Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެލްޖީއޭ

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

4 ޖޫން 2026 | ބުރާސްފަތި 20:37

ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ ޕާޓީ ބަދަލުކުރި މައްސަލަ އެލްޖީއޭ އިން ތަހުގީގު ކުރަން ފަށާފައިވާއިރު، އެ މައްސަލަ ނިމެންދެން އޭނާ ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ. ލާމަރުކަޒީ ގާނޫނު ބުނާގޮތުން އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭނެތީ، މި މައްސަލައިގައި ސުޖާއުގެ ގޮނޑި ގެއްލިއްޖެ ނަމަ އޭނާ ވެގެންދާނީ މި ގާނޫނުގެ ދަށުން ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށް. ސުޖާއު މަގާމުން އެކަހެރިކުރުމާ ގުޅިގެން ކައުންސިލް ހިންގުން މިހާރު ވަނީ ނައިބު ރައީސް ސާމިރު އަހުމަދާ ހަވާލުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 ޖޫން 2026 | ބުރާސްފަތި 20:37
ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ: އެނާ ވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމަށްފަހު އެމްޑީޕީ އަށް ސޮއި ކޮށްފަ.

ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ: އެނާ ވަނީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގަ ވާދަކޮށް ގޮނޑި ކާމިޔާބު ކުރުމަށްފަހު އެމްޑީޕީ އަށް ސޮއި ކޮށްފަ. | ސޯޝަލް މީޑިއާ

ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ނިންމައިފި އެވެ.

މި ނިންމުން ނިންމީ މި ހިނގާ ކައުންސިލުގެ ދައުރު ފެށުނު ފަހުން ޝުޖާއު ޕާޓީ ބަދަލުކުރި ކަމަށް ބުނެ އެވެ.

Advertisement - newsAdvertisement

އެލްޖީއޭ އިން ތިނަދޫ ކައުންސިލުގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީގައި ވަނީ ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާކޮށް ކައުންސިލުގެ އިދާރާއަށް ނުނިކުތުމަށް ޝުޖާއު އަށް އެންގުމަށެވެ. އަދި މި މުއްދަތުގައި ރައީސްގެ މަސްއޫލިއްޔަތު ކައުންސިލުގެ ނައިބު ރައީސް ސާމިރުއާ ހަވާލުކޮށްފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

އެލްޖީއޭ އިން ހާމަކުރި ގޮތުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގައި ވާދަކޮށްގެން ގޮނޑި ކާމިޔާބުކުރި ޝުޖާއު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައި ވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެވެ. އެއީ ކައުންސިލުތަކުގެ މި ހިނގާ ދައުރަށް އިންތިހާބުވި މެންބަރުން ހުވާކުރި ދުވަހެވެ. އެމްޑީޕީ އަށް ބަދަލު ވުމުގެ ކުރިން ޝުޖާއު ހުންނެވި ދަ ޑިމޮކްރެޓްސް އިލެކްޝަންސް އިން މިހާރު ވަނީ އުވާވެސް ލާފަ އެވެ. ޝުޖާއު އަކީ ނިމިދިޔަ ދައުރުގެ ވ. އޮތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަގާމުވެސް ފުރުއްވާފަވާ ބޭފުޅާ އެވެ. 

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓެއްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު އެ ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. 

މި މައްސަލައިގައި ސުޖާއުގެ ގޮނޑި ގެއްލުވާލައިފި ނަމަ އޭނާ ވާނީ ޕާޓީ ބަދަލުކުރި މައްސަލައެއްގައި ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ. މިއީ ލާމަރުކަޒީ ގާނޫނުގެ މި ހުކުމް ތަންފީޒުކުރާ ފުރަތަމަ ފަހަރަށް ވާނެ ކަމަށް ބެލެވެ އެވެ.

ޕާޓީ ބަދަލުކުރި މައްސަލައެއްގައި އެމްޑީޕީއާ ގުޅުނު ފަރާތެއްގެ ގޮނޑި ގެއްލުމުގެ ބިރު އޮތްއިރު އިންތިހާބުވި ފަހުން ބައެއް ކައުންސިލަރުން ޕީއެންސީއާ ވެސް ގުޅުނެވެ. ނަމަވެސް މި މީހުން އީސީގެ ރަޖިސްޓްރީގައި ދަފްތަރުވީ ކޮން ތާރީހެއްގައި ކަމެއް އެނގޭކަށް ނެތެވެ.  

ސުޖާއު އަލީލޯކަލް ގަވަރމަންޓް އޮތޯރިޓީދަ ޑިމޮކްރެޓްސްއެމްޑީޕީވ. ތިނަދޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

04 ޖޫން 2026

ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

04 ޖޫން 2026
ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ
04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
04 ޖޫން 2026

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް

04 ޖޫން 2026
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް
04 ޖޫން 2026

އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް

04 ޖޫން 2026
އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް
04 ޖޫން 2026

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު
03 ޖޫން 2026

ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

03 ޖޫން 2026
ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި
03 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު

03 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު
03 ޖޫން 2026

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

03 ޖޫން 2026
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި
02 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި

02 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި
02 ޖޫން 2026

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް