Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކަނޑުފޭރުން

އަދަން ކަނޑުން ދަތުރުކުރަމުން ދިޔަ ޓޭންކަރަކަށް ކަނޑުފޭރޭ ބަޔަކު އަރައިފި

ޔަމަނުގެ އަދަން ކަނޑުއޮޅިން ދަތުރުކުރި "އަސާނާ" ނަމަކަށް ކިޔާ ކެމިކަލް ޓޭންކަރަކަށް ސޯމާލިއާގެ ކަނޑުފޭރޭ ގްރޫޕަކުން އަރައި، އެ އުޅަނދު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފި. މި ހާދިސާއާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ނޭވަލް މިޝަނުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު، މިއީ ހޫޘީންނާ ގުޅުންހުރި ހަމަލާއެއް ނޫންކަމަށް ސަލާމަތީ މަސްދަރުތަކުން ބުނޭ

ރާއްޖެ އެމްވީ | 17 ޖުލައި 2026 | ހުކުރު 12:29
ސޯމާލިއާގެ ޕަންޓްލޭންޑް އައްސޭރިފަށުގައި ކަނޑުފޭރޭ މީހުންގެ ހަމަލާތައް އިތުރުވަމުންދާތީ، އެ ސަރަހައްދު ބެލެހެއްޓުމަށް ޕަންޓްލޭންޑް މެރިޓައިމް ޕޮލިސް ފޯސް (ޕީ.އެމް.ޕީ.އެފް) އިން 2024 ޖެނުއަރީ 29 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ

ސޯމާލިއާގެ ޕަންޓްލޭންޑް އައްސޭރިފަށުގައި ކަނޑުފޭރޭ މީހުންގެ ހަމަލާތައް އިތުރުވަމުންދާތީ، އެ ސަރަހައްދު ބެލެހެއްޓުމަށް ޕަންޓްލޭންޑް މެރިޓައިމް ޕޮލިސް ފޯސް (ޕީ.އެމް.ޕީ.އެފް) އިން 2024 ޖެނުއަރީ 29 ވަނަ ދުވަހު ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ | ގެޓީ އިމޭޖަސް

ޔަމަނުގެ ދެކުނު އައްސޭރިފަށުން އަދަން ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ "އަސާނާ" ނަމަކަށް ކިޔާ ކެމިކަލް ޓޭންކަރަކަށް، ހަތިޔާރު އެޅި ބަޔަކު ހުކުރު ދުވަހު އަރައި އެ އުޅަނދު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަނޑުގެ ސަލާމަތީ ކަންކަމާ ބެހޭ މަސްދަރުތަކުން ބުނެފި އެވެ.

ކަނޑުގެ ސަލާމަތީ ކަންކަމާ ބެހޭ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، މިހާތަނަށް ބެލި ބެލުމުން މި ހާދިސާއަކީ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، މިއީ ސޯމާލިއާގެ ކަނޑުފޭރޭ ގްރޫޕަކުން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

އުޅަނދުތައް ޓްރެކްކުރާ ޑޭޓާތަކުން ދައްކާ ގޮތުގައި، ވަކި ގައުމެއްގެ ދިދައެއް ނަގާފައިވާކަން ކަށަވަރުނުވާ މި ކުޑަ ޓޭންކަރު ދަތުރުކުރަމުންދިޔައީ ސޯމާލިއާގެ ބޮސާސޯ ބަނދަރަށެވެ.

ރަތް ކަނޑާއި އަދަން ކަނޑުއޮޅީގައި ހަރަކާތްތެރިވާ ޔޫރަޕިއަން ޔޫނިއަންގެ "އެސްޕައިޑްސް" ނޭވަލް މިޝަންގެ އޮފިޝަލަކު ވިދާޅުވީ، "އަސާނާ" ޓޭންކަރަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހާދިސާ ހިނގައިދިޔަ ގޮތް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ދެކުނު ކޮރެއާގެ މަނަވަރެއް ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެ އޮފިޝަލް ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި އެވެ.

ބްރިޓިޝް މެރިޓައިމް ރިސްކް މެނޭޖްމަންޓް ގްރޫޕް "ވެންގާޑް" އިން ބުނި ގޮތުގައި، އުޅަނދަށް އެރި މީހުންގެ އަދަދާއި، އެމީހުން އުޅަނދަށް އެރި ގޮތުގެ ތަފްސީލުގެ އިތުރުން، އުޅަނދާއި އޭގެ ފަޅުވެރިންގެ މިހާރުގެ ހާލަތެއް އަދި ސާފެއް ނުވެ އެވެ.

ބްރިޓިޝް މެރިޓައިމް ސެކިއުރިޓީ ގްރޫޕް "އެމްބްރޭ" އިން ބުނީ، ހުކުރު ދުވަހުގެ ގްރީނިޗް މީޑިއަން ޓައިމްއިން 06:20 ހާއިރު އެ އުޅަނދުން އެހީއަށް އެދި ސިގްނަލް ފޮނުވާފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގިއިރު އުޅަނދުގައި ހަތިޔާރު އެޅި ސަލާމަތީ ޓީމެއް ނެތް ކަމަށާއި، މި ހަމަލާ ދިނީ ކަނޑުފޭރޭ ގްރޫޕަކުން ކަމަށް ޝައްކުކުރެވޭ ކަމަށް ވެސް އެ ގްރޫޕުން ބުނެފައިވެ އެވެ.

ޝިޕިންގް ޑޭޓާބޭސްތަކުން ދައްކާ ގޮތުގައި މި އުޅަނދު އޮޕަރޭޓް ކުރަނީ މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ "އެކްސަން އެނާޖީ" އިންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެމެރިކާއިން އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދީފި ނަމަ، ރަތް ކަނޑުގެ ތެޔޮ އުފުލާ މަގުތައް ބަންދުކުރުމަށް ތައްޔާރަށް ތިބުމަށް އީރާނުން ހޫތީންނަށް އަންގާފައިވާ ކަމަށް ބުރާސްފަތި ދުވަހު ރޮއިޓާސްއަށް މައުލޫމާތު ލިބިފައިވެ އެވެ. މިއީ ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ ނިޒާމަށް ކުރިމަތިވެފައިވާ އާ ނުރައްކަލެކެވެ.

ބްރިޓިޝް ނޭވީ އެޖެންސީ "ޔޫކޭއެމްޓީއޯ" އިން ހުކުރު ދުވަހުގެ ކުރީކޮޅު ބުނެފައިވަނީ، ޔަމަނުގެ މުކައްލާ ބަނދަރުގެ ދެކުނުން 65 ނޯޓިކަލް މޭލު ބޭރުން، އަދަން ކަނޑުއޮޅިން އިރުމައްޗަށް ދަތުރުކުރަމުންދިޔަ އުޅަނދަކަށް ހުއްދަނެތް ބަޔަކު އަރާފައިވާ ކަމަށެވެ.

ޔަމަންއަދަން ކަނޑުސޯމާލިއާހޫޡީއީރާން-އެމެރިކާކަނޑުފޭރުން

އިތުރަށް ކިޔާލަން

17 ޖުލައި 2026

އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

17 ޖުލައި 2026
އީރާނުގެ ހަމަލާގައި ކުވެއިތުގެ ކަރަންޓު ސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
17 ޖުލައި 2026

ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު

17 ޖުލައި 2026
ބުރާސްފަތި ދުވަހު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ މުދާ އުފުލާ އެންމެ ތިން އުޅަނދު
17 ޖުލައި 2026

އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު

17 ޖުލައި 2026
އެމެރިކާއިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދީފި، އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދީ ބަދަލު ހިފަނީ: އެންމެ ފަހުގެ މައުލޫމާތު
17 ޖުލައި 2026

އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި

17 ޖުލައި 2026
އީރާން އާއެކު ކުރި މަޝްވަރާތަކުން މާލީ މަންފާ ހޯދުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު އެމެރިކާގެ ނައިބު ރައީސް ދޮގުކުރައްވައިފި
17 ޖުލައި 2026

ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް

17 ޖުލައި 2026
ޓްރަމްޕް ހުންނެވީ އީރާން އާއެކު ސިޔާސީ މަޝްވަރާތަކަށް ތައްޔާރަށް
17 ޖުލައި 2026

އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް

17 ޖުލައި 2026
އީރާނުގައި ބަންދުކޮށްފައި ހުރި އެމެރިކާގެ ރައްޔިތަކު މިނިވަންކޮށްފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ހެއްދެވީ އިތުރުފުޅެއް
17 ޖުލައި 2026

އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖުލައި 2026
އީރާނުން ބަހްރައިންގައި ހުރި އެމެރިކާގެ އެއަރބޭސް އަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
16 ޖުލައި 2026

އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު

16 ޖުލައި 2026
އީރާނުގެ ސަރަހައްދުތަކަށާއި ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީފި، ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަމާޒުތަކަށް ތެހެރާނުން ހަމަލާދީފި: އެންމެ ފަހުގެ މައުލޫމާތު
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފިކަން އީރާނުން ބުނެފި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު