Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސުއޫދު ލިޔުއްވި މުހިންމު ދެ ފޮތް ނެރުން

ގާނޫނީ ދާއިރާގެ މުހިންމު ފޮތެއްގެ އިތުރުން "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުއޫދު ލިޔުއްވި ފޮތެއް ނެރެފި

ގާނޫނީ ފޮތުގައި، ގާނޫނުއަސާސީން ލިބިދޭ ކޮންމެ ހައްގެއްގެ ބޭނުމާއި އެހައްގު ކަށަވަރު ކޮށްދިން ސަބަބު ހިމަނާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 08:44
އަސާސީ ހައްގުތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ފޮތް ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ނެރެދެއްވަނީ

އަސާސީ ހައްގުތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ފޮތް ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ނެރެދެއްވަނީ

''ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ވޮލިއުމް-1" އަދި "މުދަލު ޒަކާތް ހިސާބުކުރުން" ގެ ނަމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ދެ ފޮތް ނެރެފިއެވެ.

އާދިއްތަ ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ފޮތާއި ގުޅޭގޮތުން، މީގެ ކުރިން ވެސް ގާނޫނީ އެކި ކަންކަމާ ބެހޭގޮތުން ގިނަ ފޮތްތަކެއް ލިޔުއްވި، ސުއޫދު ވިދާޅުވީ މި ފޮތަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމާ ބެހޭގޮތުން އޭނާ ލިޔުއްވާ ސިލްސިލާގެ ފުރަތަމަ ވޮލިއުމް ކަމަށެވެ.

މި ފޮތުގައި ގާނޫނުއަސާސީން ލިބިދޭ ކޮންމެ ހައްގެއްގެ ބޭނުމާއި އެހައްގު ކަށަވަރު ކޮށްދިން ސަބަބާއި އެ އިން ކޮންމެ ހައްގަކާ ބެހޭގޮތުން ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ހުރިހާ ނިންމުންތަކެއް އެ ފޮތުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުދަލު ޒަކާތް ހިސާބުކުރުން މިފޮތާ ގުޅޭގޮތުން ސުއޫދު ވިދާޅުވީ މުދަލު ޒަކާތް ދެއްކުމާއި އަމަލުކުރާނެ ގޮތް މީހުންނަށް ވަރަށް ނޭނގޭ ކަމަށެވެ. އަދި މިފޮތުން މުދަލުގެ ޒަކާތް ދައްކަން ބޭނުންވާ މީހުންނަށް އެ މައުލޫމާތުތައް މިފޮތުން ސާފުވާނެ ކަމަށާއި، އަމަލުކުރަންޖެހޭ ގޮތްތައް އެނގޭނެ ކަމަށެވެ.

މީގެ އިތުރުން ސުއޫދު ވިދާޅުވީ މުދަލުގެ ޒަކާތަށް މީހުން ހޭލުންތެރި ކުރުވުމަށް ކުރިއަށް އޮތްތަނުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ވާރކްޝޮޕްތައް ބާއްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިސްކިތްތަކުގައި ވެސް މިފޮތް ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ވެސް ވިދާޅުވެފައިވާ ކަމަށެވެ.

މި ދެ ފޮތް މޯލްޑިވްސް ލޯ އިންސްޓިޓިއުޓް މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.

ޙުސްނުއް ސުޢޫދުއަހުމަދު މުއިއްޒު މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއަސާސީ ހައްޤުތައްމުދަލު ޒަކާތްސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު