Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕާކިންގ ބިލްޑިންގ

ޕާކިންގ ބިލްޑިން އާ ބެހޭ ގޮތުން ރައީސް މުއިއްޒު ދައްކަވަނީ އެކި ދުވަހު އެކި ވާހަކަ، މިހާރު ވިދާޅުވަނީ މިއަހަރު މާލޭގައި ޕާކު ކުރަން ދެ އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށް

ހުޅުމާލޭގައި ޕާކިން ދެތިން ހަތަރު ބިލްޑިންގ ގެ މަސައްކަތް ފަށައިފި ކަމަށް ވިދާޅުވެ ރައީސް އޮފީހުން ކުރިއަށް ގެންދާ ޕޮޑްކާސްޓް – "ދަ ޕަލްސް އެޕިސޯޑް 4" ގައި ހުކުރު ދުވަހު ރައީސް މުއިއްޒު ވާހަކަފުޅު ދެއްކެވި އިރު މިހާތަނަށް އަމަލީ މަސައްކަތް ފެށިކަން ސަރުކާރަށް ހާމަ ކުރެވުނީ ހުޅުމާލޭގައި ހަދާ އެންމެ ޕާކިންގ ބިލްޑިންގ އެއްގެ މަސައްކަތް

ރާއްޖެ އެމްވީ | 18 ޖުލައި 2026 | ހޮނިހިރު 11:53
ހުޅުމާލެ ފޭސް 1ގައި ބިންގާ އެޅި ޕާކިންގ އިމާރާތުގެ މޮޑެލް އެއް

ހުޅުމާލެ ފޭސް 1ގައި ބިންގާ އެޅި ޕާކިންގ އިމާރާތުގެ މޮޑެލް އެއް | ރައީސް އޮފީސް

މިއަހަރުތެރޭ މާލޭގައި މަދުވެގެން އެއްގަމު އުޅަނދު ޕާކު ކުރުމަށް ދެ ބިލްޑިންގ ގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕާކިންގ މައްސަލަ ހައްލު ކުރުމުގެ ވާހަކަ ރައީސް މުއިއްޒު އަނެއްކާވެސް ދެއްކެވި އިރު، އަދި މި މައްސަލައިގެ ވާހަކަ އެތައް ތަނެއްގައި އެތައް ގޮތަކަށް މީގެ ކުރިން ދައްކަވާފައިވާއިރު، މިކަމުގައި މިހާތަނަށް އެދެވޭ ނަތީޖާ އެއް ދެއްކުމުގައި ސަރުކާރުން ނުކުޅެދިފައިވާކަން ފާހަގަ ކުރެވެ އެވެ.

މާލޭގައި ޕާކިން ދެ ބިލްޑިން އަޅާނެ ކަމަށާއި ހުޅުމާލޭގައި ޕާކިން ދެތިން ހަތަރު ބިލްޑިންގ ގެ މަސައްކަތް ފަށައިފި ކަމަށް ވިދާޅުވެ ރައީސް އޮފީހުން ކުރިއަށް ގެންދާ ޕޮޑްކާސްޓް – "ދަ ޕަލްސް އެޕިސޯޑް 4" ގައި ހުކުރު ދުވަހު ރައީސް މުއިއްޒު ވާހަކަ ދެއްކެވި އިރު ސަރުކާރުގެ ދައުރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައި ފާއިތުވެފައިވެގެންވަނީ ގޮސްފަ އެވެ. މިކަން މިހެން އޮތް އިރު މިހާތަނަށް އަމަލީ މަސައްކަތް ފެށިކަން ސަރުކާރަށް ހާމަ ކުރެވުނީ ހުޅުމާލޭގައި ހަދާ އެންމެ ޕާކިންގ ބިލްޑިންގ އެއްގެ މަސައްކަތެވެ.

މާލޭގައި މިއަހަރުގެ ތެރޭގައި ޕާކު ކުރަން ދެ ބިލްޑިންގ އެއްގެ މަސައްކަތް ފަށާނެ ކަން އިއުލާނު ކުރައްވަމުން މުއިއްޒު ވިދާޅުވީ، "މިކަމަށް ވެސް ދުވަސްތަކެއް ނަގައިފި،" ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފުރަތަމަ ބެލީ ބޭރުގެ އެހީގައި މި މަސައްކަތް ކުރެވޭތޯ ކަމަށާއި މިހާރު އެކަން އެގޮތައް ކުރަން މަޑުކުރަން ގަސްދު ނުކުރައްވާ ކަމަށެވެ.

ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް އިޝާރާތްކުރައްވަމުން މުއިއްޒު ވަނީ، މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޖުމުލަ ހަތަރު ޕާކިންގ އިމާރާތް އެޅުމުގެ މަސައްކަތައް އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގައި ހިމަނުއްވާފައިވާކަމަށް ވިދާޅުވެފަ އެވެ.

 ހުޅުމާލޭގައި ތަރައްޤީކުރައްވާ ފުރަތަމަ ޕާކިންގް ބިލްޑިންގގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

ސަރުކާރުން ބުނެފައިވަނީ، މި މަސައްކަތަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގުޅިގެން، ޕްރައިވެޓް ސެކްޓަރ އިނިޝިއޭޓަޑް ޕްރޮޖެކްޓް (ޕީ.އެސް.އައި.ޕީ) އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

 ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑުން، އެން.އެކްސް.ޓީ ބައި ބެޗްގެ ނަމުގައި ހުޅުމާލޭގައި، 24 މަސްދުވަހުގެ ތެރޭގައި ތަރައްގީ ކުރާ ގޮތައް 13 ފަންގިފިލާގެ މި ޕާކިންގ ބިލްޑިންގަކީ، 4 ފުރޮޅުލީ 800 އަށްވުރެ ގިނަ އުޅަނދާއި، 500 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގައިގެ، އެންމެ ޒަމާނީ ފެންވަރުގެ ޕާކިންގ ބިލްޑިންގ އެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

 ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގގެ ޖާގައިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން، ހުޅުމާލޭގައި 7 ޕާކިންގ ބިލްޑިންގް އެޅުމަށް ވަނީ ހަމަޖެހިފައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ބާކީ އޮތް 6 ބިލްޑިންގގެ މަސައްކަތްވެސް، ހަވާލުކުރެވިފައިވަނީ ދިވެހި 6 ކުންފުންޏަކާ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ކުންފުނިތަކުގެ މައުލޫމާތު އޭރު ހާމަކޮށްފައެއް ނުވެ އެވެ. އަދި އެ މަޝްރޫއުތަކަށް ފައިސާ ހަމަޖައްސާ ގޮތެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

 މާލޭ ސަރަހައްދުގެ މަގުމަތަކުގައި ތޮއްހެހިފައިވާ އުޅަނދުތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ޕާކިންގ ބިލްޑިންގ އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ޑރ. މުހައްމަދު މުއިއްޒުޕާކިންގ ބިލްޑިންގމުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

18 ޖުލައި 2026

ރައީސް މުއިއްޒު ރައްޔިތުން އުފާކޮށްދެއްވަނީ ބަސްތަކަކުން!

18 ޖުލައި 2026
ރައީސް މުއިއްޒު ރައްޔިތުން އުފާކޮށްދެއްވަނީ ބަސްތަކަކުން!
18 ޖުލައި 2026

މިދިޔަ ސަރުކާރުގައި ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމި ނަމަވެސް މިސަރުކާރަށް އަދިވެސް ޚިދުމަތް ފޯރުކޮށް ނުދެވޭ: އަމީތު

18 ޖުލައި 2026
މިދިޔަ ސަރުކާރުގައި ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމި ނަމަވެސް މިސަރުކާރަށް އަދިވެސް ޚިދުމަތް ފޯރުކޮށް ނުދެވޭ: އަމީތު
18 ޖުލައި 2026

މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް

18 ޖުލައި 2026
މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް
18 ޖުލައި 2026

ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް

18 ޖުލައި 2026
ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް
16 ޖުލައި 2026

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026
މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު
15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
14 ޖުލައި 2026

ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026
ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު