Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުހައްމަދު މުއިއްޒު

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރި މައްސަލަ އެސީސީގަ ރަޖިސްޓްރީ ކޮށްފި

ބޭރުގެ ކުންފުނިތަކާ ހަވަލުކޮށްގެން ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫޢުތައް ހިންގި ކުންފުނިތަކުން މުޢިއްޒުގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ޑޮލަރު ޖަމާކޮށްފައިވޭ

އަލީ ޝާހީން
އަލީ ޝާހީން | 2 ނޮވެމްބަރު 2025 | އާދީއްތަ 08:22
މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވިއިރު

މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވިއިރު

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި އިރު އަމިއްލަ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކޮށްފި އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2016 މާރިޗުން 2018 ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު، މުޢިއްޒުގެ އަމިއްލަ އެކައުންޓަކަށް ނަގުދު ފައިސާގެ ގޮތުގައި ޖުމްލަ 5،494،804.00 (ފަސްމިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް އައްސަތޭކަ ހަތަރެއް) ރުފިޔަ ޖަމާކޮށްފައިވާކަމަށެވެ.

އޭގެއިތުރުން، ބޭރުގެ ކުންފުނިތަކާ ހަވަލުކޮށްގެން ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫޢުތައް ހިންގި ކުންފުނިތަކުން މުޢިއްޒުގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި، މި ފައިސާ އަކީ މުޢިއްޒުގެ އަމިއްލަ ރޯހައުސްއެއް އެ ކުންފުނިތަކަށް ކުއްޔަށް ދީގެން ލިބނު ފައިސާކަމަށް މުޢިއްޒު ވިދާޅުވެފައި ވީނަމަވެސް، އެއް މުއްދަތެއްގައި އެއްތަނެއް ތިން ކުންފުންޏަކަށް ކުއްޔަށް ނުދެވޭނެތީ، މިއީ އޮޅުވާލުމަށް ދެއްވާފައިވާ ޖަވާބެއް ކަމަށް ބުނާ މައްސަލަ އެއްކަމަށް މައްސަލައިގެ ހުލާސާގައި ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުރިއިރު ހިންގި އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށްވާ ސިނަމާލެ ބްރިޖާއި ގުޅިގެން ގާއިމުކުރި ހައިވޭ ތަރައްގީކުރި ހުނާން ކޮންސްޓްރަކްޝަން ކުންފުނިން 2018 ވަނަ އަހަރުގެ ތެރޭގައި ހަތަރު ފަހަރެއްގެ މަތިން މުއިއްޒުގެ އެކައުންޓަށް ޖުމުލަ 70,499 ޑޮލަރު (1,087,094.58ރ.) އެ ކުންފުނިން ޖަމާކޮށްފައިވާކަން ލިޔެކިއުންތަކުން އެނގެ އެވެ. އަދި މުއިއްޒުގެ އެކައުންޓަށް ޑޮލަރު ވަނުމުގެ ކުރިން އޮކްޓޯބަރު 15, 2017 ގައި ދައުލަތުގެ ބަޖެޓުން ފިނޭންސް މިނިސްޓްރީން ވަނީ ހުނާން ކޮންސްޓްރަކްޝަނަށް 105,950 ޑޮލަރު (1,633,749 ރުފިޔާ) ޖަމާކޮށްފަ އެވެ. މިއީ ވެސް ލިޔެކިއުންތަކުން ފެންނަންހުރި ކަންކަމެވެ.

އޭގެ އިތުރުންވެސް މާލޭގެ މޭޔަރު ކަމާއި މެއި 2021, ގައި ހަވާލުވުމަށް ފަހު ވެސް މި ކުންފުންޏަށް ސިޓީ ކައުންސިލުން ވަނީ މަޝްރޫއެެއް ހަވާލުކޮށްފަ އެވެ. އެގޮތުން, މާލޭ ސިޓީގެ ތާރު އަޅާފައި ހުރި މަގުތަކުގައި ހެދިފައި ހުރި ޕޮޓްހޯލްސް ބައްދަން އެ ކުންފުންޏާ ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށެވެ.

ޑރ. މުހައްމަދު މުއިއްޒުއޭސީސީހައުސިންގް މިނިސްޓްރީސިނަމާލެ ބުރިޖުހުނާން ކޮންސްޓްރަކްޝަން މާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟
11 ޑިސެމްބަރު 2025

ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް: ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

11 ޑިސެމްބަރު 2025
ހައުސިން މިނިސްޓްރީ އިމާރާތު ގައި ރޯވިތާ އަހަރެއް:  ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު