Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމް.އާރް.ސީ.ސީ

2022 ވަނަ އަހަރު ބިންގާ އެޅި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި

27 ޖުލައި 2026 | ހޯމަ 07:45

ވިލިމާލޭގައި ތަރައްޤީކުރި އެމް.އެން.ޑީ.އެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފި. ޔޫ.އެން.އޯ.ޑީ.ސީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަމާއެކު ގާއިމުކުރި މި މަރުކަޒުގައި ކަނޑާއި ވައިގެ ހާދިސާތައް ވިލަރެސްކުރާނެ ޒަމާނީ ވަސީލަތްތަކާއި ތަމްރީނުދޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައި

ރާއްޖެ އެމްވީ | 27 ޖުލައި 2026 | ހޯމަ 07:45
ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޤައުމީ ދިފާޢީ ބާރުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

2022 ވަަނަ އަހަރު ބިންގާ އެޅި ގައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް)ގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމް.އާރް.ސީ.ސީ)ގެ އައު އިމާރާތް ހުޅުވައިފި އެވެ.

މިރަސްމިއްޔާތު އޮތީ ހޯމަ ދުވަހު ހެނދުނު، ވިލިމާލޭގަ އެވެ.

މި އިމާރާތް ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ބައިވެރިވެވަޑައިގަތެވެ. 

ރައީސް އޮފީހުން ބުނެފައިވަނީ، އެމް.އާރް.ސީ.ސީގެ އައު އިމާރާތަކީ ސަރުކާރުން ތަރައްޤީކޮށްފައިވާ އިމާރާތެއް ކަމަށާއި، މި މަޝްރޫޢު ވިލަރެސްކުރެއްވުމުގައި ޔޫ.އެން.އޯ.ޑީ.ސީއިން އިސްދައުރެއް އަދާކޮށްފައިވާ ކަމަށެވެ. މި އިމާރާތުން ދޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ޤާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ގައި ބަހައްޓާފައިވާ ހަނދާނީ ފިލައެއް

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ގައި ބަހައްޓާފައިވާ ހަނދާނީ ފިލައެއް | ރައީސް އޮފީސް

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މައި މަރުކަޒެވެ.

މި އިމާރާތުގެ ބިންގާ އަޅާފައިވަނީ 2022 ވަނަ އަހަރު އެވެ.

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

އަލަށް ހުޅުވި އެމް.އާރު.ސީ.ސީގެ އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް ވިލަރެސްކުރުމަށް ޒަމާނީ އޮޕަރޭޝަންސް ރޫމެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި، އިންސާނީ ވަސީލަތް ތަރައްޤީކޮށް ތަމްރީނުތައް ހިންގުމަށް ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއްވެސް ވަނީ ޤާއިމްކޮށްފަ އެވެ.

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

އެމް.އާރް.ސީ.ސީގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާން ސަފީރު އިޝިގާމީ ރުމީކޯއާއި، ޔުނައިޓެޑް ނޭޝަންސް ރެޒިޑެންޓް ކޯޑިނޭޓަރ ހައޮ ޒެންގގެ އިތުރުން ބޭރު ޤައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި، ދިވެހި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން އަދި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.

ޑރ. މުޙައްމަދު މުޢިއްޒުމެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމް.އާރް.ސީ.ސީ)އެމްއެންޑީއެފް

އިތުރަށް ކިޔާލަން

26 ޖުލައި 2026

މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި

26 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ހެވިކަމާއި ކުޅިވަރުތައް ބާއްވައިފި
26 ޖުލައި 2026

ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު

26 ޖުލައި 2026
ބޭހުގެ ދަތިކަން ކުރިމަތިވެގެން އުޅެނީ ރާއްޖޭގައި އޮތް ބޭހުގެ މާފިޔާ އިން ގަސްތުގައި ރައްޔިތުން ހާލުގައި ޖައްސަން ކުރި ކަންތައްތަކުން: ރައީސް މުއިއްޒު
26 ޖުލައި 2026

މާލެ އަށް އުދަ އެރުމުގެ ސަބަބުން އުޅަނދު ފަހަރާއި، ބައެއް ތަންތަނަށް ވެސް ގެއްލުންވެއްޖެ

26 ޖުލައި 2026
މާލެ އަށް އުދަ އެރުމުގެ ސަބަބުން އުޅަނދު ފަހަރާއި، ބައެއް ތަންތަނަށް ވެސް ގެއްލުންވެއްޖެ
26 ޖުލައި 2026

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026
ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
26 ޖުލައި 2026

"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް

26 ޖުލައި 2026
"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް
26 ޖުލައި 2026

ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!

26 ޖުލައި 2026
ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!
26 ޖުލައި 2026

ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް