Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިނަމާލެ ބުރިޖު

ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދިރިއުޅޭ މައްސަލަ ބަލަނީ

28 މާރިޗު 2026 | ހޮނިހިރު 07:55

ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރިއިރު، ބައެއް ފަރާތްތަކުން އެ ތަން ބޭނުންކުރާކަން ވަނީ ފާހަގަކުރެވިފައި. މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން ބުނޭ. ބްރިޖް ދަށުގައި ބިދޭސީން ނިދާފައި ތިބޭ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުވުމާ ގުޅިގެން، މިއީ ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާ މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 28 މާރިޗު 2026 | ހޮނިހިރު 07:55
ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދަނީ ދިރިއުޅެމުން. އެތަނުގައި ނިދުމަށް ބޭނުންކުރާ ތަންމައްޗާއި އެހެނިހެން އެއްޗެހި ބަހައްޓާފައި ހުރި.

ސިނަމާލެ ބްރިޖްގެ ދަށުގައި ބިދޭސީން ދަނީ ދިރިއުޅެމުން. އެތަނުގައި ނިދުމަށް ބޭނުންކުރާ ތަންމައްޗާއި އެހެނިހެން އެއްޗެހި ބަހައްޓާފައި ހުރި. | ދުވަސް އެމްވީ

ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ. 

ރާއްޖެއެމްވީ އަށް ފުލުހުން ބުނީ، ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން އެ ތަން ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.  އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ހިންގާފައިވާ ކަމުގެ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށެވެ. 

Advertisement - newsAdvertisement

މިކަން ހުއްޓުވުމަށް ޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ހިމާޔަތްކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

މިފަދަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނަމާލެ ބްރިޖު ސަރަހައްދުގައި ބިދޭސީ ބައެއް މަސައްކަތްތެރިން ދަނީ ދިރިއުޅުމުންނެވެ. 

އެ ތާނގައި ނިދަން ބޭނުންކުރާ ތަންމައްޗާއި ބާލީހުގެ ގޮތުގައި ބޭނުންކުރާ ތަކެތި ހުއްޓެވެ. އަދި ބިދޭސީއެއް ބްރިޖްގެ އަރިމަތީގެ ހުސް ޖާގައެއްގައި  ނިދާފައި އޮތް ފޮޓޯއެއް އާއްމުވެފައިވާއިރު، މި ފޮޓޯއިން އެކަނި ވެސް މާލެސިޓީގައި ބައެއް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެން ޖެހިފައިވާ ދަތި ހާލަތާއި، ބިދޭސީންގެ މައްސަލަ މި މުޖުތަމައުގައި ބޮޑުވެފައިވާ މިންވަރު ހާމަވާ ކަމަށް ހިޔާލު ފާޅު ކުރާ މީހުން ބުނެފައިވެ އެވެ.  

ސިނަމާލެ ބުރިޖުދިވެހި ފުލުހުން

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

27 މާރިޗު 2026

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

27 މާރިޗު 2026
ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
21 މާރިޗު 2026

ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ

21 މާރިޗު 2026
ލ. ހިތަދޫގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭ: އާއިލާ
20 މާރިޗު 2026

އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި

20 މާރިޗު 2026
އަންހެން ދެ ފުލުހުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގިކަމުގެ ކުށް ސާބިތުވެ، 5400 ރުފިޔާއިން ޖޫރިމަނާ ކޮށްފި
19 މާރިޗު 2026

ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

19 މާރިޗު 2026
ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި
15 މާރިޗު 2026

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

15 މާރިޗު 2026
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
15 މާރިޗު 2026

މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި

15 މާރިޗު 2026
މާލޭގައި 2023 ވަނަ އަހަރު މާރާމާރީ ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 7 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި
14 މާރިޗު 2026

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި

14 މާރިޗު 2026
ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާ އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފި
12 މާރިޗު 2026

ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއްގައި 11 މީހަކު ހައްޔަރުކޮށް، ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

12 މާރިޗު 2026
ފުލުހުންގެ ޚާއްސަ އޮޕަރޭޝަންތަކެއްގައި 11 މީހަކު ހައްޔަރުކޮށް، ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
12 މާރިޗު 2026

ސްކޭމްތަކާ ދެކޮޅަށް ކުރިއަށް ގެންދާ އެންމެ ބޮޑު އޮޕަރޭޝަން، '' އޮޕަރޭޝަން ފްރޮންޓިއަރ+ III '' ފެށުން: މެއި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ

12 މާރިޗު 2026
ސްކޭމްތަކާ ދެކޮޅަށް ކުރިއަށް ގެންދާ އެންމެ ބޮޑު އޮޕަރޭޝަން، '' އޮޕަރޭޝަން ފްރޮންޓިއަރ+ III '' ފެށުން: މެއި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ
08 މާރިޗު 2026

ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެއަރޕޯޓުން ހައްޔަރުކުރި ދިވެހި ޒުވާނާ ޝަރީއަތް ނިންމެންދެން ބަންދަށް!

08 މާރިޗު 2026
ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި އެއަރޕޯޓުން ހައްޔަރުކުރި ދިވެހި ޒުވާނާ ޝަރީއަތް ނިންމެންދެން ބަންދަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް