Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުމަތީގެ ސަލާމަތް

ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު 30 ދުވަހަށް ޓޯކޮށްފި، ދުއްވި މީހުންނަށް ފިޔަވަޅު އެޅިކަން ސާފެއް ނޫން!

25 ޖުލައި 2026 | ހޮނިހިރު 14:20

ސިނަމާލެ ބްރިޖުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން، އެ އަމަލު ހިންގި ތިން މީހެއްގެ ސައިކަލު ފުލުހުން ވަނީ 30 ދުވަހުގެ މުއްދަތަށް ހިފަހައްޓާފައި. މަގުމަތީގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 ޖުލައި 2026 | ހޮނިހިރު 14:20
ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯ

ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯ | ރާއްޖެ އެމްވީ

ސިނަމާލެ ބްރިޖުގައި އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަދި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހެއްގެ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި ތިން ސައިކަލު ފުލުހުން ޓޯކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދުތަކާ ހިލާފުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ބްރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް 2026 ޖުލައި 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި ސައިކަލުތައް 30 ދުވަހުގެ މުއްދަތަށް ޓޯކޮށްފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން މި ފިޔަވަޅު އަޅާފައިވަނީ، ސިނަމާލެ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން ދަނިކޮށެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބައެއް މީހުން ސައިކަލު މަތީގައި އޮށޯވެގެން ތިބެ ބާރު ސްޕީޑުގައި ދުއްވަމުންދެ އެވެ.

މީގެ އިތުރުން، ބްރިޖުގައި ކަނޑައަޅާފައިވާ ސްޕީޑް ލިމިޓަށްވުރެ މާ ބާރަށް، އާންމުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ފަދަ ގޮތަކަށް ސައިކަލުތައް ދުއްވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެ އެވެ.

މިފަދަ ނުރައްކާތެރި އަމަލުތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ. ބްރިޖާއި ހައިވޭ ފަދަ ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.

ސިނަމާލެ ބްރިޖަކީ ގިނަ އަދަދެއްގެ އުޅަނދުތައް ދަތުރުކުރާ ތަނަކަށް ވާއިރު، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން މީގެ ކުރިން ވެސް ބޮޑެތި އެކްސިޑެންޓްތައް ހިނގައި، މީހުންގެ ފުރާނައަށް ގެއްލުންވެފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށާއި، އަމިއްލަ ނަފްސާއި އަނެކުންގެ ސަލާމަތަށް އިސްކަންދިނުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.

މި މައްސަލައިގައި 3 ސައިކަލެއް ޓޯކޮށްފައިވާއިރު، ސައިކަލު ދުއްވި ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ސިނަމާލެ ބުރިޖުމަގުމަތީގެ ސަލާމަތްއެއްގަމު ދަތުރުފަތުރުގެ ޤާނޫނު

އިތުރަށް ކިޔާލަން

25 މެއި 2026

ބުރިޖުމަތީގައި އެމްޓީސީސީގެ ޓެކްސީއަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

25 މެއި 2026
ބުރިޖުމަތީގައި އެމްޓީސީސީގެ ޓެކްސީއަކާއި ޕިކަޕެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
07 މެއި 2026

ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު

07 މެއި 2026
ކުރީގެ ރައީސް ޔާމީނު ދެކެ އެންމެ ލޯބިވާ އެންމެ އަޅާލަން ބޭނުންވާ ބޭފުޅަކީ ރައީސް މުއިއްޒު: މިނިސްޓަރު ސައީދު
03 އެޕްރީލު 2026

ފާއިތުވި ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 56 އެކްސިޑެންޓް ހިނގާފައިވޭ

03 އެޕްރީލު 2026
ފާއިތުވި ހަފުތާގައި މާލެއާއި ބުރިޖާއި ހައިވޭގައި 56 އެކްސިޑެންޓް ހިނގާފައިވޭ
28 މާރިޗު 2026

ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ

28 މާރިޗު 2026
ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ
27 ފެބުރުއަރީ 2026

16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި

27 ފެބުރުއަރީ 2026
16 އަހަރުގެ ކުއްޖާ މަރުވި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ބަންދުން ދޫކޮށްލައިފި
17 ފެބުރުއަރީ 2026

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

17 ފެބުރުއަރީ 2026
އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް
19 ޑިސެމްބަރު 2025

މަގުން ހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާން ޖެހޭ : ހުތުބާ

19 ޑިސެމްބަރު 2025
މަގުން ހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާން ޖެހޭ : ހުތުބާ
29 ނޮވެމްބަރު 2025

ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ

29 ނޮވެމްބަރު 2025
ސިނަމާލެ ބުރިޖު ގެ ހައިވޭ ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަންހެނަކާ ފިރިހެނެކަށް އަނިޔާ ވެއްޖެ
02 ނޮވެމްބަރު 2025

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

02 ނޮވެމްބަރު 2025
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި
22 ސެޕްޓެމްބަރު 2025

ސިނަމާލެ ބްރިޖުގައި ޕިކަޕެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ ފަރުވާ ދެނީ

22 ސެޕްޓެމްބަރު 2025
ސިނަމާލެ ބްރިޖުގައި ޕިކަޕެއް ކޮންޓްރޯލް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ ފަރުވާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް