Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާ ރައްޔިތުންނަށް ހަމަލާދޭން އީރާނުން ރާވަނީ، ވޮޝިންގޓަނުން ސައުދީގައި ތިބި ޑިޕްލޮމެޓުން ގެންދަން ފަށައިފި

25 އޮކްޓޯބަރު 2026 | އާދީއްތަ 06:11

އީރާނާ ގުޅުންހުރި ހޫޘީންގެ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން، ސައުދީ އަރަބިއްޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން މަދުކޮށް، މެދުއިރުމަތީގެ 12 ގައުމަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް ވޮޝިންގޓަނުން ވަނީ އަންގާފައި. އީރާނުން އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް ނުރައްކާތެރި ރޭވުންތަކެއް ރާވަމުންދާކަމުގެ އިންޒާރު ޖާސޫސީ އިދާރާތަކުން ދީފައިވާއިރު، މިއީ އެމެރިކާގެ އިންތިޚާބާ ދިމާކޮށް މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއް

ނިއުސް ޓީމް
ނިއުސް ޓީމް | 25 އޮކްޓޯބަރު 2026 | އާދީއްތަ 06:11
އީރާނުގެ އަސްކަރިއްޔާގެ ބާސިޖު ލަޝްކަރުގެ ސިފައިން އަސްކަރީ ހިިނގާލުމެއްގައި ބައިވެރިވަނީ

އީރާނުގެ އަސްކަރިއްޔާގެ ބާސިޖު ލަޝްކަރުގެ ސިފައިން އަސްކަރީ ހިިނގާލުމެއްގައި ބައިވެރިވަނީ | ރޮއިޓަރސް

އެމެރިކާ ސަރުކާރުގެ މުވައްޒަފުންނާއި ރައްޔިތުންނަށް އަމާޒުކޮށް ގެއްލުންދިނުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް އިންތިހާއަށް އިތުރުކޮށްފައިވާ ކަމަށާއި، އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ތެހެރާނުން ރާވަމުންދާ ފުރާނައަށް ނުރައްކާވާ ފަދަ ލޭއޮހޮރުވުން ބޮޑު ރޭވުންތައް މިހާރު ހުރީ "ވަރަށް ކުރިއަރާފައިވާ ފަހު މަރުހަލާތަކެއްގައި" ކަމަށް، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ޖާސޫސީ އިސް އޮފިޝަލަކު އިންޒާރު ދެއްވައިފި އެވެ. ޚާއްސަ މެމޯއެއްގައި މި އިންޒާރު ދެއްވާފައި ވަނީ އެމެރިކާގެ ޖާސޫސީ އިދާރާގެ އިސްވެރިޔާ ޖޭ ކްލޭޓަން އެވެ.

ކްލޭޓަންގެ މި އިންޒާރު އައިސްފައި މި ވަނީ، އީރާނާ ބައިޢަތު ހިފާފައިވާ ހޫޘީ ފައުޖުތަކުން ދެމުންގެންދާ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު ވޮޝިންގޓަނުން މި ހަފުތާގެ ކުރީކޮޅު މަދުކޮށްފައި ވަނިކޮށެވެ. އީރާނުގެ ހަނގުރާމައާ ގުޅިގެން ސަރަހައްދުގައި ހިނގަމުންދާ އަދި ގާތްގަނޑަކަށް އަށް މަސް ދުވަސް ވެފައިވާ މި ކޯޅުމުގެ އެއް ފަރާތުން މި ފަދަ ހަމަލާތައް ކުރިމަތިވަމުން ދާއިރު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފަ އެވެ.

Advertisement - worldAdvertisement

މި މަހުގެ ކުރީކޮޅު މަސްދަރުތަކުން ބުނީ، އެމެރިކާއިން އަލުން އީރާނުގެ ބިމަށް ފުޅާ ދާއިރާއެއްގައި އަސްކަރީ ހަމަލާތައް ދޭން ފަށައިފިނަމަ، މާ ވަރުގަދަ އަދި ހަރުކަށި ރައްދެއް ދިނުމަށް ތެހެރާނުން ދަނީ ފުރިހަމައަށް ތައްޔާރުވަމުން ކަމަށެވެ.

ޚާރިޖީ ވަޒީރަށް ފޮނުއްވި މެމޯ އަދި ސީއައިއޭގެ ބައިވެރިވުން

"ޚާއްސަކޮށް އެކި ޒަރިއްޔާތަކުން އަޅުގަނޑުމެންނަށް ލިބިފައިވާ ޖާސޫސީ މައުލޫމާތުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ މުވައްޒަފުންނަށް އަމާޒުކޮށް ހަމަލާދިނުމަށް އީރާނުން ކުރަމުންދާ މަސައްކަތްތައް ވަރަށް ބޮޑަށް ވަނީ އިތުރުކޮށްފައި،" އޮކްޓޫބަރު 23 ގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯއަށް ފޮނުވި މެމޯގައި ކްލޭޓަން ވިދާޅުވި އެވެ.

"އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް އީރާނުން ކުރިއަށްގެންދާ ފުރާނައަށް ނުރައްކާވާ ފަދަ ރޭވުންތައް، މެދުއިރުމައްޗާއި އެހެނިހެން ބައެއް ޤައުމުތަކުގައި ވެސް ވަނީ ވަރަށް ކުރިއަރާފައިވާ ފަހު މަރުހަލާތަކަކަށް ވާސިލުވެފައި،" އޭނާ ވިދާޅުވެފައިވެ އެވެ. އެމެރިކާގެ އެކްސިޔޮސް ނޫހުން އެންމެ ފުރަތަމަ ރިޕޯޓުކުރި މި ސިއްރު ނޫން މެމޯގެ ކޮޕީއެއް، ސީއައިއޭގެ ޑިރެކްޓަރު ޖޯން ރެޓްކްލިފަށް ވެސް ވަނީ ފޮނުވާފަ އެވެ.

ޑިޕްލޮމެޓިކް ފިޔަވަޅުތަކާއި 'އާރްއޯ' ހާލަތު

ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންތަކުގައި މަސައްކަތްކުރާ ކޮންމެހެން ތިބެން ނުޖެހޭ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުން އެ ޤައުމު ދޫކޮށް ދިޔުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު އަންގާފައިވާ ކަމަށާއި، މި ސަރަހައްދުގެ އެހެން ބައެއް މިޝަންތަކުގައި ތިބި އާއިލާތައް ވެސް އަނބުރާ ގެންދިއުމަށް ރާވާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ، އީރާނާ ގުޅިފައިވާ ހޫޘީންގެ ފަރާތުން އޮތް ނުރައްކާ ބޮޑުވަމުންދާ ކަމަށް ބަޔާންކޮށް، ގަލްފާއި މެދުއިރުމަތީގެ 12 ވަރަކަށް ޤައުމުތަކަށް ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން ނެރެފައިވާ އިންޒާރުތައް އާކޮށްފަ އެވެ. މި ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ، ޤަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިރާޤު އަދި އިސްރާއީލް ހިމެނެ އެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ "އެމްބަސީތަކުގެ މުވައްޒަފުން ބޭތިއްބުމާ ގުޅޭގޮތުން ވިސްނާއިރު، ސަލާމަތީ މާހައުލާ ގުޅޭގޮތުން އަލަށް ލިބޭ މައުލޫމާތުތައް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ދަނީ ވަޒަންކުރަމުން" ކަމަށެވެ.

"ހޫޘީން ދޭ ހަމަލާތަކުގެ ނުރައްކަލާއި، އެމެރިކާގެ އޮފިޝަލުންނަށް އަމާޒުކޮށް އީރާނުން ރާވާ ޓެރަރިސްޓް ރޭވުންތަކުގެ ސަބަބުން، މި ސަރަހައްދުގައި 'ރެސްޓްރިކްޓެޑް އޮޕަރޭޝަންސް' (އާރްއޯ) ހާލަތުގައި ހިންގާ އެމްބަސީތަކުގެ މުވައްޒަފުންގެ އަދަދަށް ބަދަލު ގެނައުމުގެ ނިންމުންތަކަށް ބާރުއަޅާ،" ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

'ރެސްޓްރިކްޓެޑް އޮޕަރޭޝަންސް ސްޓޭޓަސް' އަކީ އެމްބަސީއެއް ނުވަތަ މިޝަނެއްގެ ހާލަތަށް އަންނަ ބަދަލު އާންމުކޮށް އިއުލާނުކުރަން ނުޖެހި، މުވައްޒަފުންނާ މެދު އަވަސް ގޮތްތައް ނިންމުމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ފުޅާ އިޚުތިޔާރުތަކެއް ފަހިކޮށްދޭ ޚާއްސަ ދަރަޖައެކެވެ.

އިންތިޚާބުގެ ޕްރެޝަރާއި ހަނގުރާމައިގެ ނުފޫޒު

އީރާނުގެ ހަނގުރާމަ އޭގެ ނުވަވަނަ މަހަށް އެޅުމަށް މިހާރު ބާކީ އޮތީ އެންމެ ހަފުތާއެކެވެ. މި ހަނގުރާމައިގެ ސަބަބުން، ނޮވެންބަރު 3 ގައި ބާއްވާ އެމެރިިކާގެ މިޑްޓަރމް އިންތިޚާބާ ދިމާކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ރައްޔިތުންގެ ތާއީދުގެ މިންވަރަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

މި ދަނޑިވަޅުގައި، އީރާނުގެ މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، ސެޕްޓެންބަރު 18 ގައި ވެރިރަށް ތެހެރާނުގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައި އީރާނުގެ ހަނގުރާމަވެރި ލަޝްކަރެއް ކަމަށްވާ ބަސީޖުގެ ފައުޖުތަކުން ބައިވެރިވެފައިވާ މަންޒަރުތައް ވެސް ވަނީ މީޑިއާތަކަށް ތިލަވެފަ އެވެ.

މަސްދަރު: ރޮއިޓަރސް

ޑޮނަލްޑް ޓްރަމްޕްހޫޡީހުރްމުޒް ކަނޑުއޮޅިއީރާންއެމެރިކާ

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

3

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

4

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

5

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2026

އާ އުދުވާނެއް ފަށައިފިނަމަ ގަލްފުގެ ސަބްމެރިން ކޭބަލްތައް ބުރިކޮށްލަން ތެހެރާނުން ތައްޔާރުވަނީ

24 އޮކްޓޯބަރު 2026
އާ އުދުވާނެއް ފަށައިފިނަމަ ގަލްފުގެ ސަބްމެރިން ކޭބަލްތައް ބުރިކޮށްލަން ތެހެރާނުން ތައްޔާރުވަނީ
24 އޮކްޓޯބަރު 2026

ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް

24 އޮކްޓޯބަރު 2026
ހަނގުރާމަވެރި ފެކްޝަންތަކުގެ ހަތިޔާރު އަތުލައި، އިރާޤުން އެމެރިކާއާއެކު އިގުތިސާދީ ގުޅުން ބަދަހިކުރުމުގެ އާ މިސްރާބަކަށް
24 އޮކްޓޯބަރު 2026

އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!

24 އޮކްޓޯބަރު 2026
އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާ ބުރިޖު ހުރަސްކޮށް ޗައިނާއަށް!
24 އޮކްޓޯބަރު 2026

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް

24 އޮކްޓޯބަރު 2026
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް
24 އޮކްޓޯބަރު 2026

"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ

24 އޮކްޓޯބަރު 2026
"އަނެއްކާވެސް ކުޑަ 'އެޕިކް ފިޔުރީ' އެއް ފެށިދާނެ": އީރާނަށް އާ އިންޒާރާއެކު، ކަނޑުއަޑީގެ ކޭބަލްތަކަށް ހަމަލާދޭން ތެހެރާނުން ތައްޔާރުވެއްޖެ
24 އޮކްޓޯބަރު 2026

މެލާނިޔާ ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާ އަދި ޔޫކްރެއިނުން އިޖާބަދީ، އޮލެޝްކީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފި

24 އޮކްޓޯބަރު 2026
މެލާނިޔާ ޓްރަމްޕްގެ އިސްނެންގެވުމަށް ރަޝިޔާ އަދި ޔޫކްރެއިނުން އިޖާބަދީ، އޮލެޝްކީގެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަގު ފަހިކޮށްދީފި
24 އޮކްޓޯބަރު 2026

ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން

24 އޮކްޓޯބަރު 2026
ވޮޝިންގޓަނާއި މޮސްކޯގެ ތެލުގެ ޑީލް: ފުރަތަމަ ޝިޕްމަންޓް ފުރިއިރު ޒެލެންސްކީގެ ފާޑުކިޔުން
23 އޮކްޓޯބަރު 2026

އީރާނާއެކު ހަނގުރާމަ އަލުން ފެށިއްޖެނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރިޒާވް މަދު އޭޝިޔާގެ ޤައުމުތަކަށް

23 އޮކްޓޯބަރު 2026
އީރާނާއެކު ހަނގުރާމަ އަލުން ފެށިއްޖެނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރިޒާވް މަދު އޭޝިޔާގެ ޤައުމުތަކަށް
23 އޮކްޓޯބަރު 2026

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

23 އޮކްޓޯބަރު 2026
ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!
23 އޮކްޓޯބަރު 2026

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

23 އޮކްޓޯބަރު 2026
އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް