Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާރިޖީ ސިޔާސަތު

ގިނަ އަދަދެއްގެ ޑިޕްލޮމޭޓުން މިނިވަން ދުވަހުގެ ރަސްމިއްޔާތައް ރާއްޖެ ވަޑައިގަތީ އަދުގެ ސަރުކާރުން ދިވެހީންނަށް އިސްކަން ދިނުމުގެ ޚާރިޖީ ސިޔާސަތު ގެންގުޅޭތީ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

26 ޖުލައި 2026 | އާދީއްތަ 11:49

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ އަށް ފައިދާވާ އެހީދޭ ހުރިހާ ޤައުމުތަކާއެކު ގުޅުންތައް ބަދަހިކުރެވޭނެކަން ކަށަވަރުކޮށްދެއްވާ ކަމަށް

ރާއްޖެ އެމްވީ | 26 ޖުލައި 2026 | އާދީއްތަ 11:49
މިމިނިވަންދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މިމިނިވަންދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ރައީސް އޮފީސް

އަދުގެ ސަރުކާރުން ތަންފީޒުކުރަނީ ދިވެހިން އިސްކުރަނިވި ޚާރިޖީ ސިޔާސަތެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މުއިއްޒު ވިދާޅުވީ،  ސިޔާސަތުގެ ކާމިޔާބީ، މިމިނިވަންދުވަހުގެ އިހުތިފާލުތަކުން ސާބިތުވާ ކަމަށެވެ.

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާދިއްތަ ދުވަހު ހެނދުނު އޮތް ރަސްމީ ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން މުއިއްޒު 43 ޤައުމަކާއި، އެކި އިދާރާތަކުން 113 ޑިޕްލޮމެޓުން މި އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާކަމަށެވެ. އަދި މިއީ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ ޢަދަދަކަށް، ޚާރިޖީ ޑިޕްލޮމެޓުން މިފަދަ ގޮތަކަށް އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށާ، މިކަމުންވެސް އަންގައިދެނީ އަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ކަމުގައި މުއިއްޒު ފާހަގަކުރެއްވި އެވެ.

ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ސިޔާސީ ގޮތުން ޤައުމަކަށް މިނިވަންކަން ލިބުމަކީ، ޤައުމެއް މިނިވަންކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ޚާރިޖީ މިނިވަންކަމަކީ އޭގެ އެއްބައިކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. މިއީ ދިވެހީންގެ ރާއްޖެ ކަމަށާ، މި ރާއްޖޭގައި އިސްކުރެވެން ޖެހޭނީ ދިވެހީންގެ ސިޔާސަތު ކަމުގައި ވިދާޅުވި އެވެ. އެގޮތުން އަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހީންނަށް އިސްކަން ދިނުމުގެ ސިޔާސަތުތަކަން އެމަނިކުފާނު ތަކުރާރުކުރައްވާ ވިދާޅުވި އެވެ. ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ސަބަބުން ދުނިޔޭގެ ކޮންމެ ޤައުމަކާއެކުވެސް ދިވެހިރާއްޖެ އިން ގާތްގުޅުމެއް ދަމަހައްޓާ ކަމަށް ވިދާޅުވި އެވެ. 

ގަތަރާއި އީރާނާ އެކު އޮތް ގުޅުން ކުއްލި ގޮތަކަށް ކަނޑާލި އިރު އޮތް ސަރުކާރުގެ ކެބިނެޓުގައި ވެސް ހިމެނިވަޑައިގްނެވި މުއިއްޒު ވިދާޅުވީ މީގެ ކުރިން، ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމުގެ ސިޔާސަތު ގެންގުޅުނު ކަމުގައި ވީ ނަމަވެސް، އެއީ ދިވެހީންނާ ދޯޅަ ގޮތެއް ނޫންކަމުގަ އެވެ. ދިވެހީންގެ ވިންދާއި، އިޙްސާސްތަކާ ގުޅޭ ޚާރިޖީ ސިޔާސަތަކީ، އެ ސިޔާސަތަކުން ދިވެހީންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ސިޔާސަތެއްކަމަށް މުއިއްޒު ވިދާޅުވި އެވެ. ޢަރަބި އިސްލާމީ ޤައުމުތަކާ ގާތް ގުޅުމެއް ދެމެހެއްޓުމާއެކު ދިވެހިރާއްޖެ އަށް ފައިދާވާ އެހީދޭ ހުރިހާ ޤައުމުތަކާއެކު ގުޅުންތައް ބަދަހިކުރެވޭނެކަން މުއިއްޒު ކަށަވަރުކޮށްދެއްވި އެވެ.

އެމެރިކާ އާއި އިސްރާއީލުން އިސްނަގައިގެން އީރާނަށް ހަމާލާތައް ދޭން ފެށުމާ ގުޅިގެން އެކަމުގައި މުއިއްޒުގެ ސަރުކާރުން ހަނުތިބުމަށްފަހު ޖަލްސާގައި ވިދާޅުވީ، ހަނގުރާމަތަކާއި އަނިޔާވެރިކަމަކީ ދިވެހީން ޤަބޫލުކުރާ ހަމަތަކެއް ނޫން ކަމަށާއި ސުލްޙަވެރިކަމާއެކު ކަންކަން ޙައްލުކުރުމަށް ގޮވާލައްވާ ކަމަށެވެ. ޚިޔާލުތަފާތުވުންތައް މެދުވެރިވީނަމަވެސް، ކަނޑިބަޑިން އެކަމަކަށް ހޯދޭނެ ޙައްލެއް ނޯންނާނެ ކަމަށާ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަވަނީ މި އަސާސްގެ މަތީގައިކަމުގައި މުއިއްޒު ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ އެކިއެކި ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާ ގުޅިފައިވާ ޤައުމެއްކަން ފާހަގަކުރައްވާ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް މުއިއްޒު ވަނީ، ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މަސައްކަތްތައް މަޑުޖެހިފައި އޮތްއޮތުމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. ޚިޔާލުތަފާތުވުންތަކަކީ މަޝްވަރާކުރެވިގެން ހައްލު ހޯދޭނެ ކަމެއްކަމުގައި ގަބޫލު ކުރައްވާ ކަމަށާއި، ސާކްގެ ބައްދަލުވުންތައް އަލުން ފަށައިގަތުމަށްޓަކައި، ސަރަޙައްދީ ސުލްޙަ އިސްކޮށް، މަޝްވަރާގެ މޭޒަށް މެންބަރު ޤައުމުތަކުން ހާޒިރުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ. މަޝްވަރާގެ މޭޒަށް އަންނަން ޖެހެނީ ކޮން ގައުމުތަކެއް ކަމެއް ފާހަގަ ނުކުރައްވާ މުއިއްޒު ވިދާޅުވީ މިކަމުގައި ދިވެހިރާއްޖެއިން އިސްވެ ހަރަކާތްތެރިވުމަށް ތައްޔާރަށް އޮތްކަމަށެވެ.

ކޮމަންވެލްތުގެ މެމްބަރު ކަމުން ރާއްޖެ ކުއްލި ގޮތަކަށް ވަކިވި ސަރުކާރުގައި އޭރު އެކަމަށް ތާއީދު ކުރައްވާ ކެބިނެޓް މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ ސާކްގެ އިތުރުންވެސް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)އާއި ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުގައި ދިވެހިރާއްޖެއިން އިސް ދައުރެއް އަދާކުރާ ކަމުގަ އެވެ. އަދި ވެރިކަމަށް އިންތިޚާބުވުމާއެކު ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ނޫންކަމަށް ވިދާޅުވެ، މިނިވަން ދުވަހުގެ ޖަލްސާގައި ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ.

މުއިއްޒުގެ ވާހަކަފުޅުގައި "ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ ދިވެހިރާއްޖޭގެ ޙައްޤު ސަރަޙައްދު" ހޯއްދެއްވުމަށް މަސައްކަތްޕުޅުކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އަނެއްކާވެސް ވަނީ ދެއްވާފަ އެވެ.  އަދި ދިވެހިރާއްޖޭގެ ސަރަޙައްދީ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިންވެސް އިސްލާޙްތައް ގެނެސްދެއްވާކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި އިރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ "ކަނޑުން ގެއްލުނު ސަރަހައްދު" ހޯދުމަށް ކުރިކަމެއް އަދި ފެންނަން ނެތުމުގެ އިތުރުން ރާއްޖެ އާ މޮރިޝަސް އާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދަށް ރާއްޖޭގެ އަސްކަރިއްޔާ ފޮނުއްވި މައްސަލައިގައި ޒަމާނުއްސުރެ ރާއްޖެ އާ ގާތް ގުޅުމެއް ބާއްވަމުން އައި މޮރިޝަސް އިން ވަނީ ރާއްޖެ އާ އެކު ބާއްވަމުން އައި ގުޅުން ކަނޑާލާފަ އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވަނީ، ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އެވެ. އަދި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނެއްގެ ހައިސިއްޔަތުން ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ ޚަލީލުއްރަޙްމާން ވެސް މިނިވަންދުވަހުގެ ޕްރޮގްރާމްތަކުގައި ގެންދަވަނީ  ބައިވެރިވެވަޑައިގަންނަވުންނެވެ.

ޑރ. މުޙައްމަދު މުޢިއްޒުމިނިވަން ދުވަސް

އިތުރަށް ކިޔާލަން

26 ޖުލައި 2026

ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި

26 ޖުލައި 2026
ބޭސް ލިބިމުގައި ދަތިތަކެއް ހުރިކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންފި
26 ޖުލައި 2026

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް

26 ޖުލައި 2026
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާއަށް ދައުވަތު އަރުވާފައި ނުވާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން، ވިދާޅުވީ ޖަލުގައި ހުންނެވި ދުވަސްވަރު ވެސް ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ކަމަށް
26 ޖުލައި 2026

މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު

26 ޖުލައި 2026
މުއިއްޒުގެ އަސްލު ސިފައިގެ ސްޕީޗެއް މިފަހަރު މިނިވަންދުވަހު
26 ޖުލައި 2026

"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް

26 ޖުލައި 2026
"އަޅުގަނޑުމެންގެ ކުރިމަތީގައި އެއްވެސް މީހެއްގެ މޫނެއް ކަނދުރާއެއް މުހިއްމެއް ނޫން": ރައީސް
26 ޖުލައި 2026

ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!

26 ޖުލައި 2026
ނޫސްވެރިން ޖަލަށްލީ ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދީފައިވާ ކަމަށް!
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްސަ ދެ މަޖިލިސް އަނެއްކާ ވެސް އުފައްދަވަނީ!
26 ޖުލައި 2026

ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
ޖުޑީޝަރީ ހަގީގީ މާނައިގައި މިނިވަން ކޮށްދެއްވޭނީ 2029 ގައި ކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!

26 ޖުލައި 2026
އިންފޮމޭޝަން ކޮމިޝަނަރަކީ އިދިކޮޅުން އޯޑަރު އަންނަ ސިޔާސީ އިދިކޮޅު ފަރާތެއްކަމަށް ރައީސް ވިދާޅުވެއްޖެ!
26 ޖުލައި 2026

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި

26 ޖުލައި 2026
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް