Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ޔަމަން

ސައުދީން ޔަމަނަށް ހަމަލާދީފި، ހޫޘީން ބުނަނީ ބޮޑު އަގަކުން އަގުދައްކަން ޖެހޭނެ ކަމަށް

25 ޖުލައި 2026 | ހޮނިހިރު 04:41

ޔަމަނުގެ ހުދައިދާގައި ހުންނަ ޓެލެކޮމިއުނިކޭޝަން އިމާރާތްތަކަށް ސައުދީން ދިން ހަމަލާތަކަށް ބޮޑު އަގަކުން ބަދަލުދޭން ޖެހޭނެ ކަމަށް ބުނެ ހޫޘީން އިންޒާރު ދީފި. ރަތް ކަނޑުން ދަތުރުކުރާ ބޯޓުތަކަށް ހޫޘީން ހަމަލާދޭނަމަ ރައްދު ހަމަލާ ދޭނެ ކަމަށް ސައުދީ ކޯލިޝަނުން ބުނެފައިވާއިރު، މި ހަމަލާތަކާއެކު ސަރަހައްދީ މަސްރަހު ވަނީ އިތުރަށް ގޯސްވެފައި.

ރާއްޖެ އެމްވީ | 25 ޖުލައި 2026 | ހޮނިހިރު 04:41

ޔަމަނުގެ ހުދައިދާ ސަރަހައްދުގެ އެކި ތަންތަނަށް އަމާޒުކޮށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ހޫޘީންގެ އަސްކަރީ މަރުކަޒުތަކަކަށާއި މުހިންމު ބޭސްތަކަކަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި | ސޯޝަލް މީޑިއާ

އެމެރިކާއާއި އީރާނާ ދެމެދު ސަރަހައްދީ ހަނގުރާމައެއް ހިނގަމުންދާ ދަނޑިވަޅެއްގައި، ޔަމަނުގެ ހޫޘީންގެ ކޮންޓްރޯލް އޮންނަ ހުދައިދާ ސިޓީއަށް ސައުދީ އަރަބިއްޔާއިން ހަމަލާތަކެއް ދީފި ކަމަށް އެ ޖަމާއަތުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ. މިއީ މި ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތައް އިތުރަށް ގޯސްވެގެން ދިޔަ ކަމެކެވެ.

ހުކުރު ދުވަހުގެ ރޭ ދަންވަރު ދިން މި ހަމަލާގެ ސަބަބުން ސައުދީއަށް ބޮޑު އަގަކުން ބަދަލުދޭން ޖެހޭނެ ކަމަށް ބުނެ، ހޫޘީންގެ ފޮރިން މިނިސްޓްރީން ވަނީ އިންޒާރު ދީފަ އެވެ. އަދި މި ހަމަލާއަށް އެ ޖަމާއަތުން ރައްދު ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ އިޝާރާތް ކޮށްފަ އެވެ. "ހުދައިދާއަށް އަމާޒުކޮށް ހަމަލާ ދިނުމުން، ކުރިއަށް އޮތް މަރުހަލާގައި ސައުދީ ސަރުކާރުން މިވަނީ 'ހަމަލާއަކަށް ހަމަލާއެއް' ދިނުމުގެ ސިޔާސަތު ކަނޑައަޅާފައި،" ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހޫޘީންނާ ގުޅުން އޮންނަ އަލް މަސީރާ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ އިމާރާތްތަކަށެވެ. މީގެ އިތުރުން ކަމަރާން އައިލެންޑަށް ވެސް ހަމަލާތަކެއް ދީފައިވާ ކަމަށް އެ މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.

އަލް މަސީރާ ޓީވީން ބުނި ގޮތުގައި، ކަމަރާން އައިލެންޑަށް ދިން ހަމަލާގައި މިހާތަނަށް އެނގިފައިވާ ގޮތުގައި އެކަކަށް ވަނީ އަނިޔާވެފަ އެވެ.

ހުދައިދާގެ ބަނދަރު ސަރަހައްދުން ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވީ ނަމަވެސް، ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ އެ ބަނދަރަށް ހަމަލާދިން ކަމަށް އިންކާރުކޮށްފަ އެވެ.

ބަނދަރު ސިޓީއެއް ކަމަށްވާ ހުދައިދާއަކީ ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޔަމަނުގެ ސަރަހައްދުތަކަށް ބޭނުންވާ މުދާ ފޯރުކޮށްދޭ މައިގަނޑު މަގެވެ. ހޫޘީންގެ ކޮންޓްރޯލް އޮންނަ ޔަމަނުގެ އުތުރުގެ ސަރަހައްދުތަކަށް އެތެރެކުރާ ވިޔަފާރި މުދަލާއި އިންސާނީ އެހީގެ ބޮޑު ބައެއް އެތެރެކުރަނީ މި ބަނދަރު މެދުވެރިކޮށެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވަނީ، މަސްރަހު ގޯސްވުމުގެ ޒިންމާ ހޫޘީން އުފުލަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަތް ކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް ހޫޘީން ދެމުންދާ ހަމަލާތަކަކީ "ބިރުދެއްކުމުގެ އަދި ޒިންމާދާރުކަންކުޑަ" އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ސައުދީ އިސްވެ އޮންނަ ކޯލިޝަނުން "އަޅަންޖެހޭ ހުރިހާ އޮޕަރޭޝަނަލް ފިޔަވަޅުތަކެއް" އަޅަމުންދާނެ ކަމަށް އަލް މާލިކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ. އަދި ހޫޘީން އެމީހުންގެ "ދުޝްމަނުކަމުގެ އަމަލުތައް" ކުރިއަށް ގެންދާނަމަ، އެއްވެސް ޖެހިލުމެއް ނެތި ރައްދު ހަމަލާ ދޭނެ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު، އަންސާރުﷲ ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ހޫޘީން ވަނީ ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ ސައުދީގެ ތެޔޮ އުފުލާ ބައެއް ބޯޓުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. މި ހަމަލާތަކުގައި މަދުވެގެން އެއް ބޯޓަށް ގެއްލުން ލިބިފައިވާއިރު، ހޫޘީން ބުނެފައިވަނީ އެ ބޯޓުތަކުން ހަމަލާދިނީ އޭގެ ދެދުވަސް ކުރިން އެ ޖަމާއަތުން އިއުލާންކުރި ބްލޮކޭޑާ ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ އަމުރާ ޚިލާފުވުމުން ކަމަށެވެ.

ޔަމަންހޫޡީހުދައިދާރަތް ކަނޑުސައުދީ-ޔަމަން

އިތުރަށް ކިޔާލަން

23 ޖުލައި 2026

ތެލުގެ އަގު 100 ޑޮލަރަށް އަރައިފި

23 ޖުލައި 2026
ތެލުގެ އަގު 100 ޑޮލަރަށް އަރައިފި
23 ޖުލައި 2026

އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟

23 ޖުލައި 2026
އީރާނާއި ހޫޘީން ތެޔޮ ޓޭންކަރުތަކަށް ހަމަލާދީފި، އެމެރިކާގެ ބޮން އެޅުން އަދިވެސް ކުރިއަށް: އެންމެ ފަހުން ހިނގީ ކޮންކަމެއް؟
23 ޖުލައި 2026

ހޫޘީން އިން ރަތް ކަނޑުގައި ހަމަލާ ދިނީ އީރާންގެ މަޅީގައި ޖެހިގެން: ރޫބިއޯ

23 ޖުލައި 2026
ހޫޘީން އިން ރަތް ކަނޑުގައި ހަމަލާ ދިނީ އީރާންގެ މަޅީގައި ޖެހިގެން: ރޫބިއޯ
23 ޖުލައި 2026

ސައުދީ އަރަބިއްޔާއަށް ތާއީދުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި

23 ޖުލައި 2026
ސައުދީ އަރަބިއްޔާއަށް ތާއީދުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި
23 ޖުލައި 2026

ހޫޘީން ސައުދީ ޓާގެޓް ތަކަށް ހަމަލާދޭން ފަށައިފި، ތެޔޮޓޭންކަރަކަށް ހަމަލާދީ އަލިފާންރޯވިއްޖެ

23 ޖުލައި 2026
ހޫޘީން ސައުދީ ޓާގެޓް ތަކަށް ހަމަލާދޭން ފަށައިފި، ތެޔޮޓޭންކަރަކަށް ހަމަލާދީ އަލިފާންރޯވިއްޖެ
22 ޖުލައި 2026

ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟

22 ޖުލައި 2026
ހުރްމުޒް އަށް ފަހު ބާބުލް މަންދަބު ބަންދުވުމާއެކު އެޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމަށް އޮތީ ކޮން ގޮތެއް؟
21 ޖުލައި 2026

ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި

21 ޖުލައި 2026
ސައުދީ އަރަބިއްޔާގެ ބަނދަރުތަކަށް މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީން ޝިޕިން ކުންފުނިތަކަށް ދީފި
21 ޖުލައި 2026

ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި

21 ޖުލައި 2026
ޔަމަނުގެ ހޫޘީންގެ ފަރާތުން ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް "ވަގުތުން އަދި ހަރުކަށި" ރައްދު ދޭނެ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި
20 ޖުލައި 2026

ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފި

20 ޖުލައި 2026
ޔަމަނުގެ ހޫޘީން ސައުދީއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާނުކޮށްފި
17 ޖުލައި 2026

އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި

17 ޖުލައި 2026
އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް