Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމުއިއްޒުގެ ސަރުކާރު

ރައީސް މުއިއްޒު ރައްޔިތުން އުފާކޮށްދެއްވަނީ ބަސްތަކަކުން!

18 ޖުލައި 2026 | ހޮނިހިރު 08:34

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގަތް ބޮޑެތި ވައުދުތަކާއި ތަރައްގީގެ ފޮނި އުންމީދުތައް އަމަލީ މައިދާނުން ނުފެންނާތީ އާންމު ރައްޔިތުންގެ މެދުގައި ވަނީ ސުވާލު އުފެދިފައި. އަތޮޅުތެރޭގެ މަޝްރޫއުތައް ހުއްޓި، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދަށްވަމުންދާއިރު، މި ސަރުކާރުން ދައްކާ ވާހަކަތަކަކީ ހަމައެކަނި ކަންފަތަށް އަރާމުދޭ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި މިހާރު ވަނީ ސިފަވާން ފަށާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖުލައި 2026 | ހޮނިހިރު 08:34
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ފޮނި އުންމީދުތަކާއި ބޮޑެތި ވައުދުތަކެއް ވަމުންނެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ދެއްކެވި ވާހަކަފުޅުތަކާއި، މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ރައްޔިތުންގެ ކަންފަތަށް ވަރަށް އަރާމު، އުންމީދުން ފުރިގެންވާ ބަސްތަކެކެވެ. ނަމަވެސް، އަމަލީ މައިދާނުގައި މިކަންކަން ފެންނަން އޮތް މިންވަރާ މެދު ސުވާލު އުފެދެ އެވެ. 

ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި މާލެ ތޮއްޖެހުމުގެ މައްސަލައަކީ ރާއްޖޭގެ ތަރައްގީ މީގެ ކުރިން ބައްޓަން ކުރެވިފައި އޮތް ގޮތުގެ ނަތީޖާ އެވެ. މިކަން ހައްލުކުރުމަށްޓަކައި އުތުރާއި ދެކުނުގައި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ހަދައި، 7 އަރބަން ސެންޓަރެއް ގާއިމު ކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި މިސަރަހައްދުތަކުގައި މަތީ ފެންވަރުގެ ހޮސްޕިޓަލްތަކާއި، ތައުލީމީ ފުރުސަތުތަކާއި، ވަޒީފާގެ ފުރުސަތުތައް ގާއިމުކުރުމުން މާލެއަށް މީހުން އައުން ހުއްޓި، އަމިއްލަ ވަޒަނުގައި އުޅެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ އެވެ. ނަމަވެސް، މިހާތަނަށް އައިއިރު އެއްވެސް ރަށެއްގައި މިފަދަ އިންޓަގްރޭޓެޑް މަޝްރޫއެއް އަމަލީ ގޮތުން ފެށިގެން ކުރިއަށްދާ ތަނެއް ނުފެނެއްނުންތޯ އެވެ. 

ރައީސް މުއިއްޒުގެ ވާހަކަފުޅުތަކުގައި ތަރައްގީގެ ފޮނި މަންޒަރުތައް ކުރަހައިދެއްވާއިރު، ބިންމަތީގެ ހަގީގަތް ތަފާތެވެ. އުތުރާއި ދެކުނުގެ ގިނަ ރަށްރަށުގައި ފެށިފައި ހުރި އެއަރޕޯޓް މަޝްރޫއުތަކާއި، ހައުސިންގ މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގެ ފެންވަރު ދަށްވެ، ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ދަނީ އިތުރުވަމުންނެވެ. ރައީސް މުއިއްޒު މަޝްރޫއުތަކުގެ ވާހަކަ ދައްކަވާއިރު، އެ މަސައްކަތްތައް ހިނގަމުންދާ ވަކި ރަށްތަކެއްގެ ނަން ވިދާޅުނުވާތީ، މިއީ ހަމައެކަނި ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ހާމަވެއެއްނުންތޯ އެވެ. 

މީގެ އިތުރުން އަތޮޅުތެރޭގެ ރަށްތައް ތަރައްޤީ ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވައިގެން ތަރައްޤީ ކުރައްވަނީ ފުށިދިއްގަރުފަޅު ނުވަތަ އެމަނިކުފާނުގެ ތަސައްވުރުގެ ނަމުންނަމަ، ރަސްމާލެ އެވެ. ރައީސް މުއިއްޒު ވިދާޅުވާ ގޮތުގައި ރަސްމާލެއިން 65،000 ގޯތި ދެވިގެންދާނެ އެވެ. އެހެންކަމުން ރަސްމާލެ ތަރައްޤީ ކުރަމުންދަނީ މާލެ ސަރަހައްދަށް މީހުން ޖަމާކުރުން ނޫން ކޮން މަޤްސަދެއްގައިތޯ މިއީ އުފެދޭ ސުވާލެއް ނޫން ތޯ އެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ އެކިއެކި ޕޮޑްކާސްޓްތަކުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަދިވެސް ގެންދަވަނީ ރައްޔިތުންނަށް އެތައް އުންމީދުތަކެއް ގެނެސްދެއްވަމުން

ރައީސް އޮފީހުން ކުރިއަށް ގެންދާ އެކިއެކި ޕޮޑްކާސްޓްތަކުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަދިވެސް ގެންދަވަނީ ރައްޔިތުންނަށް އެތައް އުންމީދުތަކެއް ގެނެސްދެއްވަމުން | ރާއްޖެއެމްވީ ގްރެފިކްސް

މި ހާލަތާ ގުޅުވައިގެން މުސްކުޅި ވާހަކައެއް ހަނދާނަށް އާދެ އެވެ. އެއީ ރީތިކޮށް ލަވަކިޔާ ފަގީރު މީހަކު ރަސްގެފާނުގެ އަރިހަށް ގޮސް ލަވަކިޔުމުން، ރަސްގެފާނު އުފާފުޅުން ގޮސް ރަނާއި ރިހި އަދި ގަނޑުވަރެއް ދޭނެ ކަމަށް ވިދާޅުވި ވާހަކަ އެވެ. އެ ފަގީރު މީހާ އުފަލުން ގޮސް އޭނާ ގެ ހުރި ކުޑަ ޖިފުޓި ވިއްކާލައި، ރަސްގެފާނު ދެއްވާނެ އެއްޗެއްގެ އިންތިޒާރުގައި ހުއްޓާ އެއްވެސް އެއްޗެއް ނުލިބުނެވެ. އެންމެ ފަހުން ރަސްގެފާނު ވިދާޅުވީ، "ކަލޭގެ ލަވައިން މަގޭ ކަންފަތް އުފާކޮށްދިނީމަ، މަގޭ ބަސްތަކުން ކަލޭގެ ކަންފަތް އުފާކޮށްދިނީއޭ" އެވެ. މިއަދު ދިވެހި ރައްޔިތުންނަށް ވެސް ވެފައިވަނީ މިފަދަ ގޮތެކެވެ. 

ކެމްޕޭން ދުވަސްވަރު ޑޮލަރުގެ އަގު 13 ރުފިޔާއަށް ތިރިކުރުމާއި، ޔޫރަޕް ފެންވަރުގެ ބޭސް ލިބުމާއި، ތުރުކީން ހިލޭ ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށް ވިދާޅުވި ބަސްތަކަކީ ރައްޔިތުންގެ ކަންފަތަށް އިވުނު ވަރަށް އުފާވެރި އަޑުތަކެކެވެ. އަދި ކަނޑުއަޑީގެ ބިއްލޫރި ޓަނަލް ފަދަ ބޮޑެތި ހުވަފެންތައް ދެއްކެވި އެވެ. ނަމަވެސް، ވެރިކަމަށް އަހަރުތަކެއް ވެގެންދާއިރު، އެ ވިދާޅުވި އެއްވެސް ކަމެއް ހަގީގަތަކަށް ނުވެ، ރައްޔިތުން ތިބެން ޖެހިފައިވަނީ ހަމައެކަނި އުފާވެރި ބަސްތަކެއްގެ އުންމީދުގަ އެވެ.

މިކަންކަމަށް ބަލާއިރު، ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދައްކަމުން ގެންދަނީ ވަރަށް ފުރިހަމަ ތަަސްވީރެކެވެ. ނަމަވެސް، އެ ތަސްވީރުގައި ކުލަޖެހި، އަމަލީ ސިފައެއް އަންނަތަނެއް ނުފެނެ އެވެ. ރައްޔިތުންނަށް ބޭނުންވަނީ ހަމައެކަނި ކަންފަތަށް އަރާމު ބަސްތަކެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ އަމަލީ ގޮތުން ފެންނަން ހުރި ތަރައްގީ އާއި، ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމެވެ. އެހެން ނޫންނަމަ، މިއީ ހަމައެކަނި ރަސްގެފާނުގެ ވާހަކައިގައި ބުނާ ފަދަ "ކަންފަތަށް ލިބޭ އުފަލަކަށް" ވެގެން ހިނގައިދާނެ އެވެ.

ތަރައްޤީމުއިއްޒު ސަރުކާރުޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

18 ޖުލައި 2026

މިދިޔަ ސަރުކާރުގައި ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމި ނަމަވެސް މިސަރުކާރަށް އަދިވެސް ޚިދުމަތް ފޯރުކޮށް ނުދެވޭ: އަމީތު

18 ޖުލައި 2026
މިދިޔަ ސަރުކާރުގައި ވާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމި ނަމަވެސް މިސަރުކާރަށް އަދިވެސް ޚިދުމަތް ފޯރުކޮށް ނުދެވޭ: އަމީތު
18 ޖުލައި 2026

މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް

18 ޖުލައި 2026
މިސަރުކާރުގައި ރައްޔިތުންނަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުން، ވެރިކަމުގެ ދައުރު ހަމަވަންދެން މަޑުން ތިބޭކަށް ނުޖެހޭނެ: މެންބަރު މައުރޫފް
18 ޖުލައި 2026

ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް

18 ޖުލައި 2026
ޤައުމު ހިންގަން ހުރީ ކަން ކުރަން ނޭނގޭ މީހެއް، އެންމެ ކުޑަވެގެން 'ކޫލް ސްކޫލް' ފެށިއިރު އޭސީ ހިންގޭނީ ޖަނަރޭޓަރު ހުރެގެން ކަން ވެސް ނޭނގުނު: އާޒިމް
16 ޖުލައި 2026

މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު

16 ޖުލައި 2026
މިއީ ހުސްއަނގަތަޅާ ސަރުކާރެއް، މިސަރުކާރުގައި ރައްޔިތުންނަށް ރަނގަޅު އެއްވެސް ޚިދުމަތެއް ނުދެވޭނެ: ޝާތިރު
15 ޖުލައި 2026

ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟

15 ޖުލައި 2026
ރައީސް އޮފީސް ގާނޫނާ ޚިލާފުވެގެން އަދަބު ދިނުމުން، ދެން ހިންގަން އޮތީ ކޮން ގާނޫނުގެ ވެރިކަމެއް ހެއްޔެވެ؟
14 ޖުލައި 2026

ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

14 ޖުލައި 2026
ގައިދީންނަށް ގުނަވަން ޓްރާންސްޕްލާންޓް ނުކުރެވޭ ގޮތަށް ބިލަށް ގެނައި ބޮޑެތި ބަދަލުތަކާ އެކު ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
13 ޖުލައި 2026

އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!

13 ޖުލައި 2026
އިންތިޚާބު ކޮށްފައި އޮތް ކައުންސިލަކާއި، އެތައްހާސް ޓްރެފިކް ޕޮލިހުން ތިއްބައި، މާލެ ސަރަޙައްދުގެ ޓްރެފިކް ބަލަހައްޓަން އައު އޮފީހެއް؟!
13 ޖުލައި 2026

ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ

13 ޖުލައި 2026
ތަރައްގީ މަޑުޖެހިފައިވަނީ ބޮޑު ހިލަ ނުލިބިގެން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވެއްޖެ
12 ޖުލައި 2026

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި

12 ޖުލައި 2026
"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދައިފި
12 ޖުލައި 2026

ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް

12 ޖުލައި 2026
ރައީސް މުއިއްޒުގެ ސަރުކާރުން މުސާރަ އާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިންތިހާއަށް މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް