Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިގްތިސާދު

ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި، ރައްޔިތުން އެއްކޮށްފައި ހުރި ވަކި ލާރި ބޭނުންކުރާ ހާލަތައް ގޮސްފި: ސައުދުﷲ

23 ޖުލައި 2026 | ބުރާސްފަތި 10:40

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފާއިތުވެ ދިޔަ ދެ އަހަރު ތެރޭ ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ރައްޔިތުންގެ އާމްދަނީ އިތުރު ނުވާ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައި. ހަމައެއާ އެކު ދައުލަތުން މިއަހަރަށް ކަނޑަ އަޅާފައިވާ 60 ބިލިއަން ރުފިޔާގެ ބަޖެޓުން ކުރާ ކަމަކީ ކޮބައިކަމާ މެދު ސައުދުﷲ ވަނީ ސުވާލު އުފައްދަވާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖުލައި 2026 | ބުރާސްފަތި 10:40
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ސައުދުﷲ ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ސައުދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ފިހާރަތަކުގެ ހަރުގަނޑުތައް ވަނީ ހުސްވެފައި ކަމަށާއި، އަދި ރައްޔިތުން އެއްކޮށްފައި ހުރި ވަކިލާރި ބޭނުން ކުރާ ހާލަތައް ގޮސްފި ކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ތަކެތީގެ އަގު ބޮޑުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސައުދުﷲ ވިދާޅުވީ، ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ތާށި ކަމުގެ ސަބަބުން ރާއްޖެ އިން ބޭރުން އެތެރެކުރާ ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުންނަށް އެތަށް ދަތި ތަކެއް ކުރިމަތި ވެގެންދާ ކަމަށެވެ. 

ރައީސް މުއިއްޒުގެ ވެރިކަމުގެ ފާއިތުވެ ދިޔަ ދެ އަހަރު ތެރޭ ގައުމަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، ރައްޔިތުންގެ އާމްދަނީ އިތުރު ނުވާ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައި އެވެ. ހަމައެއާ އެކު ދައުލަތުން މިއަހަރަށް ކަނޑަ އަޅާފައިވާ 60 ބިލިއަން ރުފިޔާގެ ބަޖެޓުން ކުރާ ކަމަކީ ކޮބައިކަމާ މެދު ސައުދުﷲ ވަނީ ސުވާލު އުފައްދަވާފައި އެވެ.

ހަމައެއާ އެކު ރައްޔިތުންގެ ޓެކްސް ފައިސާ ސަރުކާރުގެ ވެރިން ނަހަމަ ގޮތުގައި ބޭނުންކޮށް، ސަރުކާރު ކުންފުނިތަކުން ވައްކަމާއި ކޮރަޕްޝަން އިންތިހާ އަށް އިތުރުވާ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައި އެވެ.

އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ދައުލަތުގެ ކުންފުނި ތަކުގައި ކޮރަޕްޝަނާއި ވައްކަން އިންތިހާ އަށް ބޮޑުވެ، ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ސަރުކާރުގެ ވެރިންތައް ބޭނުންކުރަމުން ދާތަން.
ސައުދުﷲ އަހުމަދު

މިގޮތުން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) އިން ރީޑިން ނަގާއިރު މިދިޔަ މަހުގެ ބިލާއި، މި މަހުގެ ބިލާ ހުރި ތަފާތު ބެލުމަށް ފަހު އެމީހުން ބޭނުން އަދަދެއް ޖެހުމަށް ފަހު ފޮނުވާކަމަށް ސްޓެލްކޯ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސައުދުﷲ ވަނީ ވިދާޅުވެފައި އެވެ. ރައްޔިތުންގެ ޖީބުން މިފަދަ ވައްކަން ކުރުމުން ޤައުމުގައި ހަމަޖެހުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

ބައެއް ގޭބީސީ ތަކުގައި މިހާރު 6000 ރުފިޔާ އަށް ވުރެ ބިލުތައް މަތިވެފައިވާ އިރު، މި ސަރުކާރުގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުން މިކަންކަން ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް މިވަގުތު ނުކުރާ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފައި އެވެ. 

އިގްތިސާދުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުސައުދުﷲ އަހުމަދު

އިތުރަށް ކިޔާލަން

15 ޖުލައި 2026

ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް

15 ޖުލައި 2026
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ޚިދުމަތްފަށައި، ބޭންކިންގ ވިއުގަ 55 ބްރާންޗަށް
11 ޖުލައި 2026

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026
އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ
10 ޖުލައި 2026

"އަދަދު" ނޫހަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކުރި މައްސަލަ, ރައީސް މުއިއްޒު އުފެއްދެވި ޝަކުވާ ކޮމިޓީއަށް ހުށަހަޅައިފި

10 ޖުލައި 2026
"އަދަދު" ނޫހަށް ރައީސް އޮފީހުގެ ޕްރެސްތަކަށް ވަނުން މަނާކުރި މައްސަލަ, ރައީސް މުއިއްޒު އުފެއްދެވި ޝަކުވާ ކޮމިޓީއަށް ހުށަހަޅައިފި
09 ޖުލައި 2026

ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް

09 ޖުލައި 2026
ނައިވާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅިފަހުން އަހަރެއް ވާން ކައިރިވެފަވާއިރު، މަސައްކަތް ނުފެށި ތަން ޖަންގައްޔަކަށް: ކައުންސިލް
05 ޖުލައި 2026

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!

05 ޖުލައި 2026
ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މިއަހަރު ވަރަށް ބޮޑަށް ދަށްވެ ސަރަހައްދުގެ އެންމެ ފުލަށް ވެއްޓޭނެ ކަމުގެ އިންޒާރު!
04 ޖުލައި 2026

ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް

04 ޖުލައި 2026
ދައުރު ދެބައިވެގެން ދިޔަ އިރު، ހަނިމަދޫ އުތުރު ފަރާތު ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުން ކުރެވުނީ ސާވޭއެއް އެކަނި: ހަނިމާދޫ ކައުންސިލް
04 ޖުލައި 2026

ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް

04 ޖުލައި 2026
 ދައުރު ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ހައުސިންގ މަޝްރޫއުތައް ނިންމައިފިނަމަ، 2028 ގައި ވޯޓު ދޭނީ ރައީސް މުއިއްޒަށް: މޭޔަރު އާތިފް
04 ޖުލައި 2026

މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް

04 ޖުލައި 2026
މިސަރުކާރުން ދައްކާ އެންމެ ވަރުގަދަ ތަރައްޤީގެ މަޝްރޫޢަކީ ލޯނު ދެއްކުން: މޭޔަރު ޢާޠިފް
04 ޖުލައި 2026

ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު

04 ޖުލައި 2026
ފުޓްބޯޅަ މެޗްގައި ބައިކޮޅަށް ލަނޑު ޖެހުމުން ބަލިވާކަން ރައީސް މުއިއްޒަށް އަދިވެސް އެނގިވަޑައިނުގަންނަވާ: މެންބަރު ޒިޔާދު
03 ޖުލައި 2026

މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް

03 ޖުލައި 2026
މިސަރުކާރުން އާމްދަނީ ހޯދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ: މެންބަރު މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް