Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުކުރު ހުތުބާ

މަގުން ހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާން ޖެހޭ : ހުތުބާ

މަގުގައި ވިސްނުންތެރިކަމާއި އެކު ޓްރެފިކް ނިޝާންތަކާއި އުސޫލުތަކަށް ތަބާވުމަކީ މުހިންމު ކަމެއް ކަމަށާއި މީހަކަށް ގެއްލުންލިބޭ ކަންކަން ކުރުން އިސްލާމްދީނުގައި މަނާކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 08:44
ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

މަގުން ހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާން ޖެހޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފައި ވެ އެވެ. 

ހުތުބާގައި ބުނެފައި ވަނީ އަހަރެމެން ގެ އަމިއްލަ ނަފުސާއި، އެހެން މީހުންގެ ރައްކާތެރިކަމާއި އަމާންކަމަށް ސަމާލު ވެވޭނީ، މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ނިޢުމަތްތަކު ގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމަށެވެ.  ސިކުނޑި އާއި، ލޮލާއި، ގުނަވަންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

ހުތުބާގައި އިތުރަށް ބުނެފައި ވަނީ  މާތް الله ދެއްވައިފައިވާ ހުރިހައި ނިޢުމަތްތަކަށް އިންސާނާ ޝުކުރުވެރިވާން ޖެހޭ ކަމަށާއި އެކަލާނގެ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކު ގެ ތެރޭގައި އަހަރެމެން ވިސްނައި ފިކުރުކުރުމުގެ ބާރުކަމުގައިވާ ބުއްދި ހިމެނޭ ކަމަށެވެ. ހެޔޮ ގޮތުގައި ވިސްނައި ފިކުރު ކުރުމަކީ، އެ ނިޢުމަތަށް ޝުކުރުކޮށް ޤަދަރުކުރުން ކަމަށް ހުތުބާގައި ބުނެފައި ވެ އެވެ. 

" މުސްލިމް އަޚުންނޭވެ! އެއްގަމާއި، ކަނޑާއި، ވައިގެ ދަތުރުތަކުގައި ވިސްނުންތެރިކަމާ އެކު ލޮލުގެ ބޭނުންހިފާން ޖެހެ އެވެ. އެއްގަމު އުޅަނދުތައް ދުއްވާ މީހުން ދަތުރުފަތުރާ ގުޅޭ ނިޝާންތަކާއި، އުޅަނދު ދުއްވާންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓުރެފިކް ލައިޓުތަކާއި، ޓުރެފިކް ޕޮލިހުގެ އިރުޝާދަށް ތަބަޢަވާން ޖެހޭނެ އެވެ. މަގުހިނގާ މީހުންނާއި، މަގުގެ ބޭނުންކުރާ މީހުން، މަގުމަތީގެ އަދަބުތަކާއި، ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ އެވެ. " ހުތުބާގައި ބުނެފައި ވެ އެވެ.

 އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުމުގެ މުހިންމު ކަމަށް ހުތުބާގައި އަލިއަޅުވާލާފައި ވެ އެވެ. މުދަލާއި، ފަރުދުންނާއި، ޖަމާޢަތުގެ ރައްކާތެރިކަމަށް ޓަކައި، ހެދިފައިވާ ޓްރެފިކް އުސޫލުތަކަށް ވެސް ތަބާވާން ޖެހޭ ކަން ހުތުބާގައި ބަޔާންކޮށްފައި ވެ އެވެ.

"ގެއްލުންދިނުމެއް އަދި ގެއްލުންލިބިގަތުމެއް ވެސް ނުވެއެވެ. މި ޙަދީޘުން ދޭހަވާ ގޮތުގައި، މީހަކަށް ގެއްލުމެއް ވާނެ ކަމެއް ކުރުމަކީ، އިސްލާމް ދީނުގައި މަނާ ކަމެކެވެ. ޓުރެފިކް ޤަވާޢިދާ ޚިލާފުވުމަކީ، އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި، އެހެން މީހުންނަށާއި މުދަލަށް ގެއްލުން ލިބިދާނޭ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ." ހުތުބާގައި ބުނެފައި ވެ އެވެ.

ހުތުބާގައި ބުނެފައި ވަނީ މަގުމަތި، އަމާން ތަނަކަށް ހެދުމަށް ޓަކައި ހުރި އިރުޝާދުތައް ކީރިތި ރަސޫލާ ގެ ސުންނަތުން ފެންނާން އެބަހުރި ކަމަށެވެ. މަގުމަތީގައި މީހަކަށް އުނދަގުލެއްވާ ގޮތަށް، ހުންނަ ތަކެތި އެއްފަރާތް ކޮށްލުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަން ހުތުބާގައި ހަނދާން ކޮށްދީފައި ވެ އެވެ. 

މީގެ އިތުރުން ކަނޑުދަތުރެއް ކަމުގައި ވިއަސް، ވައިގެ ދަތުރެއް ނުވަތަ އެއްގަމުގައި ކުރާ ދަތުރެއްކަމުގައި ވިއަސް ދަތުރުދުޢާ ކިއުމަކީ، ކޮންމެ ދަތުރުވެރިއެއްގެ ވެސް އާދައަކަށް ހަދާން ޖެހޭ ކަމަށް ހުތުބާގައި ބުނެފައި ވެ އެވެ.

އިސްލާމް ދީން ޚުތުބާޓްރެފިކް ގަވައިދުމަގުމަތީގެ ސަލާމަތްޝުކުރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް: ހުތުބާ

އެއްވެސް މީހަކު އަނެކާގެ މުދަލަށް ހައްގަކާ ނުލައި އަރައިގަތުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް: ހުތުބާ

10 އޮކްޓޯބަރު 2025
މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް: ޚުތުބާ

މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުމަކީ ނުރައްކާތެރި ކަމެއް: ޚުތުބާ

18 ޖުލައި 2025
އެކްސިޑެންޓުތަކުގައި އިހުމާލުވުން:  ޕީޖީ އަދި ފުލުހުން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރުމަށް އެދިއްޖެ

އެކްސިޑެންޓުތަކުގައި އިހުމާލުވުން: ޕީޖީ އަދި ފުލުހުން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކުރުމަށް އެދިއްޖެ

17 ޖުލައި 2025
އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

އިސްމާއީލުގެފާނު ދެއްކެވި ކިޔަމަންތެރިކަމުން މިއަދުގެ ޒުވާނުން ނަމޫނާ ލިބިގަނެ، ކިޔަމަންތެރިވާން ޖެހޭ: އީދު ޚުތުބާ

06 ޖޫން 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު