Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ-ބަންގްލަދޭޝް

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026 | ހުކުރު 03:32

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ވަޒީރުގެ މި ދަތުރުފުޅުގައި، ރާއްޖެއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށާއި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 03:32
ތުރުކީވިލާތުގެ އަންކާރާގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުއްރަޙްމާން ނޫސްވެރިންނާ ބައްދަލުކުރައްވަނީ.

ތުރުކީވިލާތުގެ އަންކާރާގައި ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުއްރަޙްމާން ނޫސްވެރިންނާ ބައްދަލުކުރައްވަނީ. | ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުއްރަޙްމާން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ހާމަ ކޮށްފި އެވެ.

ފިލިޕީންސާއި ދިވެހިރާއްޖެ ހިމެނޭހެން ކުރައްވާ މިދަތުރުފުޅަކީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ އެމަނިކުފާނު ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރައްވާ މުހިންމު މަސައްކަތްތަކެއް ހިމެނޭ ދަތުރުފުޅެކެވެ.

މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވަނީ، ޚަލީލުއްރަޙްމާން ޖުލައި މަހުގެ 23 ވަނަ ދުވަހު ފިލިޕީންސްގެ މެނީލާއަށް ވަޑައިގަންނަވާނީ 33 ވަނަ އާސިއާން ރީޖަނަލް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެއަށްފަހު އެމަނިކުފާނު ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ޚަލީލުއްރަޙްމާން އިންތިޚާބުވެވަޑައިގަތީ ޖޫން މަހުގެ 2 ވަނަ ދުވަހު ބޭއްވި އިންތިޚާބުގަ އެވެ. އެ އިންތިޚާބުގައި ސައިޕްރަސްގެ ކެންޑިޑޭޓް އެންޑްރިއަސް އެސް. ކަކޫރިސްއާ ވާދަކުރައްވައި، ޚަލީލުއްރަޙްމާން ކާމިޔާބު ހޯއްދެވީ 99 ވޯޓު ހޯއްދަވައިގެންނެވެ.

ދިވެހިރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އދ. އާއި ބައިނަލްއަގުވާމީ އެހެނިހެން ފޯރަމްތަކުގެ ތެރެއިން ސަރަހައްދީ މައްސަލަތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންނެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ބަންގްލަދޭޝްގެ ޚާރިޖީ ނުފޫޒު ވަރުގަދަކުރުމަށާއި، އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގެ ޒަރީއާއިން ދުނިޔޭގެ ނިޒާމު ހިންގުމުގައި އެ ގައުމުގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

ޚަލީލުއްރަޙްމާންދިވެހިރާއްޖެބަންގްލަދޭޝްދިވެހިރާއްޖެ-ބަންގްލަދޭޝް

އިތުރަށް ކިޔާލަން

09 ޖުލައި 2026

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

09 ޖުލައި 2026
ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!

05 ޖުލައި 2026
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!
03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
29 ޖޫން 2026

ހަސީނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި މިއަހަރު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ!

29 ޖޫން 2026
ހަސީނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ގޮންޖައްސަވައި މިއަހަރު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ!
28 ޖޫން 2026

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ ބިދޭސީއަކު ބަންދުކޮށްފި

28 ޖޫން 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ހައްޔަރުކުރި ދެ ބިދޭސީއަކު ބަންދުކޮށްފި
26 ޖޫން 2026

އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު

26 ޖޫން 2026
އެމްޑީޕީއަކީ މުއައްސަސާއެއްގެ ގޮތުގައި ހިނގާ ހަމައެކަނި ޕާޓީ، ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރާނެ: އަލީ ނިޔާޒު
26 ޖޫން 2026

އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު

26 ޖޫން 2026
އެމްޑީޕީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން: ސޯލިޙު
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
25 ޖޫން 2026

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ

25 ޖޫން 2026
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރި ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފް ހަރަކާތްތެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް