Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެކުނު އެފްރިކާ

ސޯފާ އަކާ ގުޅޭ މައްސަލަ އެއްގައި ދެކުނު އެފްރިކާގެ ރައީސް މަގާމުން ދުރުކުރުމަށް ޕާލަމަންޓުން ކުރިއަށްގެންދާ އިތުބާރު ނެތްކަމުގެ މައްސަލަ ވަގުތީގޮތުން ހުއްޓާލުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި

24 ޖުލައި 2026 | ހުކުރު 12:03

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާގެ ފާމަކުން ގިނަ އަދަދެއްގެ ފައިސާ ފެނުނު މައްސަލައިގައި ކުރިއަށްގެންދާ އިމްޕީޗްމަންޓް އަޑުއެހުންތައް، ކޯޓުން ވަކި ގޮތެއް ނިންމަންދެން މަޑުޖައްސާލުމަށް އެ ގައުމުގެ ހައިކޯޓުން ވަނީ އަމުރުކޮށްފައި. މި ނިންމުމާއެކު ރާމަފޯސާއަށް ސިޔާސީ ގޮތުން ބޮޑު ލުޔެއް ލިބިފައިވާއިރު، އޭނާ ނިސްބަތްވާ އޭއެންސީ ޕާޓީގެ ތާއީދު އަދިވެސް އޮތުމުން ވެރިކަން ދިފާއުކުރެވޭނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރޭ

ރާއްޖެ އެމްވީ | 24 ޖުލައި 2026 | ހުކުރު 12:03
ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ | ގެޓީ އިމޭޖަސް

ދެކުނު އެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ މަގާމުން ދުރުކުރުމަށް ޕާލަމަންޓުން ކުރިއަށްގެންދާ އިމްޕީޗްމަންޓް މަރުހަލާ ވަގުތީގޮތުން ހުއްޓާލުމަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.

މިއީ ރާމަފޯސާގެ އަމިއްލަ ފާމެއްގައި ހުރި ސޯފާ އަކުން ގިނަ އަދަދެއްގެ ފައިސާ ފެނުނު "ފާމްގޭޓް" ގެ ނަމުން މަޝްހޫރުވެފައިވާ ކޮރަޕްޝަންގެ ހާދިސާއާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ.

ވެސްޓަން ކޭޕް ހައިކޯޓުން ރާމަފޯސާއަށް ދިން މި "ވަގުތީ އަމުރު" ގެ ދަށުން، އިމްޕީޗްމަންޓް ކޮމިޓީން ބާއްވަން އުޅުނު އާންމު އަޑުއެހުންތައް ކުރިއަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ. މި އަމުރު ނެރުނީ، ރާމަފޯސާ އިސްވެ ހުންނަވައި ބޮޑެތި ގާނޫނީ އުސޫލުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް 2022 ވަނަ އަހަރުގެ ރިޕޯޓެއްގައި ބުނެފައިވާ ބުނުމުގެ ސައްހަކަމާ މެދު އޭނާ ކޯޓުގައި ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގަ އެވެ. ހުކުރު ދުވަހު ފަނޑިޔާރު އެންޑްރޭ ލެ ގްރޭންޖް އިއުލާނުކުރެއްވި ގޮތުގައި، ރައީސް ހުށަހަޅުއްވާފައިވާ މައްސަލައަށް ކޯޓުން ވަކި ގޮތެއް ނިންމަންދެން، އާންމުކޮށް ހުޅުވާލައިގެން ބާއްވާ އިމްޕީޗްމަންޓް އަޑުއެހުންތައް ކުރިއަށް ގެންދިއުން ވަނީ މަނާކޮށްފަ އެވެ.

"ފާމްގޭޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި މައްސަލައަކީ ރާމަފޯސާގެ ފާމެއްގައި ހުރި ސޯފާއެއްގެ ތެރޭގައި ފޮރުވާފައި ހުރި ބައި މިލިއަން ޑޮލަރާ ގުޅޭ މައްސަލައެކެވެ. މި ހާދިސާގެ ސަބަބުން 2022 ވަނަ އަހަރުގެ ފަހުކޮޅު، އޭނާ ނިސްބަތްވާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ ލީޑަރުކަން ގެއްލުމާ ގާތަށް ދިޔައެވެ. މީގެ އިތުރުން، އެ ޕާޓީގެ ތެރޭގައި ކޮރަޕްޝަން އޮތް ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، 2024 ވަނަ އަހަރުގެ މޭ މަހު ބޭއްވި އިންތިޚާބުގައި އޭއެންސީއަށް ވަނީ ޕާލަމަންޓުގެ އަޣުލަބިއްޔަތު ގެއްލިފަ އެވެ. މިއީ ދެކުނު އެފްރިކާ އަށް ޑިމޮކްރަސީ ގެނައި ޕާޓީގެ ގޮތުގައި ބެލޭ ޕާޓީ އަށް މިހާތަނަށް ކުރިމަތިވި އެންމެ ވާދަވެރި އިންތިޚާބެވެ.

މި މައްސަލައިގައި އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރާމަފޯސާ އަބަދުވެސް ވިދާޅުވަމުން، މަގާމުން އިސްތިއުފާ ދެއްވުމަށްވެސް އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ. ހާމަ ނުކޮށް ގެންގުޅުނު ބޭރު ފައިސާތަކެއްގެ މައްސަލަ ފެންމަތިވީ، 2020 ވަނަ އަހަރު އެ ފައިސާތައް ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ރައީސް ރާމަފޯސާ ވިދާޅުވާ ގޮތުގައި، އުތުރުގެ ލިމްޕޯޕޯ ޕްރޮވިންސްގައި ހުންނަ އޭނާގެ ބޮޑު ފާމްހައުސްގައި ފޮރުވާފައި ހުރި 580،000 ޑޮލަރަކީ ބަފަލޯ ވިއްކައިގެން ލިބުނު ފައިސާ އެވެ. ނަމަވެސް، ސޯފާ އެއްގެ ތެރެއަށް އެހާ ގިނަ އަދަދެއްގެ ފައިސާ ޖަހާފައި ހުރި ސަބަބާ މެދު ސުވާލު އުފެދި، މި ހާދިސާގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ހުކުރު ދުވަހުގެ މި ނިންމުމަކީ ރާމަފޯސާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، މި މައްސަލައިގައި އޭނާ ޖަވާބުދާރީވާން ޖެހޭނެ ކަމަށް މިނިވަން ޕެނަލަކުން ނިންމި ނިންމުމާ ދެކޮޅަށް އޭނާ ހުށަހަޅާފައިވާ އެހެން މައްސަލައެއްގެ ހުކުމަށް ވެސް އޭނާ މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ރައީސް ރާމަފޯސާގެ ތަރުޖަމާނު ވިންސެންޓް މަގްވެންޔާ ވިދާޅުވި ގޮތުގައި، ރައީސް ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރައްވައެވެ.

މަގްވެންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަދުލު އިންސާފުގެ މިނިވަންކަމާއި ބާރުތައް ވަކިވެފައި އޮތުމަށް ރައީސް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި ޖަވާބުދާރީވުމުގެ މަރުހަލާތަކަށް ރައީސް އެއްބާރުލުން ދެއްވައި، އެކަންކަމަށް ތަބާވެވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސިޔާސީ ދިރާސާވެރިން ލަފާކުރާ ގޮތުގައި، އިމްޕީޗްމަންޓް މަރުހަލާ ރަސްމީކޮށް ފެށި، އޭނާ މަގާމުން ދުރުކުރުމާ މެދު ވޯޓަކަށް ދިޔަ ނަމަވެސް، ރާމަފޯސާ ވެރިކަމުގައި ދެމިހުންނަވާނެ އެވެ.

ސަބަބަކީ، ކޯލިޝަން ސަރުކާރެއްގެ ލީޑަރުކަން ކުރާ އަދި ގައުމުގެ އެންމެ ބޮޑު ޕާޓީ ކަމަށްވާ އޭއެންސީގެ ތާއީދު އަދިވެސް ރާމަފޯސާއަށް އޮތުމެވެ. ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކުގެ ގާތްގަނޑަކަށް 40 އިންސައްތަ ހިއްސާކުރަނީ އޭއެންސީންނެވެ. ނަމަވެސް، އިމްޕީޗްމަންޓް ވޯޓެއްގައި އޭއެންސީގެ ކޯލިޝަން ބައިވެރިން އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.

މަސްދަރު: އޭއެފްޕީ

ސައުތު އެފްރިކާސިރިލް ރާމަފޯސާ

އިތުރަށް ކިޔާލަން

11 ޖުލައި 2026

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026
ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ
30 ޖޫން 2026

ސައުތު އެފްރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެ ގައުމުން ބޭރުކުރުމަށް ގޮވާލައި، އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަން ފަށައިފި

30 ޖޫން 2026
ސައުތު އެފްރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އެ ގައުމުން ބޭރުކުރުމަށް ގޮވާލައި، އެ ގައުމުގެ ބޮޑެތި ސިޓީތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާކުރަން ފަށައިފި
23 ޖޫން 2026

ޒެމްބިއާގެ ކުރީގެ ރައީސް ލުންގޫ އަވަހާރަވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އޭނާގެ ހަށިކޮޅު ވަޅުލާނެ ތަނަކާ މެދު އުފެދިފައިވާ ގާނޫނީ ހަނގުރާމައިގައި އާއިލާއަށް ކާމިޔާބުވެއްޖެ

23 ޖޫން 2026
ޒެމްބިއާގެ ކުރީގެ ރައީސް ލުންގޫ އަވަހާރަވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އޭނާގެ ހަށިކޮޅު ވަޅުލާނެ ތަނަކާ މެދު އުފެދިފައިވާ ގާނޫނީ ހަނގުރާމައިގައި އާއިލާއަށް ކާމިޔާބުވެއްޖެ
12 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު

12 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު
08 ޖޫން 2026

ދެކުނު އެފްރިކާގެ ރައީސްގެ "ކޭޝް-އިން-ދަ-ސޯފާ" މައްސަލަ: ނިމުމަކަށް ނައިސް ދިގުލައިގެންދާ ބޮޑު މައްސަލައެއް

08 ޖޫން 2026
ދެކުނު އެފްރިކާގެ ރައީސްގެ "ކޭޝް-އިން-ދަ-ސޯފާ" މައްސަލަ: ނިމުމަކަށް ނައިސް ދިގުލައިގެންދާ ބޮޑު މައްސަލައެއް
21 ފެބުރުއަރީ 2026

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އެންމެ ހަގު ފިރިހެން ދަރިފުޅު، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

21 ފެބުރުއަރީ 2026
ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ އެންމެ ހަގު ފިރިހެން ދަރިފުޅު، މީހަކު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި
31 ޖެނުއަރީ 2026

ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި

31 ޖެނުއަރީ 2026
ދެކުނު އެފްރިކާ އިން އިޒްރޭލުގެ ސަފީރު ބޭރުކޮށްލައިފި
10 ޖެނުއަރީ 2026

ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި

10 ޖެނުއަރީ 2026
ރަޝިޔާ، އީރާން، ޗައިނާ އާ ގުޅިގެން ކުރިއަށްގެންދާ ކަނޑުގެ އަސްކަރީ ތަމްރީނުތަކަކީ "ކޮންމެހެން ބޭނުންތެރި" ކަމެއް ކަމަށް ބުނެ ދެކުނު އެފްރިކާ އިން އެ ތަމްރީން ތައް ދިފާޢުކޮށްފި
09 ޖެނުއަރީ 2026

ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ

09 ޖެނުއަރީ 2026
ދުނިޔޭގެ ސިޔާސީ މަސްރަހް ނުތަނަވަސްވެފައި ވަނިކޮށް ޗައިނާ، ރަޝިޔާ އަދި އީރާނުގެ މަނަވަރުތައް ދެކުނު އެފްރިކާ އަށް ޖަމާވެއްޖެ
21 ޑިސެމްބަރު 2025

ދެކުނު އެފްރިކާ ގައި ބަޑިޖަހާ 9 މީހުން މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ، ބަޑިޖެހި މީހުން ފުލުހުން ހޯދަނީ

21 ޑިސެމްބަރު 2025
ދެކުނު އެފްރިކާ ގައި ބަޑިޖަހާ 9 މީހުން މަރުވެ، 10 މީހުން ޒަޚަމް ވެއްޖެ، ބަޑިޖެހި މީހުން ފުލުހުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް