Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދުލު އިންސާފު

ރައީސް މުއިއްޒު، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް އަދާލަތުން ގޮވާލައިފި

5 މެއި 2025 | ހޯމަ 13:19

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއިމެދު ސަރުކާރުން ޤާނޫނީ ނުފޫޒުފޯރުވައި ޢަމަލުކުރަނީ ސިޔާސީ ބޭނުމުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 މެއި 2025 | ހޯމަ 13:19
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ވެރިކަންހިންގުމުގެ ތިން ބާރުގެ ތެރެއިން އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނިގުޅައިގަނެ، ޤާނޫނާ ޚިލާފަށް ޝަރުޢީ ކޯޓުތަކުގެ ކަންކަމާބެހި، ހިނގަމުންދާ ޝަރީޢަތްތަކަށް ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ކަންކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު މުށުތެރެއަށްލުމަށް ކުރާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމުގައިވާ ޑރ އަޒްމިރާދާ ޒާހިރާއި މަޙާޒު ޢަލީ ޒާހިރާއި އަދި ޙުސްނުއް ސުޢޫދުގެ މައްޗަށް ޖިނާއީ ތަޙުޤީޤު ހިންގައި، ސަސްޕެންޑުކޮށް އަދި، ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޑރ އަޒްމިރާލްދާ ޒާހިރާއި އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން އުޅުމަކީ ސިޔާސީ ބޭނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މައްޗަށް ގަސްދުގައި ނާޖާއިޒު ނުފޫޒު ފޯރުވައިގެން ސުޕުރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިންމުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ހިންގަވާ ދަށުދަރަޖައިގެ ޢަމަލެއް ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

އަދި ހަމައެހެންމެ މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމު ރޫޅާލައި، ޤާނޫނު އަސާސީގެ ބާރުކަނޑުވާލުމަށްޓަކައި ރާވައިގެން ހިންގާ ނުރައްކާތެރި ޖަރީމާއެއް ކަމަށް ވެސް އަދާލަތުން ބުނެފައިވެއެވެ.

ކުއްލިގޮތަކަށް ރާވައިގެން ބައެއް ފަނޑިޔާރުންނާ ދެކޮޅަށް ސަރުކާރުން އިސްވެއޮވެ އަޅަންފެށި ޤާނޫނާ ޚިލާފު ފިޔަވަޅުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސިޔާސީ ބޭނުމަށް މަގުފަހިވާގޮތަށް ޝަރުޢީ ދާއިރާ ބައްޓަންކުރުމަށް ކުރާކަމެކެވެ. އަދި މިކަމުގެ ސަބަބުން އަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަށް ލިބިގެންވާ މުސްތަޤިއްލު ހައިސިއްޔަތު ގެއްލި، ޤާނޫނު އަސާސީގެ ބާރުކެނޑި، ދައުލަތް ހިންގުމަށްޓަކައި ކަނޑައަޅާފައިހުރި އިންތިޒާމުތަކާއި ތަރުތީބުތައް ރޫޅި، ދިމުޤްރާތީ ސިފަތައް ގެއްލިގެންދެއެވެ.

މިކަމުގައި ކަންބޮޑުވާންޖެހޭ އެންމެ ބޮޑު ސަބަބަކީ، ރައްޔިތުންގެ މާލިއްޔަތުން ވައްކަންކުރުމާއި ސަރުކާރުގެ ފަސާދަ ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގަައި، ސަރުކާރުގެ މައްޗަށް ފާރަވެރިވާން ކަނޑައަޅާފައިހުރި އެންމެހާ މަގުތައް ބަންދުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚުދުމުޚުތާރުކަމަށް އެއްވެސް ހުރަހެއްނެތި ފުރުޞަތު ފަހިވެގެންދާތީ ކަމަށް އަދާލަތު ޕާޓީ އިން ބުނެއެވެ.

ރައީސް މުހައްމަދު މުއިއްޒުސުޕްރީމް ކޯޓުގެ ފަނޑިޔާރުންއިންސާފުދައުލަތުގެ ބާރުތައް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
01 ޑިސެމްބަރު 2025

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު
27 ނޮވެމްބަރު 2025

އިންސާފު ލިބެނީ ރުއްސަވާ މީހަކަށް ކަމަށް ބުނާ އަޑު ހޭލައިގަތީއްސުރެ އަހަން، އެ ހާލަތު ބަދަލުނުވެ އޮތީ މައްސަލަތަކެއް ހުރީމަ: މެންބަރު މައުރޫފް

27 ނޮވެމްބަރު 2025
އިންސާފު ލިބެނީ ރުއްސަވާ މީހަކަށް ކަމަށް ބުނާ އަޑު ހޭލައިގަތީއްސުރެ އަހަން، އެ ހާލަތު ބަދަލުނުވެ އޮތީ މައްސަލަތަކެއް ހުރީމަ: މެންބަރު މައުރޫފް
25 ނޮވެމްބަރު 2025

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
15 ނޮވެމްބަރު 2025

ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް

15 ނޮވެމްބަރު 2025
ފުޓްސެލް މެޗެއް ކުޅުއްވަން ނައިބު ރައީސް އާ ވަޒީރުންނާ އެކު މުއިއްޒު ސީ ޕްލޭނުގައި އދ. މަންދޫ އަށް
14 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ

14 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ހެންވޭރުގެ ބޮޑު ސަރަހައްދެއް ބަންދުކުރުމުން، އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެ
10 ނޮވެމްބަރު 2025

ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި

10 ނޮވެމްބަރު 2025
ރަސްމިއްޔާތުތަކަށް އާދަޔާ ޚިލާފު ޝައުގެއް ބަހައްޓަވާ މުއިއްޒު އެންމެ ފަހުން 6 ފެން ޕަމްޕް ހަދިޔާ ކުރުމުގެ ރަސްމިއްޔާތު ގައި ވަޒީރުންނާ އެކު ބައިވެރިވެ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް