Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒަށް މުއިއްޒު ކުރުދޮށިން

މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ސަރުކާރާއި ރައީސް މުިއްޒު ކަންކުރައްވާ ގޮތުން އެބޭފުޅާގެ އިހްސާސްތައް ބަންޑުން ކޮށްލައްވާފައެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 11:29
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު: މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު އަންގާރަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުވުމުގައި ޚިޔާލުފާޅު ކުރަން ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަނީ

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު: މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު އަންގާރަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުވުމުގައި ޚިޔާލުފާޅު ކުރަން ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަނީ

އަބަދަކު އެންމެނަކު ސަނާ ކިޔާނެ ކަމަށް ދުށުމަކީ ގޯހެކެވެ. އިހްސާސްތައް ބަންޑުން ކޮށްލައި ޝުއޫރުތައް ފާލުކުރާނެކަމީ ފެންނާން އޮތް ހަގީގަތެކެވެ. ބައެއް މީހުންނަކީ އެކަންކަމުގައި ފަސްޖެހޭ މީހުން ނަމަވެސް އެހެން މީހުންނަށް ހިތްވަރު ލިބެނީ ހިތްވަރުހުރި ކެރޭ މީހުންގެ ފުށުންނެވެ. އެކެއްގެ ކިބައިން އަނެކަކު ހިތްވަރު ލިބިގަންނަން އެބުނަނީ އެބީދައިންނެވެ.

އެމޭރުމުން ބަލާއިރު މިހާރު ރައީސް މުއިއްޒު އެބާއްވަމުން ގެންދަވާ މާލޭ ރައްޔިތުންނާ ބައްދަލު ކުރެއްވުންތަކުގެ ތެރެއިން ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު އަހްމަދު މުއިއްޒު އެދެއްކެވީ އޭގެ މިސާލެއްފަދަ ނަމޫނާއެކެވެ. އުސްތާޛް މުއިއްޒަކީ އަބަދުވެސް ކަން އޮންނަ ގޮތައް ވިދާޅުވާ، ކަންކަމުގައި ހަމަ ހިފަހައްޓަވާ ބޭފުޅެކެވެ. ވަކި ސަރުކާރެއް ވެގެނެއް އަދި ވަކި ސިޔާސީ މީހަކަށް ވެގެނެއް ފަހަތު ފަޔަށް ބުރަވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރުން ކުރައްވާ ނުރަނގަޅު ކަންކަމާމެދު މުއިއްޒު ވަނީ ވަރަށް ބިނާ ކުރަނިވި ޚިޔާލު ފާޅު ކުރައްވާފައެވެ. ޚާއްޞަކޮށް ޤާނޫނީ ދާއިރާއިންނެވެ. ހަމަޔާ އިންސާފް ގާއިމް ކުރުމުގައެވެ.

އަންގާރަ ދުވަހުގެރޭ މައްޗަންގޯޅި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމަށް ވަޑައިގެން އުސްތާޛް މުއިއްޒު ރައީސް މުއިއްޒަށް އެދެއްވީ ވަށިވަށިންނެވެ. ސާފު ސީދަލަށް އެވިދާޅުވީ ރައީސް މުއިއްޒު ކަންކުރައްވާ ދޯހަޅި ގޮތްތަކުގެ ވާހަކައެވެ. މަޝްވަރާއެއް ހިޔާލެއް ހޯދުމެއް ނެތި ނިންމާ ބޮޑެތި ނިންމުންތަކުގެ ފޮރުވިފައިވާ ވާހަކަތަކެވެ. މުތުލަގަށް އެވިދާޅުވީ ބާރު އޮތީތީ ބާރު ފޯރުވާ ވާހަކައާއި ތަންމިނަށް ފޯރުވަމުންދާ ނުފޫޒުގެ ވާހަކައެވެ.

އުސްތާޛް މުއިއްޒުގެ ވާހަކަ ފެށްޓެވީވެސް ތަފާތު ގޮތަކަށް މުއިއްޒަށް ތައުރީފް ކުރައްވަމުންނެވެ. އެފަދަ ބައްދަލުވުމެއް ބޭއްވެވީތީ ރައީސް މުއިއްޒަށް ތައުރީފް ކުރެއްވިއިރު، މުއިއްޒުގެ ފުރިހަމަ ބާރު އޮންނަ ޕީއެންސީއަށް ނިސްބަތްވާ އެދާއިރާގެ މަޖިލިސް މެންބަރުންނަށް ވަރުގަދަ ގާބުރިއެއް އެއްލަމުންނެވެ.

"ފުރަތަމަ ރައީސަށް ޝުކުރު ދަންނަވަން. އަދި ރައީސް މިދެންނެވި ނަމޫނާއާ އެއްގޮތައް އަނެއް ތިން މެންބަރުންވެސް ކޮންމެވެސް ވަގުތުކޮޅެއް. ދެއަހަރު ވީއިރު ނުހޯއްދެވުނު ވަގުތު ކުރިއަށް އޮތް ދުވަސްކޮޅުގައި ހޯއްދަވާނެ ކަމަށް އުއްމީދުކުރަން" މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނާ ގުޅުންހުރި ގައުމީ ބޮޑެތި ކަންކަން ނިންމަވާއިރު މަޝްވަރާ ނުކުރައްވާތީ އެކަން ފާހަގަ ކުރެއްވީ ރައީސް މުއިއްޒުގެ ހުވަފެނީ ރަށް ރަސްމާލެ ހިއްކަން އެޗްޑީސީއާ ހަވާލުކުރެއްވި ވާހަކައިންނެވެ. އެކަމުގައި އެންމެ ކެބިނެޓް ބައްދަލުވުމެއް ބޭއްވިއިރު އެއިން ކަމަކާ ގުޅޭގޮތުން ރައްޔިތެއްގެ ބަސް އައްސަވާ ނުލެއްވީތީ އެކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިހާރު އަތޮޅު ކައުންސިލްތައް އުވާލުމަށްވެސް ކަންކުރެއްވި ގޮތައް މުއިއްޒު ފާޑު ވިދާޅުވިއެވެ.

" ވަރަށް މުހިއްމު ކަންތައްތައްތައް ނިންމާއިރުގައި، މިސާލަކަށް އަތޮޅު ކައުންސިލް އުވާލާ ވާހަކަ ދަންނަވާއިރުގަ، ހަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލެއް 5 ފޮޅުވަތުގެ ސަބަބެއް ލިޔެފަ ކަންތައްތައ ހަރުދަނާކުރުމަށް އަތޮޅު ކައުންސިލްގެ ބޭނުމެއް ނެތޭ. އެއްވެސް ކަހަލަ ކަރުދާހެއް އެއްޗެއް ނެތް. މިޒަމާނުގަ ކަންތައްތައް ކުރާއިރުގަ އިލްމީ ފެންވަރެއްގައި އެކަހަލަ ކަންތައްތައް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އެހެން ހަމަ 5 ވޮޅުވަތް ލިޔެލައިގެން އަެކަން ކުރެވޭނެ ކަމަކަށް ނުދެކެން" މުއިއްޒު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓާ ކުޅުމަށް ފާސްކުރި ބިލްވެސް ލޯޔަރު މިއްޒު ސިފަކުރެއްވީ އެއީ ރައީސް މުއިއްޒުގެ ބާރު އޮންނަ ޕީއެންސީ މަޖިލިސް މެންބަރަކު އަދްލު އިންސާފްގެ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ކުރެއްވިކަމެއް ކަމުގައެވެ.

"އަމިއްލަ މެންބަރަކު ހުށަހެޅުއްވި ކުއްލިއަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 9ން 7 އަށް. ކުއްލިއަކަށް ބިލް ފާސްކުރައްވައިފި. ރައީސުލް ޖުމްހޫރިއްޔާ ބިލް އަނބުރާ ފޮނުއްވައިފި. ބިލަށް ވީގޮތެއް ނޭނގޭ. އަޅުގަނޑު ގަބޫލުކުރަނީ މީ ސަރުކާރަށް ނިސްބަތްވާ މެންބަރަކު އަދްލުއިންސާފް ގާއިމްކުރާ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ކުރެއްވި ކަމެއްހެން. ރައީސް ބިލް އަނބުރާ ފޮނުއްވީމަވެސް ބިލާމެދު އަދި ގޮތެއް ނިންމިކަމަކަށް އަޅުގަނޑަކަށް ފާހަގަ ކުރެވިފައެއް ނެތް."

ސުޕްރީމްކޯޓުގެ ފަނޑިޔާރުން ވަކިކުރުމާއި އެމައްސަލަ ޖޭއެސްސީއަށް ހުށަހެޅި ދުވަސްވަރު މުއިއްޒު ގެންދެވީ ކަންބޮޑުވުން ފާލުކުރައްވަމުންނެވެ. ނަމަވެސް ރައީސް މުއިއްޒު ކޮންޓްރޯލް ކުރައްވާ ޖޭއެސްސީން އެފަނޑިޔާރުން ބޭރުކުރެއްވީ އަދުލުވެރިގޮތަކަށް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދެން މި ފެނުނީ ފަނޑިޔާރުން ސްޕްރީމް ކޯޓުން ވަކި ކުރުމުގެ ކަންތައްތައް. އެއީ އެއްވެސް ގޮތަކަށް އަޅުގަނޑު ގަބޫލުކުރާ އަޅުގަނޑުގެ އިހްސާސް މިދަންނަވަނީ. އެއީ އެއްވެސް ވަރަކަށް އަދުލުވެރި ގޮތަކަށް، އިހްސާންތެރި ގޮތަކަށް، އެބޭފުޅުންނަށް ދެއްވަން ޖެހޭ ފުރުސަތުތައް ދެއްވައިގެން ކުރެއްވި ކަމެއްގެ ގޮތުގަ އެއް ނުދެކެން." މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުިއްޒު ވިދާޅުވެފައިވާ ގޮތުގައި ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން އަދްލު އިންސާފްގެ ދާއިރާ މިނިވަންވީއެވެ. ނުފޫޒު ފޯރުވުން ނިމުނީއެވެ. ނަމަވެސް އުސްތާޛް އެކަން ގަބޫލު ނުކުރައްވާކަން ސާފު ސަރީހަކޮށް ވިދާޅުވީ ކަން އޮތީ އެހެން ނޫން ކަމަށެވެ.

" އަނެއް ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކަންތައް. ޤާނޫން އަސާސީއަށް އިސްލާހް ގެންނައިރު އެބައި ކީއްވެބާއޭ އިސްލާހް ނުކުރައްވަނީ. މަނިކުފާނު ފުރަތަމަ ދުވަހު ވެސް ވިދާޅުވި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ އަށް ނުފޫޒު ފޯރުވުން ނިމުނީއޭ. އަޅުގަނޑު ހިތައް އަރަނީ ކީއްވެގެން ބާވައޭ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ޕާޓީގެ މެމްބަރަކު ޖޭއެސްސީ ގެ ރައީސަކަށް ހުންނަވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޖިއްޔާ ލިޔެފައި ނެތަސް ޖޭއެސްސީގެ ރައީސްކަން ކުރައްވަން ވާނީ ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ބޭފުޅާ. ދެން ނައިބު ރައީސްކަން ކުރައްވަންވާނީ ފަނޑިޔާރުން. އެކަމު މި ފެންނަނީ އެ މަޤާމު ގައިވެސް ޕީއެންސީ ގެ މެމްބަރަކު ހުންނަވާ ތަން" މުއިއްޒު ވިދާޅުވިއެވެ.

ސުމާރެއްނެތި މީހުންނަށް ވަޒީފާ ދިނުމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ ވަޒީފާތަކަށް މީހުންލަނީ ސީދާ ރައީސް މުއިއްޒުގެ ޒާތީ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށެވެ.

" ސިޔާސީ ވަޒީފާތައް މާ ގިނަކަމަށްގަބޫލު ކުރެވެނީ މަގާމްތައް ދެނީ ކޮންމެހެން މަގާމަކަށް މީހަކު ބޭނުންވެގެނެއް ނޫންހެން. އަޅުގަނޑު ދެކޭގޮތް މި ދަންނަވަނީ "ރައީސުލްޖުމްހޫރިއްޔާގެ ޒާތީ މަސްލަހަތެއް ހިމާޔަތް ކުރައްވަން" މުއިއްޒު ވިދާޅުވިއެވެ.

ކޮރަޕްޝަނަށް މަގުފަހިވިޔަ ނުދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވީ ކާފަގެ މަސްބެހުމަށް ބިޑުކުރުމެއްނެތި ވަކިބަޔަކަށް ބަހާލި ޕްރޮޖެކްޓަކުން މިސާލު ދައްކަވަމުންނެވެ.

"އަޅުގަނޑު އަޑުއަހަން މަނިކުފާނު ދައްކަވާ ވާހަކަ. އެގޮތުން މަނިކުފާނު ވިދާޅުވި އިޖުރާއަތްތަކުގެ ތެރޭންނޭ އިހަށް ދުވަހުވެސް 206 ޕްރޮޖެކްޓް. ވެދާނެ އިޖްރާއްތަތކުގެ ތެރޭން ދިޔަކަމަށް. އެކަމަކު ރައްޔިތުންނަށް ގަބޫލުކުރެވެންޖެހޭ މިއީ އެއްވެސް ވަރަކަށް ކޮރަޕްޝަންގެ ކަންތައްތައް ނުހިމެނޭ ތަންކޮޅެއް ހާމަކަން ބޮޑުވާން ޖެހޭ." މުއިއްޒު ވިދާޅުވިއެވެ.

ކޮންމެއަކަސް ގާނޫނީ ވަކީލް ރީތި ގޮތުގައި ރައީސް މުއިއްޒަށް އެވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ކަންހުރި ގޮތެވެ. ރަނގަޅު ނޫން ވާހަކައެވެ. ވެރިކަމަށް އައުމަށް ދެއްކެވި ވާހަކަތަކާ އަމަލާ ދިމާނުވާ ވާހަކައެވެ. އެދެއްވީ ރީތި ގޮތުގައި ރައީސް މުއިއްޒަށް ކުރުދޮށިންނެވެ. އެއިން ކަމަކަށް ރައީސް މުއިއްޒަށް ބަސްފުޅެއް ވިދާޅުވާން ކެރިވަޑައި ނުގަތީވެސް އެހެން ވެގެންނެވެ.

ރައީސް މުއިއްޒުއަހުމަދު މުއިއްޒު މާލެޕީއެންސީސުޕްރީމް ކޯޓުޖޭއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު