Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުއިއްޒު ސަރުކާރު

ގާނޫނުއަސާސީ ގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެންމެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ: ޝަމްހީދު

28 ޖުލައި 2026 | އަންގާރަ 08:14

ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާ ނަހަމަގޮތުގައި ބޭނުންކޮށް، ދައުލަތުގެ ބަޖެޓުން ބިލިއަނުން ހޭދަކުރަމުންދާތީ މެންބަރު ޑރ. ޝަމްހީދު ފާޑުވިދާޅުވެއްޖެ. ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި އާދައިގެ މުވައްޒަފުން ވަކިކުރި ނަމަވެސް، ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށް އިތުރުކުރަމުންދާކަން އޭނާ ފާހަގަކުރެއްވި.

ޖިނާން ޙުސައިން
ޖިނާން ޙުސައިން | 28 ޖުލައި 2026 | އަންގާރަ 08:14
ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު

ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު | ރައްޔިތުންގެ މަޖިލިސް

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ހިނގާ ގޮތަށް އެންމެ ގިނަ ބޭކާރު ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާ ތަމްސީލުކުރައްވާ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އިނގިރޭސިވިލާތް ފަދަ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގައި ސިޔާސީ ގޮތުން އައްޔަންކުރާ މުވައްޒަފުންގެ އަދަދު އުޅެނީ 20 އާއި 50 އާ ދެމެދުގައި ކަމަށެވެ. ނަމަވެސް، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި އަދަދު 2،000 އަށްވުރެ މައްޗަށް އަރައިގެން ގޮސްފައިވާތީ އެކަމަށް ޝަމްހީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ރައީސް އައްޔަންކުރައްވާ މުވައްޒަފުންނަށް ދައުރެއްގެ ތެރޭގައި ހަގީގަތުގައި ހަރަދުކުރަންޖެހޭނީ 150 މިލިއަން ރުފިޔާ އެވެ. ނަމަވެސް، މިފަދަ ސިޔާސީ މުވައްޒަފުންނަށް ދައުރެއްގެ ތެރޭގައި ގާތްގަނޑަކަށް 3.3 ބިލިއަން ރުފިޔާ މިހާރު ހަރަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝަމްހީދު ވިދާޅުވީ ސިޔާސީ ވަޒީފާތައް އުފެއްދުމުގެ ނަމުގައި ސަރުކާރުތަކުން އުފައްދަނީ ކޮރަޕްޝަން ކަމަށައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ރައީސަށް ސީދާ ވަޒީފާތައް އުފެއްދޭނެ ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ. ރައްޔިތުންގެ ފައިސާ ސަލާމަތްކުރަން ބޭނުންވާ ކަމަށް ވެސް ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.

ސިޔާސީ ވަޒީފާތަކޭ ކިޔައިފަ މި އުފައްދަނީ ކޮރަޕްޝަން، ގާނޫނުއަސާސީގެ 115 ވަނަ މާއްދާއަކު ނެތް ރައީސުލްޖުމްހޫރިއްޔާއަށް ވަޒީފާތަކެއް އުފެއްދޭނެ ވާހަކައެއް، އައްޔަންކުރާ ވާހަކަ އިންނާނީ 115 ވަނަ މާއްދާގައި، އެހެންވީމާ މިއީ ކޮންމެ ބަޔަކު ކުރިޔަސް ގޯސް ވާނީ ގޯހަށް، ރައްޔިތުންގެ ފައިސާ ސަލާމަތްކުރަން އަޅުގަނޑުމެން ބޭނުންވޭ، މި 115 ވަނަ މާއްދާ ނަހަމަގޮތުގައި ބޭނުން ހިފައިގެން ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަން ހިންގަވަނީ"
ޑރ. ޝަމްހީދު

ރައީސް އައްޔަންކުރައްވާ މުވައްޒަފުންނަށް ދައުރެއްގެ ތެރޭގައި ގާތްގަނޑަކަށް 3.3 ބިލިއަން ރުފިޔާ ހަރަދުވާކަން ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވީ، ރައްޔިތުންގެ ފައިސާ ސަލާމަތްކުރުމަށް ދައްކަންޖެހޭނީ މިފަދަ ވާހަކަތައް ކަމަށެވެ.

ޝަމްހީދު އިތުރަށް ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ނަމުގައި ތިބޭ މުވައްޒަފުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ތިބޭ ބައެއް ކަމަށާއި އެ މީހުންނަށް ދައުލަތުން 100 މިލިއަނާއި 150 މިލިއަނާއި ދެމެދުގެ ހޭދަކުރާ ކަމަށެވެ. ޝަމްހީދު ވިދާޅުވީ ސިޔާސީ ޕާޓީ ހިންގުމަށާއި ޕާޓީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް 115 ވަނަ މާއްދާ ބޭނުން ނަހަމަގޮތުގައި ހިފާ ކަމަށާއި،  މި ސަރުކާރުގެ 5 އަހަރުގެ ތެރޭގައި އެފަދަ މުވައްޒަފުންނަށް 3.3 ބިލިއަނާއި 3.5 ބިލިއަން ރުފިޔާއާއި ދެމެދުގެ އަދަދެއް ހޭދަކުރާ ކަމަށެވެ.

ޑރ. ޝަމްހީދު މި މޭރުމުން ވިދާޅުވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި މި ސަރުކާރުން އަންނަނީ ސަރުކާރުގެ ކުންފުނިތައް (އެސްއޯއީ) ތަކުގައި މަސައްކަތްކުރާ އެންމެ އާދައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންނެވެ. ނަމަވެސް ސިޔާސީ އެކި މަގާމުތަކަށް އައްޔަންކުރާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާއިރު، އެފަދަ މަގާމުތަުގައި ތިބި މުވައްޒަފުންގެ އަދަދު ވެސް 2،000 އަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވެ އެވެ. ސަރުކާރުން މި އަދަދު ސިއްރުކުރަމުން އަންނާތީ ސީދާ އަދަދެއް ސާފެއް ނޫނެވެ. މި ސަރުކާރުގެ މިފަދަ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ސަރުކާރާމެދު ރައްޔިތުން ކުރަމުން އަންނަ އިތުބާރު ވަނީ އިންތިހާއަށް ކުޑަވެފަ އެވެ.

ޑރ. އަހްމަދު ޝަމްހީދުރައްޔިތުންގެ މަޖިލިސްސިޔާސީ މުވައްޒަފުން

އިތުރަށް ކިޔާލަން

28 ޖުލައި 2026

މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި

28 ޖުލައި 2026
މި ސަރުކާާރުން މުވައްޒަފުން ވަކިކުރަނީ ހައްގުން ކަމަށް ދޭހަވާ މޭރުމަކުން ފަލާޙު ވާހަކަދައްކަވައިފި
28 ޖުލައި 2026

މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު

28 ޖުލައި 2026
މޮޅެތި ނަން ކިޔާފައި މުވައްޒަފުން ވަކިކުރަނީ ވެރިންގެ އަމިއްލަ އެދުންތައް ފުއްދުމަށް: މެންބަރު ޒިޔާދު
25 ޖުލައި 2026

މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު

25 ޖުލައި 2026
މަސައްކަތްކުރާނެ މީހުން ނެތް ކަމަށް ބުނެ ރިޓަޔަރމަންޓް އުމުރު އިތުރު ކުރުމަށްފަހު، މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާދިއުން ހަމައެއް ނުޖެހޭ: މެންބަރު ޝަމްހީދު
21 ޖުލައި 2026

ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ

21 ޖުލައި 2026
ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ނުކުރާތީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ މަޖިލީހަށް ހާޒިރުކުރަނީ
20 ޖުލައި 2026

ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!

20 ޖުލައި 2026
ވާނުވާ އެންގުމެއް ނެތި އަނެއްކާ ވެސް މަޖިލިސް ޖަލްސާ ކެންސަލް: މެންބަރުންނަށް ވެސް ރަސްމީ އެންގުމެއް ނާންގާ!
20 ޖުލައި 2026

ސަރުކާރުން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އިސްކަންދެނީ ވާދައަށް އިވެންޓުތައް ބޭއްވުމަށް: ޝަމްހީދު

20 ޖުލައި 2026
ސަރުކާރުން މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި އިސްކަންދެނީ ވާދައަށް އިވެންޓުތައް ބޭއްވުމަށް: ޝަމްހީދު
19 ޖުލައި 2026

އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު

19 ޖުލައި 2026
އާދައިގެ މުވައްޒަފުން ވަކި ކުރަން ޖެހޭނީ، ސަރުކާރުގެ އިސްރާފު ހުއްޓާލައި ސިޔާސީ މުވައްޒަފުން ވަކި ކުރުމަށް ފަހު: މެންބަރު ޝަމްހީދު
16 ޖުލައި 2026

ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު

16 ޖުލައި 2026
ސަރުކާރު އެސްއޯއީތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ބަލަމުންދިޔަ ލިޔެކިޔުންތައްވެސް ވަކި ހިސާބަކުން ގެއްލިއްޖެ: ޝަމްހީދު
15 ޖުލައި 2026

އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!

15 ޖުލައި 2026
އައްޑޫގައި ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަނީ!
15 ޖުލައި 2026

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

15 ޖުލައި 2026
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަމީޒާ އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް