Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ. އަތޮޅު

ފ. އަތޮޅު ގޯތި ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ

ފ. އަތޮޅު ރައްޔިތުންގެ ފައިސާއިން ތަރައްގީކޮށްފައިވާ އަތޮޅު ގެސްޓްހައުސް ހިމެނޭ ބޮޑު ބިން ނިލަންދޫ ކައުންސިލާ ހަވާލުކުރުމުން، އަތޮޅުގެ އެހެން ރަށްތަކުގެ ހައްގުތައް ގެއްލޭ ކަމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މުޅި އަތޮޅުގެ މަސްލަހަތު ހިމެނޭ މި ތަނުން ލިބޭ އާމްދަނީ ހުރިހާ ރަށަކަށް ހަމަހަމައަށް ލިބެންޖެހޭނެ ކަމަށް ބުނެ މި މައްސަލަ މިހާރު ވަނީ އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 22 ޖުލައި 2026 | ބުދަ 17:45
ފ. އަތޮޅު ގޯތީގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސް. މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެއް

ފ. އަތޮޅު ގޯތީގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސް. މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެއް | ރާއްޖެއެމްވީ

އަތޮޅު ރައްޔިތުންގެ ގެސްޓްހައުސްއާއެކު ފ. އަތޮޅު ގޯތި، ނިލަންދޫ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ކުރުމާ ގުޅިގެން އެ އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިއްޖެ އެވެ. 

ކުރިން ހޯމް މިނިސްޓްރީގެ ސްޓޭޓް ހައުސްގެ ގޮތުގައި ބޭނުންކުރި 90,090 އަކަފޫޓުގެ މި ބޮޑު ބިމަކީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެކެވެ.

ފ.އަތޮޅު ކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސް އުމަރު ޒާހިރު ރާއްޖެއެމްވީއަށް ވިދާޅުވީ، މި ބިމުގެ ތެރެއިން އިދާރީ ބޭނުންތަކަށް 36,960 އަކަފޫޓު ކަނޑައަޅާފައިވާއިރު، ބާކީ އޮތް 53,130 އަކަފޫޓަކީ އަތޮޅު ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަނޑައަޅާފައިވާ ބައެއް ކަމަށެވެ. އަތޮޅު ރައްޔިތުންގެ ފައިސާއިން މި ބިމުގައި ދެ ބްލޮކެއްގެ މައްޗަށް އެކުލެވޭ ގެސްޓްހައުސްއެއް ގާއިމްކޮށް، ބިޑަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން އެތަނުގައި ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފ. އަތޮޅު ގޯތީގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސް. މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެއް

ފ. އަތޮޅު ގޯތީގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސް. މިއީ މުޅި އަތޮޅުގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ތަނެއް | ރާއްޖެއެމްވީ

ނަމަވެސް މިސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލާފައިވާތީ، މިހާރު ގެސްޓްހައުސް ހިމެނޭގޮތަށް ފ.އަތޮޅު ގޯތި އެއްކޮށް ނިލަންދޫ ކައުންސިލްއާ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަވާލުކޮށްފައިވާ ކަމަށް އުމަރު ޒާހިރު ވިދާޅުވި އެވެ. އަދި މިތަނަކީ މުޅި އަތޮޅުގެ ފައިސާއިން ތަރައްގީކޮށްފައިވާ ތަނަކަށް ވާއިރު، ވަކި ރަށެއްގެ ކައުންސިލަށް މިތަން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންވީމަ ވަކި ރަށަކަށް އާމްދަނީ ލިބޭ ގޮތަށް މިހެން ވަކިތަނެއް ނުދެވޭނެ
އުމަރު ޒާހިރު 

މީގެ އިތުރުން އުމަރު ޒާހިރު ވިދާޅުވީ، މި ނިންމުމާ ގުޅިގެން ފ. ފީއަލި، ބިލެތްދޫ، މަގޫދޫ އަދި ދަރަނބޫދޫގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންދާ ކަމަށެވެ. އެ ރަށްތަކުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެތަނުން ލިބޭ އާމްދަނީއަކީ އަތޮޅުގެ ފަސް ރަށަށް ވެސް ހަމަހަމަކަމާއެކު ބެހިގެންދާންޖެހޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ އެލްޖީއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އިންސާފުވެރި ގޮތަކަށް މިކަން ހައްލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ އުމަރު ޒާހިރު ވިދާޅުވި އެވެ. 

އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން މިފަދަ ތަންތަން އެލްޖީއޭގެ ދަށަށް ބަދަލުކުރެވުނު ނަމަވެސް، މިހާރު މި ތަން ވަކި ރަށަކަށް ހަވާލުކުރުމަކީ އަތޮޅުގެ އެހެން ރަށްތަކުގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.

ފ. އަތޮޅުލޯކަލް ގަވަރންމަންޓް އޮތޯރިޓީފ.ނިލަންދޫ ކައުންސިލް

އިތުރަށް ކިޔާލަން

22 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް

22 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް
20 ޖުލައި 2026

ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް

20 ޖުލައި 2026
ބާރަށު ކައުންސިލުން 2022 ވަނަ އަހަރުގެ މާލީ ބަޔާނުގައި 2021 ވަނަ އަހަރުގެ މާލީ މައުލޫމާތު ފުރިހަމައެއް ނުކުރޭ: އޮޑިޓް އޮފީސް
14 ޖުލައި 2026

ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި

14 ޖުލައި 2026
ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތަކަށް ހުރަސް އެޅުން ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
14 ޖުލައި 2026

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

14 ޖުލައި 2026
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
07 ޖުލައި 2026

ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!

07 ޖުލައި 2026
ހދ. އަތޮޅުގެ ރަށްތަކުން ގުޅިގެން މަސައްކަތް ކުރަން އުޅުމުން އެލް.ޖީ.އޭ އިން ހުރަސް އަޅައިފި، މޭޔަރު ވިދާޅުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް!
06 ޖުލައި 2026

ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް

06 ޖުލައި 2026
ބޮޑުފޮޅުދޫ ކައުންސިލުން ބިންތައް ދީފައިވަނީ ގަވާއިދާ އެއްގޮތަކަށް ނޫން: އޮޑިޓް
03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
11 ޖޫން 2026

ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ

11 ޖޫން 2026
ވޭވަށު ކައުންސިލް ހުވާކުރުމުގެ ކަންކަން ފަނޑިޔާރަކު ހަމަޖެހުނުހާ އަވަހަކަށް ކުރިއަށް ދާނެ: އެލްޖީއޭ
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް