Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯޓު ކޮމްޕްލެކްސް

މިދިޔަ އަހަރު އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވި ކޯޓު ކޮމްޕްލެކްސްގެ މަޝްރޫއު ހަވާލުކޮށްލެވުނީ އަދި ކިރިޔާ!

25 ޖުލައި 2026 | ހޮނިހިރު 14:23

ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މާލޭގައި ބިނާކުރާ 14 ބުރީގެ "މާލޭ ކޯޓު ކޮމްޕްލެކްސް" އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިހާރު ވަނީ ހަވާލުކޮށްފައި. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭ ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭއިރު، މިއީ ޝަރުޢީ ދާއިރާގެ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް ޚިދުމަތްތައް ހަރުދަނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2026 | ހޮނިހިރު 14:23
މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން | ހައުސިންގ މިނިސްޓްރީ

މާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ "މާލޭ ކޯޓު ކޮމްޕްލެކްސް" އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވޮލޮޕްމަންޓުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު ސޮއިކޮށްފި އެވެ.

ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދައިދިނުމަށް ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިނަމަވެސް، އެ މަސައްކަތް ނުފެށި ވަނީ ދިގުލައިގެން ގޮސްފަ އެވެ.

އެންމެ ފަހުން މިހާރު މި މަޝްރޫއު ޙަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އެވެ.

މި މަޝްރޫޢުގެ ދަށުން މާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 14 ބުރީގެ ޒަމާނީ އިމާރާތެކެވެ. މި އިމާރާތަކީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

މި ކޯޓު ކޮމްޕްލެކްސް ފަރުމާކުރެވިފައިވަނީ ރާއްޖޭގެ މުހިންމު ގިނަ ކޯޓުތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގޭނެ އިންތިޒާމުތަކާއެކުގަ އެވެ. އެގޮތުން މި އިމާރާތުގައި ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓު ހިންގުމަށް ބޭނުންވާ އެންމެހައި ޖާގަތައް ހިމެނޭނެ އެވެ.

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން | ހައުސިންގ މިނިސްޓްރީ

މީގެ އިތުރުން، ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ބަލަހައްޓާ މައި އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަވެސް މި 14 ބުރީގެ އިމާރާތުގައި ހިމެނުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ކޯޓުތައް ހިންގަމުންދާއިރު، ގިނަ ކޯޓުތަކަކަށް ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައެވެ. މި އައު އިމާރާތާއެކު އެ ހުރިހާ ކޯޓުތަކެއް އެއް ސަރަޙައްދަކުން ޚިދުމަތް ދޭން ފެށުމަކީ ޝަރުޢީ ނިޒާމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

އެމްޓީސީސީމާލޭ ކޯޓު ކޮމްޕްލެކްސްޝަރުއީ ދާއިރާ

އިތުރަށް ކިޔާލަން

25 ޖުލައި 2026

"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ

25 ޖުލައި 2026
"މުއިއްޒު ސްޕީޑު" ގައި ތާރުއެޅި އަމީނީ މަގު ދެވަނަ ފަހަރަށް މަރާމާތުކުރަން ޖެހިއްޖެ
23 ޖުލައި 2026

ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ

23 ޖުލައި 2026
ހުޅުމާލެ ފޭސް 2ގައި ބަސް ސްޓޮޕްތައް ގާއިމްކޮށްދިނުމަށް ސިޓީ ކައުންސިލުން އެމްޓީސީސީގައި އެދިއްޖެ
21 ޖުލައި 2026

ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އިރުއިރުކޮޅާ ފައިސާ ކެނޑޭ މެސެޖުތައް ލިބެނީ ބޭންކުގެ މައްސަލައަކުން: އެމްޓީސީސީ

21 ޖުލައި 2026
ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް އިރުއިރުކޮޅާ ފައިސާ ކެނޑޭ މެސެޖުތައް ލިބެނީ ބޭންކުގެ މައްސަލައަކުން: އެމްޓީސީސީ
11 ޖުލައި 2026

ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!

11 ޖުލައި 2026
ނައިވާދޫ ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ނިންމަން ޙަވާލުކޮށްފައިވާ މުއްދަތަށް ނިންމޭނެކަމުގެ ޔަޤީންކަމެއް ނެތް!
11 ޖުލައި 2026

75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް

11 ޖުލައި 2026
 75 އިންސައްތަ ނިންމާފައި އޮތް މުރައިދޫ ބަނދަރުގެ މަސައްކަތް މިސަރުކާރާއެކު ހުއްޓުމަކަށް
06 ޖުލައި 2026

އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!

06 ޖުލައި 2026
އެމްޓީސީސީއަށް ގިނަ މުވައްޒަފުން ނަގަނީ، ބައެއް މަގާމުތަކަށް ކުރިމަތިލާން އެންމެ ދުވަހެއް، ބައެއް ވަޒީފާ ތަކުގެ މުސާރަ ދެފަރާތް އެއްބަސްވާ ގޮތަކަށް!
02 ޖުލައި 2026

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

02 ޖުލައި 2026
މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު
24 ޖޫން 2026

އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި

24 ޖޫން 2026
އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އައްޔަނުކުރައްވައިފި
23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
20 ޖޫން 2026

ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!

20 ޖޫން 2026
ނާލާފުށިގެ ބިން ހިއްކުމުގެ މަޝްރޫއު: އިންތިޚާބާ ދިމާކޮށް ހިއްކި ސަރަހައްދު ވެސް ގިރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް