މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ އިމާރާތެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް މުއިއްޒު
24 ޖުލައި 2026 | ހުކުރު 13:42ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްސެލް ކޮމްޕްލެކްސްއަކާއި ނެޓްބޯޅަ ކޮމްޕްލެކްސްއެއް އެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭގެ ސަލްޓަން ޕާކުގައި އިންޑޯ ގޭމް ސެންޓަރެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ރައީސް ފާހަގަކުރެއްވި.

ދަ ޕަލްސް: އެޕިސޯޑް 5 ގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް
މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ ބައިނަލް އަގުވާމީ ފެންވަރުގެ ސްޓޭޑިއަމް އެއް ހެދުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފައްދާ ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް" ގެ 5 ވަނަ އެޕިސޯޑައި ހުކުރު ދުވަހު ދެއްކެވި ވާހަކައިގަ އެވެ.
މުއިއްޒު ވިދާޅުވީ ފުޓްސެލް އަކީ ރާއްޖޭގައި އެންމެ ގިނައިން ކުޅޭ ކުޅިވަރު ކަމަށްވާއިރު މާލޭގައި ފުޓްސެލް ދަނޑުތައް ވަރަށް މަދު ކަމުގަ އެވެ. އެހެން ކަމުން އެކަން ހައްލު ކުރުމަށް މަތިމައްޗަށް ފުޓްސެލް ދަނޑުތައް ހުންނަ އިމާރާތެއް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމުގަ އެވެ. އަދި އެކަމަށް ބޭނުންވާ ބިމާއި ފައިސާ ހަމަޖެހި އެ މަސައްކަތް ހަވާލުކުރެވިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ އެތަން ވެގެންދާނީ ބައިނަލް އަގްވާމީ ފެންވަރުގެ ސްޓޭޑިއަމްއަކަށް ކަމުގަ އެވެ.
"މިހާރުވަނީ ބިން ހަވާލު ކުރެވި މަސައްކަތް ފެށިފައި، އެތަނަކީ ބައިނަލް އަގްވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ފެންވަރުގެ ސްޓޭޑިއަމް އަކާ އެކީ ހެދޭތަނެއް، ޓްރޭނިން ޕިޗު ތަކާ އެއްކޮށް ހުންނަ ފުޓްސެލް ކޮމްޕްލެކްސް އެއް މިއަޅަނީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، ހަމަ އެކަހަލަ ކޮމްޕްލެކްސް އެއް ނެޓްބޯޅަ ކުޅެންވެސް ހުޅުމާލޭގައި ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރިއަށް ގެންދާ ކަމުގަ އެވެ.
"ހުރިހާ ކަމެއް ހަމަޖެހި، ބިން ހަމަޖެހި، ފައިސާ ހަމަޖެހި، މަސައްކަތް ހަވާލު ކުރެވިފައި އެހުރީ."
މުއިއްޒު ވިދާޅުވީ އިންޑޯ ގޭމްސެންޓަރެއް ސަލްޓަންޕާކުގައި، ކުރިން ސުނޯ ޕާކު ހުރި ތަނުގައި ހެދުމަށް ނިންމާ، އެތަން ޑިޒައިން ކުރުމުގެ މަރުހަލާގައި އޮތް ކަމުގަ އެވެ.







