Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ވޯލްޑް ކަޕް ގައި ކުޅުނު ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އުމުރުން 25 އަހަރުގެ ޖޭޑަން އެޑަމްސް މަރުވެފައި އޮއްވާ ފެނިއްޖެ

11 ޖުލައި 2026 | ހޮނިހިރު 15:58

ދެކުނު އެފްރިކާގެ ގައުމީ ޓީމުގެ އުންމީދީ މިޑްފީލްޑަރު ޖޭޑަން އެޑަމްސް ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން، އެ ގައުމުގެ ކުޅިވަރު މިނިސްޓަރާއި ފީފާގެ ރައީސް ހިތާމަ ފާޅުކުރައްވައިފި. ކޭޕް ޓައުންގެ ގެއެއްގެ ތެރެއިން އޭނާ މަރުވެފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިއީ އެ ގައުމުގެ ފުޓްބޯޅައަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ގެއްލުމެއް.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 15:58
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން، ދެކުނު އެފްރިކާގެ ޖާޒީ ނަންބަރު 23 ޖޭޑަން އެޑަމްސް ބޯޅަ ހިފައިގެން ދުވަނީ. 2026 ޖޫން 11 ވީ ބުރާސްފަތި ދުވަހު ކުޅުނު މި މެޗު އޮތީ މެކްސިކޯގެ މެކްސިކޯ ސިޓީގައި ހުންނަ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން، ދެކުނު އެފްރިކާގެ ޖާޒީ ނަންބަރު 23 ޖޭޑަން އެޑަމްސް ބޯޅަ ހިފައިގެން ދުވަނީ. 2026 ޖޫން 11 ވީ ބުރާސްފަތި ދުވަހު ކުޅުނު މި މެޗު އޮތީ މެކްސިކޯގެ މެކްސިކޯ ސިޓީގައި ހުންނަ މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި. | ގެޓީ އިމޭޖަސް

މި އަހަރުގެ ވޯލްޑް ކަޕް ގައި ބައިވެރިވި ދެކުނު އެފްރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް އުމުރުން 25 އަހަރުގައި މަރުވެއްޖެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ދެކުނު އެފްރިކާ ކުޅުނު ތިން މެޗުގައިވެސް އެޑަމްސް ވަނީ ކުޅެފަ އެވެ. މުބާރާތުގެ ގަދަ 32 ގެ ބުރުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އަތުން ބަލިވުމުގެ ކުރިން، ދެކުނު އެފްރިކާ ވަނީ މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފަ އެވެ.

ދެކުނު އެފްރިކާގެ މިނިސްޓަރ އޮފް ސްޕޯޓްސް، އާޓްސް އެންޑް ކަލްޗަރ ގޭޓަން މެކެންޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޖޭޑަން އެޑަމްސް ވަކިވެދިޔަ ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއި ކުއްލި ސިހުމަކާއެކު ކަމަށެވެ.

މެކެންޒީ އިތުރަށް ވިދާޅުވީ، ދެކުނު އެފްރިކާގެ ފުޓްބޯޅައަށް ލިބުނު އެންމެ އުންމީދީ ޒުވާން ހުނަރުވެރިންގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށާއި، އެކަޑަމީގެ އުންމީދީ ކުޅުންތެރިއަކުން ފެށިގެން ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް އޭނާ ވެގެންދިޔަ މަންޒަރު ބަލަން ތިބި އެތައް މިލިއަން ސަޕޯޓަރުންނާއި، އޭނާގެ އާއިލާއާއި ޓީމުގެ ކުޅުންތެރިންނާއެކު މުޅި ގައުމު މިއަދު ހިތާމަކުރާ ކަމަށެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި، ޖޫން މަހުގެ 18 ވީ ބުރާސްފަތި ދުވަހު އެޓްލާންޓާ ސްޓޭޑިއަމްގައި ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން، ދެކުނު އެފްރިކާގެ ޖޭޑަން އެޑަމްސް (ޖާޒީ ނަންބަރު 23) ބޯޅަ ފާސްކުރަން މަސައްކަތް ކުރަނީ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް އޭގައި، ޖޫން މަހުގެ 18 ވީ ބުރާސްފަތި ދުވަހު އެޓްލާންޓާ ސްޓޭޑިއަމްގައި ޗެކިއާ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން، ދެކުނު އެފްރިކާގެ ޖޭޑަން އެޑަމްސް (ޖާޒީ ނަންބަރު 23) ބޯޅަ ފާސްކުރަން މަސައްކަތް ކުރަނީ. | ގެޓީ އިމޭޖަސް

ދެކުނު އެފްރިކާގެ ފުލުހުން ބުނި ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކޭޕް ޓައުންގެ މެދުތެރޭ ސަރަހައްދެއް ކަމަށްވާ ޝޮޓްޝެކްލޫފްގެ ގެއެއްގެ ތެރެއިން 25 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން، އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މިނިސްޓަރު މެކެންޒީ އިތުރަށް ވިދާޅުވީ، ޖޭޑަން މަރުވި ސަބަބު އަދި ކަށަވަރުވެފައި ނުވާތީ، އޭނާގެ އާއިލާއަށާއި މަމެލޯޑީ ސަންޑައުންސް ކްލަބަށް މި ދަތި ވަގުތުގައި އިހުތިރާމް ކުރުމަށާއި، އެކި ކަހަލަ ތޯތޯ ވާހަކަތައް ނުފެތުރުމަށް މީޑިއާތަކާއި އާންމު ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި މިކަމާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް އޮތް ނަމަ، ކަމާބެހޭ ފަރާތްތަކުން އެ މައުލޫމާތު ހާމަކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް އޭގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗު ފެށުމުގެ ދެތިން ގަޑިއިރެއް ކުރިން އޭނާގެ މާމަ މަރުވި ޚަބަރު ލިބުނު ނަމަވެސް، އެޑަމްސް ވަނީ އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.

ދެކުނު އެފްރިކާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން ބުނީ، 2022 ވަނަ އަހަރު ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެދިން އެޑަމްސް ކުއްލި ގޮތަކަށް ވަކިވެދިއުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އެ ޔޫނިއަނުން ފާހަގަކުރި ގޮތުގައި، ޖޭޑަން އެޑަމްސް ވަނީ ދާދި ފަހުން ބޭއްވި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ ތަމްސީލުކޮށް، މުޅި ގައުމުގެ އުންމީދުތައް ފަޚުރުވެރިކަމާއި ހިތްވަރާއެކު އުފުލާފަ އެވެ.

އޭނާގެ ވަކިވުމަކީ އޭނާގެ އާއިލާއަށާއި، ޓީމުގެ ކުޅުންތެރިންނަށާއި، ކްލަބްތަކުގެ އިތުރުން މުޅި ފުޓްބޯޅަ އާއިލާއަށާއި ގައުމަށްވެސް ލިބުނު އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެކެވެ.

ދެކުނު އެފްރިކާގެ ފުޓްބޯޅައަށް މިއަދު ގެއްލިގެން އެދިޔައީ ހުނަރުވެރި ކުޅުންތެރިއެއްގެ އިތުރުން، ކުޅިވަރަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެމުންދިޔަ، އަދި ކުރިމަގުގައި ގައުމަށް ގިނަ ކަންތައްތަކެއް ކޮށްދެވެން އޮތް ޒުވާން ފުރާނައެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެޑަމްސް އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ސްޓެލެންބޮޝް އެފްސީންނެވެ. އޭގެ ފަހުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު މަމެލޯޑީ ސަންޑައުންސްއަށް ބަދަލުވެ، އޭނާ ވަނީ އެ ޓީމާއެކު ލީގު ތައްޓާއި އެފްރިކަން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އޭނާ ވަނީ 2023 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދަތުރުކުރި ދެކުނު އެފްރިކާގެ ސްކޮޑުގައިވެސް ހިމެނިފަ އެވެ. އޭގެ ފަހުން ހޫގޯ ބްރޫސްގެ އިރުޝާދުގެ ދަށުން ވޯލްޑް ކަޕަށް ދިޔަ ޓީމުގައި ހިމެނި، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، ދެކުނު އެފްރިކާގެ ތާރީޚީ ވޯލްޑް ކަޕް ކެމްޕޭނުގައި ބައިވެރިވިތާ މަދު ހަފުތާތަކެއްގެ ތެރޭގައި، އެ ގައުމުގެ މިޑްފީލްޑަރު ޖޭޑަން އެޑަމްސް މަރުވި ޚަބަރު އެއްސެވީ ނުހަނު ހިތާމައާއެކު ކަމަށެވެ.

މަސްދަރު: ބީބީސީ

ޖޭޑަން އެޑަމްސްސައުތު އެފްރިކާފީފާ ވޯލްޑް ކަޕްފުޓްބޯޅަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޖުލައި 2026

ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ

11 ޖުލައި 2026
ފްރާންސް ބަލި ކުރުމުގެ ޤާބިލުކަން ސްޕެއިންގައި އެބަ އޮތް: ފުއެންޓޭ
11 ޖުލައި 2026

އެމެރިކާ އާއި މެކްސިކޯ މުބާރާތުން ކެޓުމުން ވޯލްޑް ކަޕް ޓިކެޓް އަގުތައް ދަށަށް

11 ޖުލައި 2026
އެމެރިކާ އާއި މެކްސިކޯ މުބާރާތުން ކެޓުމުން ވޯލްޑް ކަޕް ޓިކެޓް އަގުތައް ދަށަށް
11 ޖުލައި 2026

ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން

11 ޖުލައި 2026
ޓުޗެލް ދެކޭ ގޮތުގަައި އިންގްލެންޑަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލަންޑް ހުއްޓުވުން
11 ޖުލައި 2026

މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ

11 ޖުލައި 2026
މެސީ އަށް އިތުބާރު ކުރަން، ޓީމު އޮތީ ރަނގަޅު ހިތްވަރެއްގައި: ސްކަލޯނީ
11 ޖުލައި 2026

ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް

11 ޖުލައި 2026
ފަހު ވަގުތު ބެލްޖިއަމް ބަލިކޮށް، ސްޕެއިން ސެމީ ފައިނަލް އަށް
10 ޖުލައި 2026

ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ

10 ޖުލައި 2026
ސްޕެއިން އާއި ބެލްޖިއަމް: ވޯލްޑް ކަޕް ކުއާޓާ ފައިނަލް – ލަފާކުރުންތަކާއި، މެޗު ފަށާ ގަޑި އަދި ފުރަތަމަ އެގާރަ
10 ޖުލައި 2026

މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް

10 ޖުލައި 2026
މޮރޮކޯ ބަލިކޮށް ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް އަށް
09 ޖުލައި 2026

އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ

09 ޖުލައި 2026
އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބު ކޮށްފި ނަމަ، ސަރުކާރު ބަންދު ކުރަނީ
09 ޖުލައި 2026

ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް

09 ޖުލައި 2026
ފްރާންސް ބަލިކުރެވޭނެ ބަޔަކު އެބަތިބިތޯ ކުރެވޭ ސުވާލަށް ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކުގެ ބަސް
09 ޖުލައި 2026

ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް

09 ޖުލައި 2026
ރެފްރީންނަށް އިތުބާރު ކުރަން، ވާދަވެރިންނަކީ މޮރޮކޯ: ޑެޝޯމްޕްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް