Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަނޑިޔާރުން

ޑިއު ޕްރޮސެސް ފުރިހަމަނުކޮށް، ޖަވާބުދާރީވާން ފުރުސަތު ނުދީ ފަނޑިޔާރުންތަކެއް ވަކިކުރުމަކީ ލަދުވެތިކަމެއް: މުއިއްޒު

26 ޖުލައި 2026 | އާދީއްތަ 10:03

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރިއިރު އިޖުރާއީ އިންސާފު ގާއިމުކޮށްފައި ނުވާތީ، އެއީ މުޅި ގައުމު ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙުމަދު މުއިއްޒު ވިދާޅުވެއްޖެ. ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު މަޖިލީހާއި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެކަން ފާހަގަކުރައްވައި، އޭނާ ވަނީ ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށް ބާރުއަޅުއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ޖުލައި 2026 | އާދީއްތަ 10:03
ޤާނޫނު އަސާސީގެ ޑްރާފްޓިންގ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި އަޙުމަދު މުއިއްޒު

ޤާނޫނު އަސާސީގެ ޑްރާފްޓިންގ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި އަޙުމަދު މުއިއްޒު | ރާއްޖެ އެމްވީ

ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު އެ ބޭފުޅުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި، އެންމެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރިއިރު އިޖުރާއީ އިންސާފު ނުވަތަ "ޑިއު ޕްރޮސެސް" ފުރިހަމަކޮށްފައި ނުވާތީ އެއީ ލަދުވެތިވާންޖެހޭ ކަމެއް ކަމަށް ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަޙުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދިން މިނިވަން ދުވަހުގެ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން ޤާނޫނު އަސާސީގެ ޑްރާފްޓިންގ ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި އަޙުމަދު މުއިއްޒު ވިދާޅުވީ، ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު އެ ބޭފުޅުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި އެ ފުރުސަތަކީ ރައްޔިތުންގެ ކުރިމަތީގައާއި ރައްޔިތުންގެ މަޖިލީހުގައި ވެސް ދެވެންޖެހޭނެ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރެވިގެން ދިޔައިރު، ކަންކަން ހިނގާފައިވަނީ އެންމެ ރަނގަޅު އުސޫލުންނެއް ނޫނެވެ. އެގޮތުން ޑިއު ޕްރޮސެސް ރަނގަޅަށް ގެންދެވިފައި ނެތުމަކީ ވަރަށް ދެރަކޮށް ހިނގާފައިވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާމެދު އެގޮތަށް އަމަލު ކުރެވިގެން ދިއުމަކީ ދިވެހި ހުރިހާ ރައްޔިތުން ވެސް އެކަމާ މެދު ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށެވެ. ފަނޑިޔާރުގެއަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މުހިންމު އެއް ބާރު ކަމަށްވާއިރު، އެ ބާރުގެ އެންމެ މަތީ ފަނޑިޔާރުން ވަކިކުރުމުގައި އަދުލުވެރި އިޖުރާއަތްތަކެއް ހިފަހައްޓަންޖެހޭނެ ކަމަށް އޭނާގެ ވާހަކައިގައި ބާރުއެޅުއްވި އެވެ.

އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ފަނޑިޔާރުންނާމެދު ފިޔަވަޅު އަޅާއިރު އެ ފަނޑިޔާރުންނަށް އެކަށީގެންވާ ގޮތެއްގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ، ރައްޔިތުންގެ ކުރިމަތީގައިވެސް އަދި މަޖިލީހުގައިވެސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޑިއު ޕްރޮސެސް ރަނގަޅަކަށް ނޫން ގެންދެވިފައި އޮތީ، އެއީ ވަރަށް ދެރަކޮށް ދިޔަ ކަމެއް، އަޅުގަނޑުމެން ލަދުވެތިވާން ޖެހޭ ކަމެއް، އެބޭފުޅުންނާ ދޭތެރޭގައި އެގޮތަށް އަމަލު ކުރެވިގެން ދިއުމަކީ
އަޙުމަދު މުއިއްޒު

ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަޙުމަދު މުއިއްޒަކީ ރާއްޖޭގެ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މޭރުމުން ވާހަކަދައްކަވާފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާއަށް އެކި ދުވަސްވަރު އަންނަމުންދާ ބަދަލުތަކާއި، ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރަމުންދާ ގޮތްތަކާ މެދު އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވޭ ވަގުތެއްގައެވެ.

އަހުމަދު މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންފަނޑިޔާރުން ވަކިކުރުން

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު

02 އެޕްރީލު 2026
19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު
31 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

31 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު
30 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
29 ސެޕްޓެމްބަރު 2025

ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު

29 ސެޕްޓެމްބަރު 2025
ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު
29 ސެޕްޓެމްބަރު 2025

ގާނޫނީ ދާއިރާގެ މުހިންމު ފޮތެއްގެ އިތުރުން "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތެއް ނެރެފި

29 ސެޕްޓެމްބަރު 2025
ގާނޫނީ ދާއިރާގެ މުހިންމު ފޮތެއްގެ އިތުރުން "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތެއް ނެރެފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގެ މައުލޫމާތު އީޔޫއާ ޙިއްސާކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރި މައްސަލައިގެ މައުލޫމާތު އީޔޫއާ ޙިއްސާކޮށްފި
14 މެއި 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި

14 މެއި 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރަލްދާ އާއި މަހާޒް ވަކިކޮށްފި
05 މެއި 2025

ރައީސް މުއިއްޒު، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް އަދާލަތުން ގޮވާލައިފި

05 މެއި 2025
ރައީސް މުއިއްޒު، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް އަދާލަތުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް