލުތައް ވަނީ ކަނޑައަޅާފައި. މި ބިލުގެ ދަށުން ރަށްތައް ކުއްޔަށް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާއިރު، ގަވާއިދާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 29 ޖުލައި 2026 | ބުދަ 08:20
ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށްތަކެއް

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅު ރަށްތަކެއް | ގއ.ކޮލަމާފުށި ޓްވިޓަރ

ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު އުވާލައި، ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށް ދިނުމާއި، ވަކި ބޭނުމަކަށް އެކަަށައެޅިފައި ނުވާ ފަޅުރަށްރަށް ވަރުވާ އަށް ލިޔެދިނުމާއި، އެފަދަ ފަޅުރަށްރަށާއި ފަަޅުތަކާ ގުޅޭ އުސޫލު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. 

ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ބިލުގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ހިލްމީ އެވެ. އެ ބިލުގައި 8 ބާބު ހިމެނޭއިރު 75 މާއްދާ ހިމަނާފައިވެ އެވެ. 

މި ބިލުގައި ބުނީ، ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ ބޭނުންތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގުތިސާދީ އެހެނިހެން ބޭނުންތަކާއި، އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށެވެ. 

އެގޮތުން ސިނާއީ ބޭނުންތަކާއި އިގުތިސާދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް 3 ރުފިޔާ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50 ރުފިޔާ އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2 ރުފިޔާ އެވެ.

ފަޅު ކުއްޔަށް ދޫކުރެވޭނެ ގޮތް ބަޔާންކޮށް ބިލުގައި ބުނީ ފަޅެއް ކުއްޔަށް ދެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކުގެ އިތުރުން ލާޖް-ސްކޭލް އިގުތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗަރ ނުވަތަ އެކުއަކަލްޗަރއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށެވެ. 

އެފަދަ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް 3 ރުފިޔާ އެވެ. މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރި އެވެ. 

ބިލުގައި ބުނީ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައެޅުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށެވެ. އެގޮތުން 21 އަހަރަށް ކުއްޔަށް ދިނުމުގެ ބާރު ދީފައިވާއިރު އެ މުއްދަތު 50 އަހަރަށް އިތުރުކުރުމުގެ އިހުތިޔާރު މިނިސްޓްރީތަކާއި ކައުންސިލްތަކަށް ލިބިގެންވާ ކަމަށް ބިލުގައިވެ އެވެ. 

ކުއްޔަށް ދިނުމުގެ އިތުރުން ރަށްރަށް ވަރުވާއަށް ލިޔެދެވޭނެ ހާލަތްތަކާއި އުސޫލުތައް ވެސް އެ ބިލުގައިވެ އެވެ. 

ބިލުގައި ބުނީ އެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވާ ފަރާތްތަކާ މެދު ކުރި ކަމެއްގެ މިންވަރަށް ބަލައި، ފިޔަވަޅު އެޅުމުގެ ބާރު ކަމާ ބެހޭ މިނިސްޓްރީ އަށް ނުވަތަ ކައުންސިލަށް ލިބިގެންވާ ކަމަށެވެ. 

އެގޮތުން ވަރުވާއަށް ލިޔެފައިވާ ފަޅުރަށަކާ ގުޅޭ ގޮތުން ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކުއްޔަށް ދީފައިވާ ފަޅެއް ނުވަތަ ފަޅުރަށަކާ ގުޅޭ ގޮތުން ނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި، 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެ ނޫން ފަޅުރަށްރަށާ ގުޅޭ ގޮތުން ނަމަ، 5 ލައްކާއާ ހަމައަށް އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ފަޅުރަށްތައްރައްޔިތުންގެ މަޖިލިސްދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު

އިތުރަށް ކިޔާލަން

29 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް

29 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ބަކަރި ކޮށްޓެކޭ، ޖަނަވާރު ކޮށްޓެކޭ ރައްޔިތުން އެބަ ބުނޭ: މަޖިލީހުގެ ނައިބު ރައީސް ސަލީމް
29 ޖުލައި 2026

ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

29 ޖުލައި 2026
ތިލަފުށިން އެނދި ކުނިތައް ކުނބުރުދޫ އަށް ގެންދާތީ ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
28 ޖުލައި 2026

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

28 ޖުލައި 2026
ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު
28 ޖުލައި 2026

މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި

28 ޖުލައި 2026
މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި
28 ޖުލައި 2026

މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު

28 ޖުލައި 2026
މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު
21 ޖުލައި 2026

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ

21 ޖުލައި 2026
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ
20 ޖުލައި 2026

ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!

20 ޖުލައި 2026
ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
15 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

15 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
15 ޖުލައި 2026

މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް

15 ޖުލައި 2026
މި ސަރުކާރުން މަސައްކަތްތެރިން ގެންގުޅެނީ ހިފާ ގެންގުޅޭތަކެތި ގެންގުޅޭ އުސޫލުން: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް