Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޓީއައި ޤާނޫނު

އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026 | އާދީއްތަ 07:17

ސަރުކާރުގެ ވުޒާރާތަކުން ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށްފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެފައިވާތީ، މި ސަރުކާރަކީ ޖަވާބުދާރީވާ ނަމޫނާ ސަރުކާރެއްކަން ސާބިތުވާ ކަމަށް ރައީސް ވިދާޅުވެއްޖެ. ނަމަވެސް މައުލޫމާތު ހާމަނުކޮށްގެން ރައީސް އޮފީސް ޖޫރިމަނާކޮށްފައިވާއިރު، އިންފޮމޭޝަން ކޮމިޝަނަރަކީ ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ރައީސް ތުހުމަތު ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖުލައި 2026 | އާދީއްތަ 07:17

ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ އިންފޮމޭޝަން ކޮމިޝަނަރަކީ ސިޔާސީ އިދިކޮޅު ފަރާތެއްގެ ގޮތުގައި ސިފަކުރައްވާފައި | ރާއްޖެ އެމްވީ

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އިދިކޮޅު ފަރާތްތަކުގެ އޯޑަރު އަންނަ "އިދިކޮޅު ފަރާތެއް" ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކުން މިހާރު ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށް ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް އިންފޮމޭޝަން ކޮމިޝަން ހިންގަވަން ހުންނެވި އާހިދު ރަޝީދަކީ މިދިޔަ ސަރުކާރުން އައްޔަނު ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށާއި، އެއީ ސިޔާސީ ގޮތުން މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅަށް ކަންތައްތައް ކުރުމަށް އޯޑަރު އަންނަ ބޭފުޅަކު، ސަރުކާރަށް ފަހިވާ ގޮތަށް އެފަދަ އިއުލާނެއް ނުކުރައްވާނެ ކަމަށެވެ. ރައީސް އެހެން ވިދާޅުވިނަމަވެސް، އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނުގައި ބުނާ ވަކި މުއްދަތަކަށް ސަރުކާރުތަކުން އަައްޔަނުކުރާ މިނިވަން ފަރާތެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. 

އިންފޮމޭޝަން ކޮމިޝަނަރު އެބަވޭ ވިދާޅުވެފައި ސަރުކާރުގެ ހުރިހާ ވުޒާރާއަކުން މިހާރު ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށް ނިންމައިފިއޭ، އިންފޮމޭޝަން ކޮމިޝަން ހިންގަން ހުރީ އިދިކޮޅު ފަރާތެއް، މިދިޔަ ސަރުކާރުން އައްޔަނު ކޮށްފައި ހުންނެވި ބޭފުޅެއް، ގައިމު ނުކުރައްވާނެ ދެއްތޯ ސިޔާސީ ގޮތުން އަޅުގަނޑުމެންނަށް ދެކޮޅު ކަންތައްތައް ކުރައްވަން އޯޑަރު އަންނަ ބޭފުޅަކު އެކަހަލަ އިއުލާނެއް
ރައީސް މުއިއްޒު

އެހެންކަމުން އެ އިއުލާނާއެކު ދޭހަވަނީ މައުލޫމާތު ހާމަކުރުމާއި، ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާއި، އާރްޓީއައިތަކަށް ޖަވާބު ދިނުމުގައި މި ސަރުކާރުން ދަނީ ނަމޫނާ ދައްކަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މި ސަރުކާރަކީ ޖަވާބުދާރީ ކުރުވަނިވި ސަރުކާރެއްކަން އަމަލީ ގޮތުން ސާބިތުކޮށްދެމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މިފަދައިން ވިދާޅުވި ނަމަވެސް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބު ނުދޭ މައްސަލަ ވަނީ ވަރަށް ބޮޑަށް ފެންމަތިވެފަ އެވެ. އެގޮތުން ގާނޫނާ އެއްގޮތަށް މައުލޫމާތު ދޫނުކުރުމުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ރައީސް އޮފީސް 2000 ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

މީގެ އިތުރުން، އާރްޓީއައި ގާނޫނާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެތައް ފަހަރަކު ރައީސް އޮފީހަށް އިންޒާރުވެސް ދީފަ އެވެ. ސަރުކާރުގެ ވުޒާރާތަކުން މައުލޫމާތު ހާމަކުރަން ފަށާފައިވަނީވެސް ގާނޫނުގައި ބަޔާންކުރާ މުއްދަތުތައް ފަހަނައަޅައި ދިޔަ ފަހުން، މީޑިއާތަކުން އެކަންކަން ތަކުރާރުކޮށް ރިޕޯޓުކޮށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންކަން ފާހަގަކުރެވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއާހިދު ރަޝީދުއިންފޮމޭޝަން ކޮމިޝަންމައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު

އިތުރަށް ކިޔާލަން

26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

26 ޖުލައި 2026
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އަރުވައިފި
26 ޖުލައި 2026

ލޯނު ދައްކަން ހުންނަ ފައިސާ ރައީސް މުއިއްޒު ހަރަދު ކުރައްވަނީ ލެގަސީ ޕްރޮޖެކްޓުތަކަށް، ނަމަވެސް ނަތީޖާއެއް ނުފެނޭ: ޝާހިދު

26 ޖުލައި 2026
ލޯނު ދައްކަން ހުންނަ ފައިސާ ރައީސް މުއިއްޒު ހަރަދު ކުރައްވަނީ ލެގަސީ ޕްރޮޖެކްޓުތަކަށް، ނަމަވެސް ނަތީޖާއެއް ނުފެނޭ: ޝާހިދު
25 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި

25 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސް މުއިއްޒު އާ ބައްދަލު ކުރައްވައިފި
25 ޖުލައި 2026

ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މިނިވަންދުވަހުގެ ޝަރަފުވެރިމެހުމާނު، މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

25 ޖުލައި 2026
ރައީސް މުއިއްޒުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މިނިވަންދުވަހުގެ ޝަރަފުވެރިމެހުމާނު، މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
25 ޖުލައި 2026

ރޭސިންގ ޓްރެކްގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

25 ޖުލައި 2026
ރޭސިންގ ޓްރެކްގެ މަސައްކަތްތައް އެންމެ އެދެވޭ ސްޕީޑެއްގައި ކުރިއަށް ނުދާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
23 ޖުލައި 2026

އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
23 ޖުލައި 2026

ތުރުކުމަނިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ޖުލައި 2026
ތުރުކުމަނިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް