Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝެއިހް ހަސީނާ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ

14 ޖުލައި 2026 | އަންގާރަ 11:31

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ރާވަމުންދާއިރު، އޭނާ ހައްޔަރުކޮށް ޖަލަށްލާނެ ކަމުގެ އިންޒާރު މިހާރުގެ ސަރުކާރުން ވަނީ ދީފައި. މުޒާހަރާތަކާ ގުޅިގެން ހިންގި ލޭއޮހޮރުވުންތަކުގެ މައްސަލައިގައި ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާއިރު، އޭނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝްއިން ވަނީ އިންޑިއާގައި ރަސްމީކޮށް އެދިފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 11:31
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި 2024 ޖޫން 22 ވީ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އެކުގައި ވަޑައިގަންނަވަނީ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި 2024 ޖޫން 22 ވީ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އެކުގައި ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

ބަންގްލަދޭޝްގެ މަގާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިންޑިއާއިން އެނބުރި ގައުމަށް ވަޑައިގަތުމުން ޖަލަށްލާނެ ކަމަށް އެ ގައުމުގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.

ސަރުކާރާ ދެކޮޅަށް ކުރި ވަރުގަދަ އަދި ލޭއޮހޮރުވުން ބޮޑު މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝް ދޫކޮށް ފިއްލަވައިގެން ވަޑައިގަތްތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، އަންނަ ޑިސެމްބަރު މަހު ވެރިރަށް ޑާކާއަށް އެނބުރި ވަޑައިގަތުމަށް ހަސީނާ އާއި މިހާރު މަނާކޮށްފައިވާ އަވާމީ ލީގު ޕާޓީގެ މެންބަރުން ރާވަމުންދާ ކަމަށް އޭނާ މި ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ.

ބަންގްލަދޭޝްގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ހަސީނާ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ގައުމުން ފިއްލަވައިގެން ވަޑައިގަތުމަށްފަހު ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގެ ނިއު ދިއްލީގަ އެވެ. އޭނާގެ ދަރިފުޅު މީގެ ކުރިން "ދަ އިންޑިޕެންޑެންޓް" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އިންޑިއާގެ ބާރުވެރި ފަރާތްތަކާ ގާތް ގުޅުމެއް ބާއްވަމުންދާ ހަސީނާއާ މެދު އެ ގައުމުން އަމަލުކުރަނީ "ދައުލަތެއްގެ ވެރިއަކާ" މެދު އަމަލުކުރާ ފަދަ އިހުތިރާމަކާއެކު ކަމަށެވެ. އުމުރުން 78 އަހަރުގެ ހަސީނާގެ މައްޗަށް މަރުގެ ހުކުމެއް އިއްވާފައިވާއިރު، އދ. އިން ހާމަކޮށްފައިވާ ގޮތުގައި މަދުވެގެން 1،400 މީހުން މަރުވި މުޒާހަރާތަކަށްފަހު އޭނާގެ ޕާޓީ ވަނީ ބަންގްލަދޭޝްގައި މަނާކޮށްފަ އެވެ.

ބަންގްލަދޭޝްގެ ފޮރިން އެފެއާޒް ސްޓޭޓް މިނިސްޓަރު ޝަމާ އުބައިދު އިސްލާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޝައިޚް ހަސީނާއަކީ ކުށް ސާބިތުވެފައިވާ މުޖުރިމެއް ކަމަށާއި، އޭނާ އަމިއްލައަށް ހަވާލުވެއްޖެ ނަމަ ބަންގްލަދޭޝްގެ ގާނޫނުތަކާ އެއްގޮތަށް އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އޭނާ ޖަލަށް ދާންޖެހޭނެ ކަމަށާއި، ގާނޫނީ އުސޫލުތަކުގެ ތެރެއިން އިތުރު މަރުހަލާތައް ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތައް ހުއްޓުވުމަށް ލޭއޮހޮރުވުން ބޮޑު އަމަލުތަކެއް ހިންގުމަށް އަމުރުކުރި މައްސަލައިގައި، އެ ގައުމުގެ ހަނގުރާމައިގެ ކުށްތަކާ ބެހޭ ޓްރައިބިއުނަލުން ނޮވެމްބަރު މަހު ވަނީ ހަސީނާގެ ޣައިރު ހާޒިރުގައި އޭނާ މަރަން ހުކުމްކޮށްފަ އެވެ. ނަމަވެސް އަރުވާލެވިގެން ހުންނެވި ހަސީނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

ހަސީނާ އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ބަންގްލަދޭޝްއިން އިންޑިއާގައި އެދިފައިވާއިރު، ނިއު ދިއްލީން އޭޕްރީލް މަހު ބުނެފައިވަނީ އެ ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށާއި، ބަންގްލަދޭޝްގެ އާ ސަރުކާރާއެކު ބިނާކުރަނިވި ގުޅުމެއް ބާއްވައި ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަކުރަން ބޭނުންވާ ކަމަށެވެ. ހަސީނާ ހަވާލުކުރުމުގެ މައްސަލައިގައި މީގެ ކުރިން އިންޑިއާއިން ފަސްޖެހުމުގެ ސަބަބުން ޑާކާ އާއި ނިއު ދިއްލީގެ ގުޅުމަށް ބުރޫއަރައި، ބަންގްލަދޭޝްގައި ޗައިނާގެ ނުފޫޒު ފެތުރުމަށް ފުރުސަތު ލިބިގެންދިޔަ އެވެ.

މިދިޔަ ހަފުތާގައި ރޮއިޓާސްއަށް ދެއްވި ބަސްދީގަތުމެއްގައި ހަސީނާ ވިދާޅުވީ، އިންޑިއާ، އިނގިރޭސިވިލާތް އަދި މެދުއިރުމަތީގެ ގައުމުތަކުގައި އަރުވާލެވިގެން ތިއްބެވި އަވާމީ ލީގުގެ އިސް ބޭފުޅުންނާއެކު މިއަހަރު ނިމުމުގެ ކުރިން ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. ހަސީނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ގާތްގަނޑަކަށް ހުރިހާ ލީޑަރުންނާއި ހަރަކާތްތެރިންގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އަދި އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވާ ދުވަހަކުން އެ އެންމެން އެކުގައި ކޯޓަށް ހާޒިރުވެ ހަވާލުވުމަށް ވަނީ ގޮވާލައްވާފަ އެވެ.

"އަހަރެން އެނބުރި ދިއުމުން ހައްޔަރުކޮށްފާނެ، ނުވަތަ މަރާވެސްލާފާނެ، އެހެންނަމަވެސް އަހަރެން ދާންޖެހޭ،" ހަސީނާ ވިދާޅުވި އެވެ. އަދި ޑާކާގެ ކަމާބެހޭ ފަރާތްތަކުން އޭނާ އަނބުރާ ގެންދަން ބޭނުންވެގެން ތަކުރާރުކޮށް އިންޑިއާއަށް ސިޓީ ފޮނުވަމުންދާ ކަމަށާއި، އެހެންކަމުން އަމިއްލައަށް ގައުމަށް ވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، އަވާމީ ލީގު އަލުން އިންތިޒާމު ކުރުމުގެ މަސައްކަތުގެ ދަށުން ބަންގްލަދޭޝްގެ ޕާލަމެންޓްގެ 300 ދާއިރާގެ ތެރެއިން 125 ދާއިރާއެއްގެ މެންބަރުންނާއެކު އޮންލައިންކޮށް ބައްދަލުވުންތައް ބާއްވާފައިވާ ކަމަށްވެސް ހަސީނާ ވިދާޅުވި އެވެ. ފެބްރުއަރީ މަހު ބޭއްވި އާންމު އިންތިޚާބުގެ ކުރިން ހަސީނާ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަމުންދާތީ ބަންގްލަދޭޝްއިން ވަނީ ތަކުރާރުކޮށް އިންޑިއާއަށް ޝަކުވާ ހުށަހަޅާފަ އެވެ.

ދެ އަހަރެއްހާ ދުވަހުގެ ސިޔާސީ އަދި އިގްތިސާދީ ހަލަބޮލިކަމަށްފަހު ފެބްރުއަރީ މަހު ބޭއްވި ފުރަތަމަ އިންތިޚާބުގައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީން ހޯދި ބޮޑު ކާމިޔާބީއާއެކު، މިހާރު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވަނީ ތާރިގް ރަހްމާނެވެ.

ޝެއިހް ހަސީނާބަންގްލަދޭޝްއިންޑިއާއަވާމީ ލީގުތާރިޤް ރަޙްމާންބަންގްލަދޭޝް-އިންޑިޔާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި

14 ޖުލައި 2026
އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި
13 ޖުލައި 2026

ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ

13 ޖުލައި 2026
ބަންގްލަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގައި މަދުވެގެން 51 މީހުން މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ
11 ޖުލައި 2026

ވިއެޓްނާމްގައި ސްޕީޑްބޯޓެއް ބަންޑުން ޖަހާލައި 15 އިންޑިއާ ފަތުރުވެރިއަކު މަރުވެއްޖެ

11 ޖުލައި 2026
ވިއެޓްނާމްގައި ސްޕީޑްބޯޓެއް ބަންޑުން ޖަހާލައި 15 އިންޑިއާ ފަތުރުވެރިއަކު މަރުވެއްޖެ
11 ޖުލައި 2026

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026
އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ
10 ޖުލައި 2026

ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ

10 ޖުލައި 2026
ޝައިޚް ހަސީނާ ޑިސެމްބަރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވަނީ
10 ޖުލައި 2026

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

10 ޖުލައި 2026
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ
09 ޖުލައި 2026

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

09 ޖުލައި 2026
ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!
05 ޖުލައި 2026

ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ

05 ޖުލައި 2026
ބަންގްލަދޭޝްގެ ފުލުހަކު އޭއައި ބޭނުންކޮށްގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ލައިގެން ހުރި އާޖެންޓީނާގެ ޖާޒީ ބްރެޒިލް ޖާޒީއަކަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެ
03 ޖުލައި 2026

ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި

03 ޖުލައި 2026
ސަރަހައްދުގައި މަސްވެރިކަން ދަށްވުމާއި މަސްވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ސާކު ގައުމުތަކުން ރާއްޖޭގައި މަޝްވަރާ ކޮށްފި
03 ޖުލައި 2026

އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި

03 ޖުލައި 2026
އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް