Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާނޫނު އަސާސީ

ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު

ފެހި ގާނޫނު އަސާސީގެ ކުރިން އަމަލުކުރި ގާނޫނުގައި ލިޔެފައި ހުންނަ ވާހަކަތަކަކީ މާބޮޑު މާނައެއްހުރި ވާހަކަތަކެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 09:16
މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވާހަކަދައްކަވަނީ

މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވާހަކަދައްކަވަނީ

ގާނޫނު އަސާސީއަށް އަމަލުކުރުމަކީ ދައުލަތަށް ވާޖިބެއް ކަމަށާއި، 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ ކަމަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން" ގެ ފޮތާއި "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ފޮތް ނެރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ 2008 ވަނަ އަހަރު ތައާރަފް ކުރެވުނު ގާނޫނު އަސާސީގެ ކުރިން އަމަލުކުރި ގާނޫނު އަސާސީގައި ލިޔެފައި ހުންނަ ވާހަކަތަކަކީ މާބޮޑު މާނައެއްހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފެހި ގާނޫނު އަސާސީ އައުމުގެކުރިން އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާއަށް ބެލިކަމުގައި ވިޔަސް، ހައްގުތައް ފޯރުކޮށްދިނުމަށް އެ ދާއިރާގެ ބޭފުޅުން ފަސްޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިހާރުގެ ގާނޫނު އަސާސީއާއެކު ބާރުތަކެއް ރައްޔިތުންނަށް ލިބިފައިވާ ކަމަށާއި، އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ ބާރުވެރި ކުރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ފަނޑިޔާރަކު ވަކިކުރުމަކީ ވެސް އެހައި ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގާނޫނު އަސާސީގައި 65 ވަނަ މާއްދާގައިވާ ގޮތުން، އަސާސީ ހައްގަކަށް އަރާގަނެފިނަމަ، އެކަމުގައި ފަރުވާ ހޯދަން ކޯޓަށް ދެވިދާނެ ކަމަށާއި، ކޯޓުގެ ދޮރުގައި ޓަކި ޖެހިދާނެކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި ގާނޫނު އަސާސީގައި، އަސާސީ ހައްގުތަކާ ބެހޭ ބާބުގައިވާ ގޮތުން މަޖިލީހަކުން ފާސްކުރާ ގާނޫނަކުން ހަމަ އަސާސީ ހައްގެއް ހަނިކޮށްނުލުވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 18 ވަނަ މާއްދާއަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ ހައްގުތައް ވަރަށް ބޮޑަށް ލިބިދިނުމަށް ބާރު އަޅާފައިވާ ކަމަށާއި، އެބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތަށް ލާޒިމް ކަމެއް ކަމަށެވެ. އަދި އެހައްގުތައް ބަޔަކު ނިގުޅަތުމަށް މަސައްކަތް ކުރި ނަމަވެސް އެފުރުސަތު ނުލިބޭ ކަމަށާއި، އެހައްގުތައް ހިމާޔަތް ކުރުމަށް ބަންޑާރަނައިބު ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ވަކި މިންގަނޑުތަކަކަށް އެބަ ފެތެންޖެހޭ. އެގޮތުން އެބަ ބުނޭ ދިވެހިރާއްޖޭ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް ރިޔާއަތްކުރަންޖެހޭނޭ އަދި އޯޕަން ޑިމޮކްރެޓިކްސް ސޮސައިޓީތަކުން އެ ގަބޫލުކުރާ މިންގަނޑުތަކަށް ވެސް ރިޔާއަތް ކުރަންޖެހޭނޭ. އަދި 16 ވަނަ މާއްދާގައި އެބަހުރި ގާނޫނު ހަދާއިރު ރިޔާއަތް ކުރަންޖެހޭ ކަންތައްތަކެއް ވެސް ބަޔާންކޮށްފައި. އެހެންވީމަ ހައްގުތައް ވަރަށް ބޮޑަށް ލިބިދިނުމަށް ބާރު އަޅާފައި އޮތީ ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި އެބަބުނޭ ދައުލަތުގެ ވާޖިބެއް ކަމަށް ގާނޫނު އަސާސީއަށް އަމަލުކުރުމާއި އެބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ. އެހެންވީމަ ބަޔަކު އެހައްގުތައް ލިބިނުދޭން މަސައްކަތް ކުރިއަސް ދައުލަތަށް އެބަ ލާޒިމްކުރޭ ބަންޑާރަނައިބު އޮފީހަށްށޭ ވެސް ދެންނެވި ދާނެ ތެދެއްތޯ. އެހައްގުތައް ހިމާޔަތް ކުރުމަށް ތެދެއްތޯ. އެއާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރަންޏާ އެހައްގުތައް ހިމާޔަތް ކުރުމުގެ ދައުރެއް ބަންޑާރަނައިބަށް ވެސް އެބައޮވޭ އަދި ކުރިއެރުވުމަށް ވެސް މަސައްކަތް ކުރަންޖެހޭ. އެއްކަމަކީ ދިފާއު ކުރުން. އަނެއްކަމަކީ ކުރިއެރުވުން.
މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ ގާނޫނު އަސާސީގައި ލިބިދީފައިވާ ހައްގުތަކާއި، މިނިވަންކަން އަދި ހިފެހެއްޓޭ މިންވަރާއި، އަމަލުކުރަންޖެހޭ ގޮތް ވަރަށް ސަރީހަކޮށް ލިޔެ ބަޔާންކޮށްފައިވާ ކަަމަށެވެ. އަދި މިނިވަން ދިމިކްރާތީ މުޖުތަމައުއެއްގައި އެހެން ބަޔަކު ބޭނުންވުމުން ހައްގުތައް ނުހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު މުއިއްޒު ހުސްނުއްސުއޫދުއެޓަރނީ ޖެނެރަލްސުޕްރީމް ކޯޓުޤާނޫނުއަސާސީމޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

ޕާޓީގެ މައިކްގައި ހިފާލުމުން ސަފީރުކަން ބަހާ ބެހުމަށް ނިމުމަކަށް ގެނެސް، ރައީސްއަށް މުތުލަގަށް ލިބޭ ބާރުތައް ހަނި ކުރަން ޖެހޭ: މެންބަރު މީކާއީލް

05 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު