Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުން ވަކިކުރުން

ޖޭއެސްސީއަށް "ފެނިއްޖެނަމަ" ސަބަބެއް ނެތިވެސް އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތް ހަދައިފި

14 ޖުލައި 2026 | އަންގާރަ 13:34

ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްކަމަށް ބުނެ ޖޭއެސްސީން އަލަށް އެކުލަވައިލި ގަވާއިދުގެ ދަށުން، ވަކި ސަބަބެއް ބަޔާންކުރުމަކާ ނުލައި އިސްފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިދޭ. އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ގާނޫނީ ތަޖުރިބާގެ އިތުރުން ހިންގުމުގެ ހުނަރާއި އަހުލާގަށް ބަލާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، މި ބަދަލުގެ ސަބަބުން ބާރުގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އޮތްކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖުލައި 2026 | އަންގާރަ 13:34
ޖޭއެސްސީގެ މަސައްކަތްތައް

ޖޭއެސްސީގެ މަސައްކަތްތައް | ރާއްޖެއެމްވީ

 ކޯޓުތަކަށް އައްޔަނުކުރާ އިސްފަނޑިޔާރުން ވަކި ސަބަބެއް ނެތި މަގާމުން ދުރުކުރެވޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ގަވާއިދެއް ހަދައި އަމަލުކުރަން ފަށައިފި އެވެ.

އަންގާރާ ދުވަހު އަމަލުކުރަން ފެށި މި ގަވާއިދަށް ކިޔަނީ "ކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެވެ.

Advertisement - newsAdvertisement

މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކޯޓުތަކަށް އައްޔަނުކުރާ އިސްފަނޑިޔާރުން ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފެނިއްޖެނަމަ އެ މަގާމުން ފަނޑިޔާރަކު ދުރުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެ އެވެ.

މި ގަވާއިދުގެ ދަށުން އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ބަލާނެ ކަންކަން ވަނީ ބަޔާންކޮށްފަ އެވެ. އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރަށާއި މުޖުތަމައުގައި ދިމާވާ ކަންތައްތަކާ މެދު ގެންގުޅޭ ނަޒަރިއްޔާތަށް ބަލާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މުއާމަލާތް ކުރުމުގެ ހުނަރާއި އަމިއްލަ ނަފްސަށް އިތުބާރު ކުރާ މިންވަރަށް ވެސް ބަލާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި މަސައްކަތުގެ އަހުލާގު އަދި ހިންގުމުގެ ހުނަރާއި މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރަށް ވެސް ބަލާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މިހާރު މި ގަވާއިދަށް އަމަލުކުރަން ވަނީ ފަށާފަ އެވެ. މި ގަވާއިދުގެ ސަބަބުން އިސްފަނޑިޔާރުން ވަކި ކުރުމުގައި ޖޭއެސްސީއަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެ އެވެ. މި ގަވާއިދަކީ ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ހަދާފައިވާ ގަވާއިދެއް ކަމަށް ވިޔަސް ވަކި ސަބަބެއް ނެތި އިސްފަނޑިޔާރުން މަގާމުން ދުރުކުރެވޭ ގޮތަށް ބާރުތައް ދީފައިވުމަކީ އެ ބާރުގެ ނަހަމަ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް ބެލެވެ އެވެ.

 

ޖުޑީޝަލް ސަރވިސް ކޮމިޝަންކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރުމާއި ދުރުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

އިތުރަށް ކިޔާލަން

08 ޖުލައި 2026

ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި

08 ޖުލައި 2026
ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ ސަސްޕެންޑްކޮށްފި
08 ޖުލައި 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި

08 ޖުލައި 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
03 ޖޫން 2026

ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު

03 ޖޫން 2026
 ޖޭއެސްސީގެ ނައިބު ރައީސަކަށް ފަނޑިޔާރު ޝަހީދު
18 މެއި 2026

ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި

18 މެއި 2026
ރައީސްގެ މެމްބަރު ޔަޒްމީދު ޖޭއެސްސީގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވައިފި
11 މެއި 2026

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް

11 މެއި 2026
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އަދުލުއިންސާފުގެ ބާރުގެ ތެރެއަށް ރައީސްގެ ނުފޫޒު ނުވަންނާނެ ގޮތަށް ނިޒާމު އިސްލާހުކުރަން ޖެހޭ: ފައިސަލް
20 އެޕްރީލު 2026

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި

20 އެޕްރީލު 2026
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފި
20 އެޕްރީލު 2026

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ޖޭއެސްސީ އިން ނިންމައިފި

20 އެޕްރީލު 2026
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އަބްދުﷲ ޖަމީލު މޫސާ އައްޔަންކުރަން ޖޭއެސްސީ އިން ނިންމައިފި
15 މާރިޗު 2026

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

15 މާރިޗު 2026
ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި
04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް