Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޯޓުތަކުގެ ހިންގުން

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް 10 މީހުން ކުރިމަތިލައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު 10 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ޖޭއެސްސީން ހާމަކޮށްފި. ކޯޓުތަކުގެ އިދާރީ އެންމެ އިސް މަޤާމުގެ ގޮތުގައި ކަނޑައަޅާފައިވާ މި މަޤާމުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 59،235 ރުފިޔާ ލިބޭނެ. ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުންގެ އަދަދު ކަނޑައެޅުން ފަދަ މުހިންމު ޒިންމާތަކެއް މި މަޤާމާ ވަނީ މަތިކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 ޖުލައި 2026 | އަންގާރަ 11:44
ޑިޕާޓްމަންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަން

ޑިޕާޓްމަންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަން | އަވަސް

ރާއްޖޭގެ ކޯޓުތަކުގެ އިދާރީ އެންމެ އިސް މަޤާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި 10 މީހަކު އެ މަޤާމަށް ކުރިމަތިލައިފި އެވެ.

މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 19 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އަށެވެ.

ސުންގަޑި ހަމަވިއިރު މި މަޤާމަށް ކުރިމަތިލާފާއިވާ ފަރާތްތަކަކީ، ހޫދު މުޙައްމަދު / ވަލުގެ، ގދ.މަޑަވެލި، އަޙްމަދު ރިފްޢަތު / ސީފިޔާގެ، ރ.މަޑުއްވަރީ، އާދަމް ޝަމީމު / މަލާޒް، ދ.މާއެނބޫދޫ، އާމިނަތު ނަޝްމީ ފަޟީލް / މ.ޒޭވަރު، މާލެ، ޢާއިޝަތު ޙިކްމާ / އަސްރަފީވިލާ، ސ.ހިތަދޫ، އިސްމާޢީލް ސާޖިދު / މއ.ވިލާރޮދި، މާލެ، މުޙައްމަދު ނިޔާޒް / ނައިޓްރޯސް، މ.ރަތްމަންދޫ، މަރްޔަމް ޝަހާނާ / މ.މެދުރިޔާ، މާލެ، މަރްޔަމް ނިހާޔަތު / މ.ތާޖް، މާލެ އަދި ޝަފީޤާ ނަޢީމް / ބީޗްސައިޑް، ފ.ނިލަންދޫ އެވެ.

މި މަޤާމުގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. މީގެ އިތުރުން އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 27،235 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި 2000 ރުފިޔާ ލިބޭނެ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ އަދުލުއިންސާފު ޤާއިމު ކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ހުރިހާ ކޯޓުތަކުގެ އިދާރީ އެންމެ އިސް ފަރާތެވެ.

މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، އިދާރީ ފިޔަވަޅު އެޅުމާއި ވަކި ކުރުމުގެ ކަންކަން ބެލެހެއްޓުން ހިމެނެ އެވެ. މީގެ އިތުރުން، ކޯޓުތަކުގެ ރަޖިސްޓްރާއިން އައްޔަނުކޮށް ވަކި ކުރުމުގެ ބާރުވެސް މި މަޤާމުގައި ހުންނަ ފަރާތަކަށް ލިބިގެންވެ އެވެ.

މީގެ އިތުރުން، ޖޭއެސްސީގެ ލަފަޔާއެކު ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުންވެސް މި މަޤާމުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ. މިއީ ރާއްޖޭގެ އަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ މަޤާމެކެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ކޯޓުތަކުގެ އިދާރީ ހިންގުން ރަނގަޅުކޮށް ހިނގުމަށް މަސައްކަތް ކުރާ އެންމެ އިސް ފަރާތެވެ. މި މަޤާމުގައި ހުންނަ ފަރާތަކުން ކޯޓުތަކުގެ އިދާރީ ހިންގުމުގައި ހުރި މައްސަލަތައް ހައްލުކުރުމާއި، ކޯޓުތަކުގެ ހިދުމަތްތައް ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހެ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރޖުޑީޝަލް ސަރވިސް ކޮމިޝަންރާއްޖޭގެ ކޯޓުތައް

އިތުރަށް ކިޔާލަން

14 ޖުލައި 2026

ޖޭއެސްސީއަށް "ފެނިއްޖެނަމަ" ސަބަބެއް ނެތިވެސް އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތް ހަދައިފި

14 ޖުލައި 2026
ޖޭއެސްސީއަށް "ފެނިއްޖެނަމަ" ސަބަބެއް ނެތިވެސް އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތް ހަދައިފި
08 ޖުލައި 2026

ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި

08 ޖުލައި 2026
ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި
08 ޖުލައި 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

08 ޖުލައި 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
03 ޖޫން 2026

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

03 ޖޫން 2026
 ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު
18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
20 އެޕްރީލު 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި
20 އެޕްރީލު 2026

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ޖޭއެސްސީ އިން ނިންމައިފި

20 އެޕްރީލު 2026
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ޖޭއެސްސީ އިން ނިންމައިފި
15 މާރިޗު 2026

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

15 މާރިޗު 2026
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު