Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވީ ޖޭއެސްސީގެ ރައީސަކަށް މިހާރު ވެސް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމަށާއި އެ މަގާމުގައި ހުންނަވަން ވަނީ ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރެއް ކަމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 08:18
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު: މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މުއިއްޒު އަންގާރަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުވުމުގައި ޚިޔާލުފާޅު ކުރަން ހުޅުވާލި ފުރުސަތުގައި ވާހަކަ ދައްކަވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ކޯޓުން ވަކިކުރީ ތުހުމަތުތަކަށް ޖަވާބު ދިނުމަށް ފުރުސަތު ނުދީ، އަދުލުވެރި ގޮތަކަށް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ، މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަންގާރަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުވުމުގައި ޚިޔާލުފާޅު ކުރަން ހުޅުވާލި ފުރުސަތުގަ އެވެ. އެ ބައްދަލުވުމުގައި ކުރީގެ ޕީޖީ މުއިއްޒު ވަނީ އަދުލު އިންސާފުގެ ދާއިރާގައި ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން މުހިންމު ޚިޔާލުތަކެއް ފާޅު ކުރައްވާފަ އެވެ.

Advertisement - newsAdvertisement

ބައްދަލުވުމުގައި ކުރީގެ ޕީޖީ މުއިއްޒު ވަނީ، ގާނޫނު އަސާސީއަށް އިސްލާހު ގެންނައިރު، ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާހު ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފަ އެވެ. ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހު އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، ޖޭއެސްސީގެ ރައީސަކަށް މިހާރު ވެސް ހުންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް މުއިއްޒު ފާހަގަ ކުރެއްވި އެވެ.

އެކަމަކު، އޭގެ ބަދަލުގައި އެ ކޮމިޝަނުގެ ހުންނަންވާނީ ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ފަނޑިޔާރެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެ ކަން ބަދަލު ކުރުމަށް ރައީސް މުއިއްޒު ވިސްނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ޕީޖީ ވިދާޅުވި އެވެ.

އަނެއް ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކަންތައް. މަނިކުފާނު ފުރަތަމަ ދުވަހު ވެސް ވިދާޅުވި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ އަށް ނުފޫޒު ފޯރުވުން ނިމުނީއޭ. އަޅުގަނޑު ހިތައް އަރަނީ ކީއްވެގެން ބާވައޭ ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގަންނަވާ ޕާޓީގެ މެމްބަރަކު ޖޭއެސްސީ ގެ ރައީސަކަށް ހުންނަވަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވެއްޖިއްޔާ ލިޔެފައި ނެތަސް ޖޭއެސްސީގެ ރައީސްކަން ކުރައްވަން ވާނީ ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ބޭފުޅާ. ދެން ނައިބު ރައީސްކަން ކުރައްވަންވާނީ ފަނޑިޔާރުން. އެކަމު މި ފެންނަނީ އެ މަޤާމު ގައިވެސް ޕީއެންސީ ގެ މެމްބަރަކު ހުންނަވާ ތަން .
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން މުއިއްޒު ވިދާޅުވީ، ފަނޑިޔާރުން ވަކިކުރީ ތުހުމަތުތަކަށް ޖަވާބު ދިނުމަށް ފުރުސަތު ނުދީ، އަދުލުވެރި ގޮތަކަށް ނޫން ކަމުގަ އެވެ. އޭގެ އިތުރަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް މަދު ކުރުމަށް ހުށަހެޅި ބިލަށް ވީ ގޮތް ނޭނގޭތީ އެކަމުގެ ކަންބޮޑުވުން މުއިއްޒު ވަނީ ފާޅުކުރައްވާފަ އެވެ. އަދި، އެ ބިލަކީ، ސަރުކާރަށް ނިސްބަތްވާ މެންބަރަކު އަދުލު އިންސާފުގެ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ކުރިކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

ދެން މި ފެނުނީ ފަނޑިޔާރުން ސްޕްރީމް ކޯޓުން ވަކި ކުރުމުގެ ކަންތައްތައް. އެއީ އެއްވެސް ވަރަކަށް އަދުލުވެރި ގޮތަކަށް، އިހްސާންތެރި ގޮތަކަށް، އެބޭފުޅުންނަށް ދެއްވަން ޖެހޭ ފުރުސަތުތައް ދެއްވައިގެން ކުރެއްވި ކަމެއްގެ ގޮތުގަ އެއް ނުދެކެން.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙުމަދު މުއިއްޒު

މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަޙުމަދު މުއިއްޒުގެ ސުވާލު ތަކަށް، ރައީސް މުއިއްޒު އެ ބައްދަލުވުމުގައި އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ޖޭއެސްސީ ގެ ރައީސަކަށް މީގެ ކުރިން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ އާދަމް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމަގާމުގައި މިހާރު ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރު ހުސްނީ މުބާރިކް އެވެ. އޭގެކުރިން، ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ޖޭއެސްސީ ގެ ނައިބް ރައީސަކަށް މިހާރު ހުންނަވަނީ ރައީސް މުއިއްޒު ގެ ފަރާތުން ކޮމިޝަންގައި އިންނަވާ މެންބަރު ޔަޒްމީދު މުހައްމަދު އެވެ.

މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަޙުމަދު މުއިއްޒުގެ އެއްވެސް ސުވާލަކަށް، ރައީސް މުއިއްޒު ރޭގެ ބައްދަލުވުމުގައި އެއްވެސް ޖަވާބެއް ނުދެއްވާ

ޖޭއެސްސީން ވަނީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކުރަން ނިންމާފަ އެވެ. އެ ކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ތުހުމަތުތައް އެ ކޮމިޝަނަށް އަމާޒުވި އެވެ. މީގެ އިތުރުން، ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ބަލަން ފެށުމާ ގުޅިގެން އަނެއްކާވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، މި ފަހަކަށް އައިސް ޖޭއެސްސީން ފަނޑިޔާރުންނާ ދެކޮޅަށް އަވަސް އަވަހަށް ފިޔަވަޅު އަޅަމުން އަންނަނީ އަދުލު އިންސާފު ގާއިމްކުރުމުގެ ދާއިރާ އަށް ސީދާ ގޮތުން ނުފޫޒު ފޯރުވުމަށެވެ.

ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން، ޖޭއެސްސީގައި ސިޔާސީ މީހަކު ހުރެގެން ނުވާނެ ކަމަށް އެ މަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މިއިން ޒަމާނަކު ނުވާ ވަރަށް ޖޭއެސްސީ މިހާރު ވަނީ ސިޔާސީ ވެފަ އެވެ.

އަދުލު އިންސާފުގެ ދާއިރާއަށް ސިޔާސީ ނުފޫޒު ފޯރުވުމާ ގުޅޭ ގޮތުން ކުރީގެ ޕީޖީ މުއިއްޒު ފާޅުކުރެއްވި ކަންބޮޑުވުންތަކަކީ، ދިވެހި އާއްމު ރައްޔިތުންގެ މެދުގައި ވެސް ވަރަށް ބޮޑަށް މަޝްވަރާކުރެވެމުން އަންނަ ކަންކަމެވެ. އަދުލު އިންސާފުގެ ނިޒާމަށް އިތުބާރު ގެއްލިފައި ވުމަކީ މިއަދު މި ގައުމަށް ލިބޭ އެންމެ ބޮޑު ގެއްލުމުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ސުޕްރީމް ކޯޓުއަހުމަދު މުއިއްޒު ޖުޑީޝަލް ސަރވިސް ކޮމިޝަންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަދުލު އިންސާފުގެ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު