Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކޮންމެ އަހަރަކު މާލެއަށް އާ 2،000 ކުދިން، ރަށްރަށުގައި އަޅާ މަލްޓިޕާޕަސް ހޯލުތަކަށް ވަންނާނީ ފުރޭތަތަ؟

ރަށްރަށުގައި އަސާސީ ވަސީލަތްތައް ގާއިމުކުރި ނަމަވެސް، ތައުލީމާއި ވަޒީފާއަށްޓަކައި އާއިލާތައް މާލެއަށް ހިޖުރަކުރާތީ ރަށްތައް ފަޅުވެ، ދައުލަތުގެ ބޮޑެތި އިންވެސްޓްމަންޓްތައް ދަނީ އިސްރާފުވަމުން. މިގޮތަށް މާލޭގެ ބޯހިޔާވަހިކަމަށާއި ރަށްރަށުގެ އުމްރާނީ ތަރައްގީއަށް އެއްފަހަރާ ކުރާ ބޮޑެތި ހޭދަތަކުގެ ސަބަބުން ގައުމުގެ ދަރަނި އިންތިހާއަށް އުފުލި، މާލީ ހާލަތު ނުރައްކަލެއްގެ ތެރެއަށް ވެއްޓެމުންދާކަމުގެ އިންޒާރު ވަނީ ދީފަ. އެހެންކަމުން، ރަށްރަށުގައި މީހުން ހިފެހެއްޓޭނީ އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދީގެން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 ޖުލައި 2026 | ހުކުރު 14:46
މާލޭގެ ތޮއްޖެހިފައިވާ އުސްމަސައްގަތައް އެއްފަރާތުގައި އަދި އަތޮޅުތެރޭގެ ރަށެއްގައި ހުސްވެފައިވާ މަލްޓިޕާޕަސް ހޯލެއް އަނެއްފަރާތުގައި ދައްކާލައިގެން ދިވެހިރާއްޖޭގެ ތޮއްޖެހުމާއި ރަށްރަށުގެ ބޭނުންނުކުރާ ވަސީލަތްތަކުގެ ތަފާތު ދައްކުވައިދޭ ތަސްވީރެއް

މާލޭގެ ތޮއްޖެހިފައިވާ އުސްމަސައްގަތައް އެއްފަރާތުގައި އަދި އަތޮޅުތެރޭގެ ރަށެއްގައި ހުސްވެފައިވާ މަލްޓިޕާޕަސް ހޯލެއް އަނެއްފަރާތުގައި ދައްކާލައިގެން ދިވެހިރާއްޖޭގެ ތޮއްޖެހުމާއި ރަށްރަށުގެ ބޭނުންނުކުރާ ވަސީލަތްތަކުގެ ތަފާތު ދައްކުވައިދޭ ތަސްވީރެއް | ރާއްޖެއެމްވީ

ދިވެހިރާއްޖޭގެ ތަރައްގީގެ ސިޔާސަތުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކުރެވެމުންދަނީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށާއި، ރަށްރަށުގެ އަސާސީ، ސިނާއީ އަދި އިޖުތިމާއީ، އުމްރާނީ ތަރައްގީއަށެވެ. ނަމަވެސް، މި ދެ ދާއިރާއިން ކުރިއަށްދާ މަޝްރޫއުތަކުގެ މެދުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ގައުމުގެ މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ދަރަނި ވަނީ ބޮޑުވެފަ އެވެ. އެއްކޮޅުން މާލޭ ސަރަހައްދުގައި އެތައް ބިލިއަން ރުފިޔާއެއް ހޭދަކޮށްގެން ހައުސިންގ ޔުނިޓުތައް ބިނާ ކުރަމުން ދާއިރު، އަނެއްކޮޅުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްފަހަރާ ބަނދަރާއި، ތާރާއި، ނަރުދަމާއާއި މަލްޓިޕާޕަސް ހޯލުތައް އެޅުމަށް ސޮއިކޮށް، ދައުލަތަށް ނުކަތާވަރުގެ ޕްރޮޖެކްޓްތައް ދަނީ އިއުލާނުކުރަމުންނެވެ. މިއީ ދެކޮޅުޖެހޭ ސިޔާސަތެއްތޯ ސުވާލު އުފެދެނީ، ކިތަންމެ ގިނަ ވަސީލަތްތަކެއް ރަށްރަށުގައި ގާއިމުކުރި ނަމަވެސް، ވަޒީފާއާއި ތައުލީމުގެ ފުރުސަތުތައް ހޯދުމަށް އާއިލާތައް މާލެއަށް ބަދަލުވަމުންދާތީ އެވެ.

މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަކީ ދައުލަތުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާ އެވެ. ހުޅުމާލޭގެ އެކި ފިޔަވަހިތަކާއި، ގުޅީފަޅާއި، ގިރާވަރުފަޅު އަދި ރަސްމާލެ ފަދަ ބިޔަ މަޝްރޫއުތަކުގެ ދަށުން އެތައް ހާސް ބޯހިޔާވަހިކަމުގެ ޔުނިޓުތަކެއް ދަނީ ބިނާ ކުރަމުންނެވެ. ނަމަވެސް، މި މަޝްރޫއުތަކުން މާލޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ނުލިބެ އެވެ. ސަބަބަކީ، އަތޮޅުތެރޭގައި ދިރިއުޅޭ އާއިލާތައް ވަޒީފާއާއި މަތީ ތައުލީމަށްޓަކައި ކޮންމެ އަހަރަކު ވެސް ގިނަ އަދަދަކަށް މާލެއަށް ބަދަލުވަމަށް މަޖުބޫރުވެގެން ދާ ދިޔުމެވެ.

މިސާލަކަށް، މާލޭގައި އަލަށް ހުޅުވޭ ސްކޫލްތަކަށް އެކަނިވެސް އާ ދިރާސީ އަހަރު ފެށޭއިރު 2،000 އެއްހާ ކުދިން ވަދެ އެވެ. ކޮންމެ ދަރިވަރަކާއެކު އެވްރެޖްކޮށް ތިނެއް ނުވަތަ ހަތަރު މީހުންގެ އާއިލާއެއް މާލެއަށް ހިޖުރަކުރެ އެވެ. ނަތީޖާއަކީ، މާލޭގައި ބިނާކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓުތައް ހަވާލުކުރާ ދުވަހު ވެސް، އެތަންތަން ފުރި، އިތުރު ބޯހިޔާވަހިކަމަށް ބޭނުންޖެހި، މާލެއަކީ ބޯހިޔާވަހިކަން ހިލޭ ލިބޭ "ޖިފުޓި" ތަކެއް ފަދަ ތަނަކަށް ވެގެން ދިޔުމެވެ.

އަނެއްކޮޅުން، ސަރުކާރުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ހަމަހަމަކޮށް އަސާސީ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށް ވައުދުވަމުންނެވެ. ކޮންމެ ރަށެއްގައި ބަނދަރު ހެދުމާއި، މަގުތަކުގައި ތާރުއެޅުމާއި، ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، އެއާޕޯޓުތަކާއި، މަލްޓިޕާޕަސް ހޯލުތަކާއި، އިންޖީނުގެތަކުގެ އިތުރުން މަސްވެރިކަމަށް ބޭނުންވާ އައިސް ޕްލާންޓުތަކާއި މަސް ފެކްޓްރީތައް ބިނާކުރުމަށް އެތައް ސަތޭކަ އެއްބަސްވުމެއްގައި ސޮއިކުރެވެ އެވެ.

މި މަޝްރޫއުތަކުގެ ބޮޑު ބައެއް ހަވާލުކުރެވެނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ. ނަމަވެސް، ކުންފުނިތަކުގެ ގާބިލުކަމާއި ދައުލަތުގެ ބަޖެޓަށް ބަލާއިރު، މިހާރު ހުރި މަޝްރޫއުތައް އަހަރަކުން އަހަރަށް ނިންމަން އުޅުނަސް، ކުރިއަށް އޮތް 200 ނުވަތަ 300 އަހަރުން ނޫނީ ނުނިންމޭހާ ގިނަ މަޝްރޫއުތައް ވަނީ ރަށްރަށުގައި ފަށާފަ އެވެ. މިގޮތަށް މާ ބޮޑު ދިރާސާއެއް ނެތި، ހަމައެކަނި ސިޔާސީ ވައުދުތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ސަބަބުން ދައުލަތުގެ ދަރަނި ވަނީ އިންތިހާއަށް އުފުލިފަ އެވެ.

މި ދެ ސިޔާސަތު އެއްކޮށް ހިންގުމުން ނުކުންނަ ނަތީޖާއަކީ ދައުލަތުގެ ފައިސާ އިސްރާފުވުމެވެ. އެއްކޮޅުން ރަށްރަށުގައި މިލިއަނުން ހަރަދުކޮށްގެން ބޯފެނާއި، ނަރުދަމާއާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތައް ބިނާކުރާއިރު، މަޝްރޫއު ނިމޭއިރު އެ ރަށެއްގައި ދިރިއުޅޭނެ މީހަކު ނުހުރެ އެވެ. އާއިލާތައް ވަނީ މާލެއަށް ބަދަލުވެފަ އެވެ. ނަތީޖާއަކީ ރަށްތައް ފަޅުވެ، ރަށްރަށުގައި ބިނާކުރި އަގުބޮޑު ވަސީލަތްތައް ބޭނުންނުކުރެވި ހަލާކުވުމެވެ. އަނެއްކޮޅުން، މާލެއަށް އާބާދީ އެއްވުމުގެ ސަބަބުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދުވަހަކުވެސް ހައްލެއް ނުލިބި، އިތުރު ފްލެޓްތަކާއި ގޯތިތައް ދޭން ސަރުކާރަށް މަޖުބޫރުވެ އެވެ. މިގޮތަށް ދެކޮޅަށް ކުރެވޭ ބޮޑެތި ހޭދަތަކުގެ ސަބަބުން ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ގައުމު ބަނގުރޫޓުވުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. 

ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތައް ބައްޓަންކުރަންޖެހެނީ ހަމައެކަނި ސިޔާސީ ވައުދުތަކެއް ފުއްދުމުގެ ވިސްނުމުގައެއް ނޫނެވެ. ރަށްރަށުގައި ބިލިއަނުން ހަރަދުކޮށްގެން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުން ހަގީގީ މަންފާއެއް ކުރާނީ، އެ ރަށްރަށުގައި މީހުން ހިފެހެއްޓޭނެ ފަދަ އިގުތިސާދީ ފުރުސަތުތަކާއި ވަޒީފާތައް އުފެއްދިގެންނެވެ. އެހެން ނޫންނަމަ، މާލޭގެ ހައުސިންގ މަޝްރޫއުތަކަށް ބިލިއަނުން ހޭދަކޮށް، ރަށްރަށުގައި ބޭނުންނުކުރާނެ ވަސީލަތްތައް ބިނާކުރުމަކީ ދިވެހި ދައުލަތުގެ މާލީ ސިއްހަތު މުޅިން ބަލިކަށިކޮށްލާ، ސުންނާފަތިކޮށްލާނެ ދެކޮޅުނުޖެހޭ ސިޔާސަތެކެވެ.

މާލެހުޅުމާލެ

އިތުރަށް ކިޔާލަން

17 ޖުލައި 2026

ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

17 ޖުލައި 2026
ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
17 ޖުލައި 2026

ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!

17 ޖުލައި 2026
ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިންގ ޔުނިޓް އެޅުމަށް ދިވެހި 5 ކުންފުންޏަކަށް!
16 ޖުލައި 2026

ހުކުރު ދުވަހު ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

16 ޖުލައި 2026
ހުކުރު ދުވަހު ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
15 ޖުލައި 2026

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް

15 ޖުލައި 2026
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތަކާ މެދު މަޝްވަރާ ކުރުމުގެ ފުރުސަތު އެޗްޑީސީއިން ނުދިން: މާލެސިޓީ ކައުންސިލް
13 ޖުލައި 2026

މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"

13 ޖުލައި 2026
މުއިއްޒުގެ "ވަރި މަދުކުރުމާ ބެހޭ ޤައުމީ އޮފީސް"
10 ޖުލައި 2026

އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް

10 ޖުލައި 2026
އަލަށް އިންތިޚާބުވި މެންބަރުންނާއެކު މާލެ ސިޓީގެ ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ: މޭޔަރ ޢާޒިމް
10 ޖުލައި 2026

މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި

10 ޖުލައި 2026
މާލެ ސިޓީ ކައުންސިލުން، މަދުވެގެން 1.5 ބިލިޔަން ރުފިޔާގެ މަޝްރޫޢުތަކެއް ކުރިޔަށް ގެންދަން ނިންމައިފި
10 ޖުލައި 2026

5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ

10 ޖުލައި 2026
5 އަހަރުގެ ތަރައްގީގެ ޕްލޭނަކާއެކު މާލެ ސިޓީ "ރިތިންކް" ކުރަނީ
10 ޖުލައި 2026

ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން

10 ޖުލައި 2026
 ދޯންޏަކާއި ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް، އެކްސިޑެންޓް ވުމުން ދޯނި ވަނީ ފިލާފަ: ފުލުހުން
08 ޖުލައި 2026

މަޑިހާގެ ފަރާތުން ހުޅުމާލޭގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓެއް ހުޅުވައިފި

08 ޖުލައި 2026
މަޑިހާގެ ފަރާތުން ހުޅުމާލޭގައި އުފަންވެލި ފިހާރައިގެ އައު އައުޓްލެޓެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު